މުޅާ
މުޅާ އަކީ
ބިމަށްފައިބާ ތަރުކާރީގެ ބާވަތެކެވެ. މިއީ ވެސް މަދުން ނަމަވެސް ދިވެހިންގެ
ކެއުމުގައި ބޭނުންކޮށްއުޅޭ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : މުޅާ
|
|||
އިގިރޭސި ނަން : Radish
|
|||
ޢިލްމީ ނަން : Raphanus
sativus
|
|||
މުޅާގެ ކޮންމެ 100 ގްރާމް ގައި
|
|||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
|
||
ހަކަތަ
|
16 ކިލޯކެލަރީ
|
ސޯޑިއަމް
|
39 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
3.4 ގްރާމް
|
ޕޮޓޭސިއަމް
|
233 މިލިގްރާމް
|
ޕްރޮޓީން
|
0.68 ގްރާމް
|
މަޢުދަންތައް
|
|
ފެޓް
|
0.10 ގްރާމް
|
ކެލްސިއަމް
|
25 މިލިގްރާމް
|
ފައިބަރު
|
1.6 ގްރާމް
|
ކޮޕަރ
|
0.050މައިކްރޯ ގްރާމް
|
ވިޓަމިންތައް
|
ދަނގަޑު
|
0.34 މިލިގްރާމް
|
|
ފޮލިކް އެސިޑް
|
25 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
10 މިލިގްރާމް
|
ނިއެސިން
|
0.254 މިލިގްރާމް
|
މެންގަނީޒް
|
0.069 މިލިގްރާމް
|
ޕެންތޮނިކް އެސިޑް
|
ފޮސްފަރަސް
|
- -
|
|
ޕައިރިޑޮކްސިން
|
0.071 މިލިގްރާމް
|
ސިލެނިއަމް
|
12 -
|
ރައިބޯފްލެވިން
|
0.039 މިލިގްރާމް
|
ޒިންކް
|
0.28 މިލިގްރާމް
|
ވިޓަމިން އޭ
|
7 އައިޔޫ
|
ފައިޓޯނިއުޓްރިއެންޓްތައް
|
|
ވިޓަމިން ސީ
|
14.8 މިލިގްރާމް
|
ކެރޮޓީން ބީޓާ
|
4 މައިކްރޯ ގްރާމް
|
ވިޓަމިން ކޭ
|
1.3މައިކްރޯ ގްރާމް
|
ލުޓީން-ޒިއެޒެންތިން
|
10 މައިކްރޯ ގްރާމް
|
މުޅާ އިން
ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ރީނދޫވުމަށް
ފަރުވާކުރުން : މުޅަލަކީ އެބޭނުންކުރުމުން
ހަށިގަނޑުން ވިހަބޭރުކޮށްދޭ މާއްދާ އެކެވެ. އެގޮތުން މޭގަނޑާއި، ބަނޑުގައި ހުންނަ
ވިހަ މާއްދާތަކާއި ބޭނުމެއްބައިތައް ހަށިގަނޑުން ބޭރުކުރުމުގައި މުޅާ ބޭނުންކުރުން
އެހީއަކަށް ވެއެވެ. މީގެ އިތުރުން ރީނދޫވުމުން ހަށިގަނޑުގައި އިތުރުވެގެންދާ
"ބިލިރޫބިން" ހަށިގަނޑުން ބޭރުކޮށްދީ، ބިލިރޫބިން އުފައްދާ މިންވަރު
ކޮންޓްރޯލްކޮށްދީ، ރީނދޫވުމަށް ފަރުވާކުރުމަށް މުޅާ ބޭނުންކުރެއެވެ. މީގެ އިތުރުން
ހަށިގަނޑުގެ އެކިހިސާބުތަކަށް ބަރާބަރަށް އޮކުސިޖަން ފޯރުވުމަށް އެހީތެރިވެދީ،
ލޭގެ ރަތްސެލްތައް ހަލާކުވެ ބައިބައިވުން ކުޑަކޮށްދީގެން ވެސް ރީނދޫވުމަށް
ފަރުވާކުރުމަށް މުޅާ ބޭނުންކުރުން އެހީއަކަށް ވެގެންދެއެވެ.
(ށ) - ފުރަގަސް
ފަރާތް ފޭބުމަށް ފަރުވާކުރުން : މުޅަލަކީ ފުރަގަސް
ފަރާތް ފޭބުން ކުރިމަތިވެފައިވާ ފަރާތްތަކަށް ބޭނުންކުރެވިދާނެ ބާވަތެކެވެ.
