Friday, January 3, 2014

ބަރަބޯ

ބަރަބޯ
ބަރަބޮލަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ.
ދިވެހި ނަން : ބަރަބޯ
އިގިރޭސި ނަން : Pumpkin
ޢިލްމީ ނަން :Cucurbita moschata
ބަރަބޮލުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
26 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
6.50 ގްރާމް
ޕޮޓޭސިއަމް
340 މިލިގްރާމް
ޕްރޮޓީން
1.0  ގްރާމް
މަޢުދަންތައް
ފެޓް
0.1 ގްރާމް
ކެލްސިއަމް
21 މިލިގްރާމް
ފައިބަރު
0.5 ގްރާމް
ކޮޕަރ
0.127 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.80 މިލިގްރާމް
ފޮލިކް އެސިޑް
16 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.600 މިލިގްރާމް
މެންގަނީޒް
0.125 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.298 މިލިގްރާމް
ފޮސްފަރަސް
-     44 މިލިގްރާމް
ޕައިރިޑޮކްސިން
0.061 މިލިގްރާމް
ސިލެނިއަމް
0.3 މައިކްރޯގްރާމް
ރައިބޯފްލެވިން
0.110 މިލިގްރާމް
ޒިންކް
0.32 މިލިގްރާމް
ތިއެމިން
0.050 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
7384 އައިޔޫ
ކެރޮޓީން އަލްފާ
515މައިކްރޯ ގްރާމް
ވިޓަމިން ސީ
9 މިލިގްރާމް
ކެރޮޓީން ބީޓާ
3100މައިކްރޯ ގްރާމް
ވިޓަމިން އީ
1.06 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
2145މައިކްރޯ ގްރާމް
ވިޓަމިން ކޭ
1.1މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
1500މައިކްރޯ ގްރާމް


























ބަރަބޮލުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
(ހ) - ބަރުދަން ލުއިކުރުމާ ސަރުބީ ދަށްކުރުން : ބަރަބޮލަކީ ހަކަތަ ވަރަށް މަދުން ލިއްބައިދޭ ބާވަތެކެވެ. 100 ގުރާމްގެ ބަރަބޮލުގައި އެކުލެވިގެންވަނީ އެންމެ 26 ކިލޯކެލަރީގެ ހަކަތަ އެވެ. ބަރަބޮލުގައި ސެޗިޔުރޭޓެޑް ފެޓް ނޫނީ ކޮލެސްޓްރޯލެއް ނުހުރެއެވެ. ބަރަބޮލަކީ ވިޓަމިންތަކާ، މައުދަންތަކުން މުއްސަދި ފަލަމަޑީގެ ބާވަތެކެވެ. ޑައެޓަރީ ފައިބަރު، އަދި އެންޓިއޮކްސިޑެންޓް ތައް ވެސް ބަރަބޮލުގައި ހުރެއެވެ. މިހުރިހާ ސަބަބަކާހުރެ ބަރަބޯވެފައިވަނީ ހަށިގަނޑުގެ ސަރުބީ ދަށްކޮދިނުމަށާއި، ބަރުދަން ލުއިކުރުމަށް ހިންގާ ޑައެޓް ޕްރޮގްރާމް ތަކުގައި މައިގަނޑު ގޮތެއްގައި ކެއުމަށް އިރުޝާދުދެވޭ އެއް ބާވަތް ކަމުގައެވެ.


