ޖޭމު
ޖޭމަކީ
މަދުން ނަމަވެސް ކެއުމަށް ބޭނުންކުރާ މޭވާ އެކެވެ. މިއީ ގިތިކޮށް ހުންނައިރު
ފެހިކުލައިގައި ހުންނަ ދޮންވުމުން ރަތްކުލަ އަށް ހުންނަ މޭވާ އެކެވެ. ދުނިޔޭގެ
ބައެއް ހިސާބުތަކުގައި ފަނި ގިރައިންނާއި، ސަރުބަތު ތައްޔާރުކޮށްގެން، އަދި ޖޭމު
ހަދައިގެންނާއި އެހެނިހެން ފޮނި ކާތަކެތި ތައްޔާރުކޮށްގެން ވެސް ޖޭމު
ބޭނުންކުރެއެވެ.
ދިވެހި ނަން : ޖޭމު
|
|
އިގިރޭސި ނަން : Aratilis
|
|
ޢިލްމީ ނަން : Muntigia Calabura
|
|
ޖޭމުގެ ކޮންމެ 100 ގުރާމުގައި
|
|
ހަކަތަ
|
380 ކިލޯ ކެލަރީ
|
ކާބޯހައިޑްރޭޓް
|
17.9 ގްރާމް
|
ޕްރޮޓީން
|
0.384 ގްރާމް
|
ފެޓް
|
1.56 ގްރާމް
|
ފައިބަރު
|
4.6 ގްރާމް
|
ނިއެސިން
|
0.554 މިލިގްރާމް
|
ރައިބޯފްލޭވިން
|
0.037 މިލިގްރާމް
|
ކެރޮޓީން
|
0.019 މިލިގްރާމް
|
ވިޓަމިން ސީ
|
80.5 މިލިގްރާމް
|
ފޮސްފަރަސް
|
84 މިލިގްރާމް
|
ކެލްސިއަމް
|
124 މިލިގްރާމް
|
ދަގަނޑު
|
1.18 މިލިގްރާމް
|
ޖޭމުން ލިބޭ ޞިއްޙީ ފައިދާތައް
·
ޖޭމަކީ ބަނޑުގައި އުފެދޭ ތަދު ނުވަތަ ރިހުން ލުއިކޮށް ކުޑަކޮށްދޭ އެއްޗެކެވެ.
އެއީ ތަނދުކެނޑުވުމުގެ ބާރު ޖޭމުގައި އެކުލެވޭތީ އެވެ.
·
ޖޭމަކީ ހިކިވެ، ކުރަކިވެފައިވާ، ހަންގަނޑު އޮމާންކޮށްދޭ، އެއްޗެކެވެ.
·
ޖޭމުގައި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު
ހުރެއެވެ.
·
ޖޭމުގައި ހަށިގަނޑަށް ފްލޭވޮނޮއިޑް ފަދަ އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ.
ފްލޭވޮނޮއިޑް އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ
އެންޓިއޮކްސިޑެންޓެކެވެ.
·
ޖޭމުގައި ހަކުރުގެ ބާވަތެއް ކަމުގައިވާ ފުރަކްޓޯސް ހުރުމަކީ އެ
ބޭނުންކުރުމުން ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ.
·
ކުރީ ޒަމާނުގައި:-
o ޖޭމު މަލުގެ ދިޔަ ބަނޑުގެ ރިހުން
ލުއިކުރުމަށް ބޭނުންކޮށްފައި ވެއެވެ.
o ޖޭމު މަލުގެ ދިޔަ ހަންގަޑު އޮމާންކޮށް
މަޑުކުރުމަށް ބޭނުންކޮށްފައި ވެއެވެ.
o ޖޭމު މާ ޖަރާސީމް މަރައި ނައްތާލާ
އެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައި ވެއެވެ.
o ބޮލުގައި ރިހުމާއި، އަރިދަފުސް ރޯގާ ގެ
އުދަގޫ ކުޑަކުރުމަށް ބޭނުންކޮށްފައި ވެއެވެ.
o އިންޑޮނޭޝިޔާގައި ޔޫރިކް އެސިޑް
މަތިވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފަރުވާ ކުރުމަށް ޖޭމު ބޭނުންކޮށްފައި
ވެއެވެ. އެހެންކަމުން ޖޭމަކީ ހަށިގަނޑުން ޔޫރިކް އެސިޑް ދަށްކޮށްދީފާނެ
އެއްޗެއްކަމަށް ބެލެވެއެވެ.