ސަބަބަކީ މުޅަލުގައި އެކަށޭނަ މިންވަރަކަށް ފައިބަރު ހުރުމެވެ. ފައިބަރަކީ
ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ހަޖަމު ރަގަޅުކޮށްދޭ މާއްދާ އެކެވެ. މުޅަލަކީ
ހަށިގަނޑުން ވިހަ ބޭރުކުރުމަށް އެހީތެރިވެދޭ ބާވަތަކަށްވުމުން، ފުރަގަސްފަރާތް
ފޭބުމުގެ އުނދަގޫތައް މުޅާ ބޭނުންކުރުމުން ލުއިކޮށްދެއެވެ.
(ނ) - ކުޑަކަމުދާ
ނިޒާމުގެ ބަލިތައް : މުޅަލަކީ ކުޑަކަމު ނަޖިސް
ބޭރުކުރުން އިތުރުކޮށްދޭ އެއްޗަކަށްވުމުން، މުޅާ ބޭނުންކުރުމުން ކުޑަކަމު ނަޖިސް އުފެއްދުން
އިތުރުކޮށްދެއެވެ. މިއީ ކުޑަކަމުދާ ނިޒާމުގައި އުފެދޭ ދިލަ އާއި، ރިހުން އަދި ދުޅަ
ތިރިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން މުޅާ ބޭނުންކުރުމަކީ ގުރުދާ ސާފުކޮށްދީ،
ގުރުދާގައި ތަފާތު އިންފެކްޝަން ތައް އަށަގަތުމަށް ހުރަސްއަޅާނެ ކަމެކެވެ.
(ރ) - ބަރުދަން
ލުއިކުރުން : މުޅަލުގައި ގިނަ އަދަދަކަށް ފައިބަރު
އަދި ފެން ހުރެއެވެ. ހަޖަމުވަނިވި ކާބޯހައިޑްރޭޓް ހުންނަ މިންވަރު ނިސްބަތުން
ދަށެވެ. މިހެންވުމުން މުޅާ ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދީ،
ހަކަތަ އެތެރެކުރެވޭ މިންވަރު މަދުކުރެވެއެވެ. މީގެ އިތުރުން ގޮހޮރުގެ ހަރަކާތް
އިތުރުކޮށްދީ، މެޓަބޮލިޒަމްގެ މަސައްކަތް ހަލުވިކޮށްދެއެވެ. މިހުރިހާ ކަންކަމަކީ
މުޅާ ބޭނުންކުރުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
(ބ) - ކެންސަރުން
ރައްކާތެރިކޮށްދިނުން : މުޅަލުގައި ވިޓަމިން ސީ،
އެންތޯސައެނިން، އަދި ފޮލިކް އެސިޑް އެކުލެވުމާއި، ވިހަ ބޭރުކުރުމުގެ ބާރު
ލިބިފައިވާތީ، މުޅާ ބޭނުންކުރުމަކީ ތަފާތު ކެންސަރުތަކުން ރައްކާތެރިވުމަށް
އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން، އަނގަ، ބަނޑު، ގޮހޮރު، ގުރުދާ ފަދަ ބައިތަކަށް
ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން މުޅަލުގައި ހުންނަ ތަފާތު
އެންޓިއޮކްސިޑެންޓްތަކާއި، އައިސޯތިއޯސައެނޭޓް ތަކުގެ ސަބަބުން ކެންސަރުގެ
ސެލްތައް ބޮޑުވުން ހުއްޓުވައި، އެސެލްތައް ފަނާކޮށް ނެތިކޮށްލުމަށް އެހީތެރިކަން
ފޯރުކޮށްދެއެވެ. މުޅަލުގައި ހިމެނޭ ފައިބަރުގެ ސަބަބުން ގޮހޮރުގެ ކެންސަރު
ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމަށް ވެސް ދިރާސާތަކުން ދައްކާފައި ވެއެވެ.