(ށ) - ތަފާތު ވިޓަމިންތައް ހުރުން : ބަރަބޮލަކީ އެންޓިއޮކްސިޑެންޓް ވިޓަމިން ތަކުގެ ގޮތުގައި ބެލެވޭ ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ، އަދި ވިޓަމިން އީ ރައްކާކުރެވިފައިވާ ގުދަނެއް ފަދަ އެއްޗެކެވެ. ކޮންމެ 100 ގުރާމް ބަރަބޮލުގައި 7384 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ، ހުރެއެވެ. ހަމުގެ ދުޅަހެޔޮކަމާ، ލޮލުގެ ފެނުމަށާ، ކަށިތަކުގެ ދިރުމަށާ، ހަށިގަނޑުގައިވާ ތެތް ދުލިފަށަލަތަކުގެ ދިރުމަށް ބޭނުންވާ ވިޓަމިން އޭ އަކީ ބާރުގަދަ ތަބީއީ އެންޓިއޮކްސިޑެންޓެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން އޭ އިން މުއްސަދި ކާނާ ބޭނުންކުރުމަކީ ފުއްޕާމޭ އަދި އަނގައިގެ ތެރޭގައި އުފެދޭ ކެންސަރުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބަރަބޮލުގައި ހިމެނޭ މިވިޓަމިން ތަކުގެ ސަބަބުން ހަށިގަނޑު ދިފާއީ ބާރު ވެސް ރަގަޅުކޮށްދެއެވެ.
ބަރަބޮލުގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ވައްތަރުތަކުގެ ގޮތުގައި ހިމެނޭ ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ތިއެމިން، އަދި ޕެންތޮނިކް އެސިޑް ފަދަ ވިޓަމިން ތައް ހުރެއެވެ.

(ނ) - އެންޓިއޮކްސިޑެންޓް ތައް ހުރުން : ޒިއެޒެންތިން އަކީ އިރުގެ އަލިން އަންނަ ދޯދިތައް ލޮލަށް ވަންނައިރު ލޮލުގެ އަލި ދުލިން އެދޯދިތައް ފުރޭނުމުގެ މަސައްކަތް ހިންގުމުގައި އެހީތެރިވެދޭ ތަބީއީ އެންޓިއޮކްސިޑެންޓެކެވެ. މިއީ އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" އިން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބަރަބޮލުގައި ގިނަ އަދަދަކަށް ޕޮލިފީނަލިކް ފްލޭވޮނޮއިޑް ކަމްޕައުންޑް ތައް ހުރެއެވެ. އެގޮތުން ބަރަބޮލުގައި ހުންނަ މިފަދަ މާއްދާ ތަކުގެ ތެރޭގައި އަލްފާ ކެރޮޓީން، ބީޓާ ކެރޮޓީން، ލޫޓީން، ޒިއެޒެންތިން، ކްރިޕްޓޯޒެންތިން ފަދަ މާއްދާތައް ހިމެނެއެވެ. ކެރޮޓީންގެ ބާވަތްތައް ހަށިގަނޑުގައި ވިޓަމިން އޭ އަށް ބަދަލުވެ، ވިޓަމިން އޭ އިން ހަށިގަނޑަށް ލިބިދޭ މަންފާތައް ފޯރުކޮށްދޭނެ އެވެ.

(ރ) - ތަފާތު މައުދަންތައް ހުރުން : ބަރަބޮލުގައި ކޮޕަރ، ކެލްސިއަމް، ޕޮޓޭސިއަމް،ދަގަނޑު، މެގްނީޒިއަމް އަދި ފޮސްފަރަސް އެކަށޭނަ މިންވަރަކަށް ހުންނަކަން ފާހަގަ ކުރެވެއެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައިވާ މަސްތަކުގެ މަސައްކަތަށް ބާރުއަޅައިދީ، ދިފާއީ ބާރު ރަގަޅުކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް ހެދިބޮޑުވުމަށް ބޭނުންތެރި މައުދަނެކެވެ، ޕޮޓޭސިއަމް އަކީ ހިތުގެ ވިންދު ތަރުތީބުކޮށްދީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ.

(ބ) - ފައިބަރު ހުރުން : ބަރަބޮލުގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދީ ބަނޑު ފަސޭހަ ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ. މިސަބަބާހުރެ ބަރަބޮލަކީ ބަނޑުހިކިފައިވާ މީހުންނަށް ރައްކާތެރިކަމާއެކު ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެކެވެ. ފައިބަރަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ މާއްދާއެއް ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ބަރަބޮލުގައި ޕޮޓޭސިއަމް ހުރުމަކީ ހަޖަމުކުރުމުގެ މަސައްކަތަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.
މައުލޫމާތު :

No comments:

Post a Comment