·
ދިރާސާތަކުން :
o ބެކްޓީރިޔާއާއި ދެކޮޅަށް
މަސައްކަތްކުރުމުގެ ބާރު : ދިރާސާތަކުގެ އަލީގައި އެނގިފައިވާ ގޮތުގައި ޖޭމުގައި
ނުވަތަ އޭގެ ފަތުގައި ބެކްޓީރިޔާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު
އެކުލެވިފައި ވެއެވެ. އަދި ފަހަރުގައި މާ ބާރުގަދަ އެންޓިބަޔޮޓިކް ހަރަކާތްތައް
އެކުލެވިފައި ހުރެދާނެ ކަމަށް އިތުރަށް މިދިރާސާތަކުގައި ލަފާދީފައި ވެއެވެ.
o ހުމާއި ތަދުތަކާއި ދެކޮޅަށް
މަސައްކަތްކުރުމުގެ ބާރު : ދިރާސާތަކުން އެނގިފައިވާ ގޮތުގައި ޖޭމު ފަތުގައި
ތަދުތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ
ބާރު އަދި ހުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައި ވެއެވެ. މިއީ
ޕެރޫގައި ގަދީމީ ބޭސްވެރިކަމުގައި ތަދާއި، ހުމާއި ދެކޮޅަށް ޖޭމު ފަތް ބޭނުންކޮށްފައިވާ ކުރުމަށް.
އިތުރު ބާރެއް ފޯރުކޮށްދިން ދިރާސާ އެކެވެ.
o ކެންސަރާއި ދެކޮޅަށް
މަސައްކަތްކުރުމުގެ ބާރު : ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ފްލޭވޮނޮއިޑްތައް
ޖޭމުގަހުގެ މުލުން ސައިންސްވެރިން ހޯދާފައި ވެއެވެ. އެގޮތުން ތަފާތު 12
ފްލޭވޮނޮއިޑް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި 7 ވައްތަރުގެ ފްލޭވެން(Flavans)، 3 ވައްތަރުގެ
ފްލޭވޯންސް(Flavones)، އަދި 2 ވައްތަރުގެ
ބައިފްލޭވެން(Biflavans) ހިމެނެއެވެ.
މީގެ އިތުރުން ޖޭމު ފަތުން ވެސް ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ
ފްލޭވޮނޮއިޑްތައް ފެނިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ފްލޭވޮނޮއިޑް އަކީ
" ގެލެންގިން -3-7 – ޑައިމީތައިލް އީތަރ" އެވެ.
o ހިތް ރައްކާތެރިކޮށްދިނުމުގެ ބާރު :
ޖޭމު ފަތުގެ ދިޔަ ބޭނުންކުރުމުން "އައިސޯޕްރިޓިރިނޯލް"(Isopreterenol)ގެ ސަބަބުން ޖެހޭ ހާރޓް އެޓޭކް ކުރިމަތިވުމުން
ރައްކާތެރިވެވިދާނެ ކަމަށް، ދިރާސާތަކުންވަނީ އެނގިފައެވެ. މިގޮތުން ހާރޓް އެޓޭކް
ޖެހުމުން ރައްކާތެރިވެވޭނީ އައިސޯޕްރިޓިރިނޯލް ބޭނުންކުރުމުގެ ކުރިން ޖޭމުގެ
ފަތުގެ ދިޔަ ބޭނުންކޮށްގެން ފަރުވާ ލިބިގަނެފިނަމަ އެވެ. މިގޮތަށް ޖޭމުފަތު ދިޔަ
ބޭނުންކުރުމުން ހިތުގެ މަސްގަނޑު މެޔޯކާރޑިއަމް ގެއްލުންވުން ކުޑަވެ،
މެޔޯކާރޑިއަމް އިން ކާރޑިއެކް އެންޒައިމްތައް ލީކުވެ ބޭރުވާ ނިސްބަތް ދަށްކުރެއެވެ.
މަޢުލޫމާތު:-
No comments:
Post a Comment