(ޅ) - ހަމުގެ
މައްސަލަތައް : މުޅަލުގައި ހިމެނޭ ވިޓަމިން ބީގެ
ވައްތަރުތައް، ޒިންކު، ފޮސްފަރަސް، އަދި ވިޓަމިން ސީ އަކީ ހަމުގެ ދުޅަހެޔޮކަމާއި
ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން
މުޅަލުގައި ފެން ގިނައިން އެކުލެވުމާއި، މުޅަލުގައި ހުންނަ ޖަރާސީމު ނައްތާލުމުގެ
ބާރުގެ ސަބަބުން މުޅާ ބޭނުންކުރުމުން ހަމުގައި ބިހިނެގުން، ހަންގަނޑު ހިކުން، އަދި
ހަންގަނޑު ފަޅައިގެންދިއުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
(ކ) - ފަނިފަކުސަ
ދަތްއެޅުން : މުޅަލުގައި އެކުލެވޭ "ހިރުވުމާއި
ކެހުން ފިލުވައިދޭ ބާރު" ގެ ސަބަބުން މުޅާ ބޭނުންކުރުމުން ކުޅަދުރު ހެފުމާއި،
އެހެނިހެން ފަނިފަކުސަ ހަފައި ދަތް އަޅާފައި ހުންނަ ތަންތަނަށް ފަރުވާ ކުރުމުގައި
މުޅާ ބޭނުންކުރެވެއެވެ. އެގޮތުން މުޅަލުން ތައްޔާރުކުރެވޭ ޖޫހަކީ ފަނިފަކުސަ
ދަތްއަޅައި ހަފައި ކަށިޖަހާ ތަންތަނުގައި އުފެދޭ ދުޅައާއި ރިހުން ކުޑަކޮށްދޭނެ
ބާވަތެކެވެ.
(އ) - ހުންތިރިކުރުން
: މުޅަލަކީ ހުންތިރިކުރުމަށް ވެސް ބޭނުންކުރެވިދާނެ
ފައިދާހުރި ބާވަތެކެވެ.
(ވ) - ނޭވާލާ
ނިޒާމުގެ ބަލިތައް : މުޅާ ބޭނުންކުރުމަކީ ނޭވާލާ
ނިޒާމުގެ ބައިތަކުގައި އަރިދަފުހާއި ދަވަ ޖަމާވުން ކުޑަކޮށްދޭނެ ކަމެކެވެ. މީގެ
އިތުރުން އަރިދަފުސް ރޯގާއާއި، ނޭވާލާ ނިޒާމަށް ދިމާވާ އެލާރޖީތަކުގެ ސަބަބުން
ކުރިމަތިވާ އުދަނގޫތައް ކުޑަކޮށް ދެއެވެ. މުޅަލުގައި ތަފާތު ވިޓަމިންތައް އެކުލެވުމާއި،
އޭގައި ހިމެނޭ ޖަރާސީމު ނައްތާލުމުގެ ބާރުގެ ސަބަބުން މުޅާ ބޭނުންކުރުމުން ތަފާތު
އިންފެކްޝަން (ނޭވާލާ ނިޒާމަށްޖެހޭ) ތަކުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން
މުޅާ ބޭނުންކުރުމަކީ ކަރުތެރޭގައި އުފެދޭ ދަވަ ސާފުކޮށްދީ، ނޭފަތުގެ ވަށައިގެން
ހުންނަ ސައިނަސް ތަކުގައި ހުންނަ ދަވަތައް ބޭރުކޮށްދީ ސާފުކޮށްދޭނެ ކަމެކެވެ.
(މ) - ފިތް
އަދި މޭގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުން : މުޅާ ބޭނުންކުރުމަކީ ބައިލް، ބައިލް އެސިޑް، ހަޖަމުކުރުމަށް އެހީތެރިވެދޭ
އެންޒައިމްތައް، އަދި ބިލިރޫބިން އުފެއްދައި ދޫކުރުން ތަންޒީމު ކުރުމަށް
އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ލޭގެ ތެރޭގައި ގިނަވެފައި ހުންނަ
ބިލިރޫބިން ބޭރުކުރުމަށް އެހީތެރިވެދޭ ތަފާތު އެންޒައިމްތައް ކަމުގައިވާ
"އެސްޓިރޭޒް"، "އެމިލޭޒް"، "ޑަޔަސްޓޭޒް"،
"މައިރޯސިނޭޒް" ފަދަ އެންޒައިމްތައް މުޅަލުގައި ހުރެއެވެ. އެހެންކަމުން
މިއީ ފިތާއި މޭގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މުޅާ ބޭނުންކުރުން
އެހީއަކަށްވާނެ ކަމެކެވެ.
(ފ) - ހިތާއި
ލޭހޮޅިތަކުގެ ރައްކާތެރިކަން ދެމެހެއްޓުން : މުޅަލުގައި ފްލޭވޮނޮއިޑްގެ ގޮތުގައި ބެލެވޭ "އެންތޯސައެނިން" ތައް
ހުރެއެވެ. މިއީ ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަމަހައްޓައި ދިނުމަށް
އެހީތެރިވެދޭ މާއްދާތަކެއް ކަމަށް ތަފާތު ދިރާސާތަކުން ދައްކާފައި ވެއެވެ. މީގެ
އިތުރުން މުޅަލުގައި ޕޮޓޭސިއަމް ހުރުމަކީ ލޭހޮޅިތައް ހަމައަކަށް އަޅުވައިދީ،
ލޭހޮޅިތައް ފުޅާކޮށްދީ، ލޭހިނގުން ރަގަޅުކޮށްދީ، އަދި ލޭގެ ޕްރެޝަރު ދަށްކޮށްދޭނެ
ކަމެކެވެ. ލޭގެ ޕްރެޝަރު ދަށްވުމަކީ ހިތުގެ ބަލިތަކުން ދުރުވުމަށް އެހީތެރިވެދޭނެ
ކަމެކެވެ. މީގެ އިތުރުން ތަފާތު ދިރާސާތަކުން ދައްކާގޮތުގައި މުޅާ ބޭނުންކުރުމަކީ
ލޭގައި ސަރުބީ ދަށްވާނެ ކަމެކެވެ. ލޭގައި ސަރުބީ ދަށްވުމަކީ ވެސް ލޭހޮޅިތަކުގައި
ސަރުބީ ޖަމާވުން ހުއްޓުވައި، ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތުގެ މަސައްކަތަށް
ލުއިކަން ގެނެސްދޭނެ ކަމެކެވެ.
(ދ) - ހަކުރު
ބަލިން ރައްކާތެރިކޮށްދިނުން : ބެލެވިފައިވާ
ގޮތުގައި ކެއުމުގައި މުޅާ ބޭނުންކުރުމަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރަށް
ބަދަލުގެނުވާނެ ކަމެއް ނޫނެވެ. މުޅަލަކީ ހަށިގަނޑަށް ހަކުރު ނެގުން
ކޮންޓްރޯލްކޮށްދޭ ބާވަތެކެވެ. އެހެންކަމުން މުޅާ ބޭނުންކުރުމަކީ ލޭގައި ހަކުރުގެ
މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފާނެ ކަމެއްކަމަށް
ބެލެވެއެވެ.
(ތ) - ބަނޑުހިކުން
: މުޅަލުގައި ގިނަ އަދަދަކަށް ފައިބަރު ހުރުމަކީ
މުޅާ ބޭނުންކުރުމުން ބަނޑު ފަސޭހަކޮށްދީ، ބަނޑުހިކުމުގެ އުދަނގޫތައް ކުޑަކޮށްދޭނެ
ކަމެކެވެ. މީގެ އިތުރުން ހަޖަމު ރަގަޅުކޮށްދީ، ފަސޭހަ ކަމާއެކު ފާޚާނާ ކުރުމަށް
މުޅާ ބޭނުންކުރުން އެހީއަކަށް ވެއެވެ. މީގެ ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި
ބޭނުންކުރުމަށް މުޅަލަކީ ފައިދާހުރި އެއްޗެއް ކަމުގައި ބެލެވިފައި ވެއެވެ.
(ލ) - ހަށިގަނޑުން
ފެންހުސްވިޔަ ނުދިނުމަށް އެހީތެރިވުން : މުޅަލުގައި
ފެން ގިނައަދަދަކަށް ހުންނާތީ މިއީ ހަށިގަނޑުގައި ފެނުގެ ނިސްބަތް
އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތެކެވެ. ހަށިގަނޑުގައި ފެން
އެކަށޭނަ މިންވަރަކަށް ހުރުމަކީ ބަނޑުހިކުމުން ރައްކާތެރިކޮށްދީ، ހަޖަމު
ރަގަޅުކޮށްދީ، ކާނާގައި ހިމެނޭ ފައިދާހުރި ބާވަތްތައް ހަށިގަނޑަށް ނެގުމަށް
އެހީތެރިވެދޭނެ ކަމެކެވެ.
(ގ) - ދިފާޢީބާރު
ރަގަޅުކުރުން : މުޅަލުގައި ގިނަ އަދަދަކަށް ވިޓަމިން
ސީ ހުރުމަކީ މުޅާ ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީބާރު ރަގަޅުކޮށްދޭނެ ކަމެކެވެ.
ދިފާއީ ބާރު ރަގަޅުވުމަކީ ތަފާތު ބަލިތަކުން ދުރުކޮށްދީ، ބަލިވިނަމަވެސް އަވަހަށް
ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގައި އުފެދޭ ފާރު
ފަސޭހަވުން އަވަސްކޮށްދޭނެ ކަމެކެވެ.
މައުލޫމާތު
:
No comments:
Post a Comment