މަނިބޭރުކޮށްލުން
މަނިބޭރުކޮށްލުން(ejaculation) ނުވަތަ މަނިބޭރުވުމަކީ
ޖިންސީއެދުންވެރިކަން ފުއްދުމުގެ ތެރޭގައި ކުންނާއި ހަމައަށް ވާޞިލްވުމުން،
ހަށިގަނޑުން މަނިބޭރުވުމެވެ. ޖިންސީ އެދުންވެރިކަން އައިސް، ޖިންސީ ގޮތުން މީހާ
ހިލިގަނެ، ޖިންސީ އެދުންވެރިކަން އައުމުން، ޖިންސީ ޚިޔާލުތަކާއި ފިކުރުތައް
ކުރުން، ޖިންސީ ގުނަވަނުގައި ބީހި ކުޅެހެދުމުން، ޒަކަރުގައި ހުންނަ ނާރުތަކުން
ސްޕައިނަލް ކޯޑު އަދި ސިކުނޑިއަށް ކެމިކަލް މެސެޖުތައް ފޮނުވާނެ އެވެ. އަދި
ސިކުނޑިން ވެސް ސްޕައިނަލް ކޯޑު މެދުވެރިކޮށް މިފަދަ މެސެޖުތައް އަނބުރާ ޒަކަރަށް
ފޮނުވާނެއެވެ. މިހެން ވުމުން މަނިބޭރުވުން ކުރިމަތިވުމަށް މަގުފަހި ކުރުވައެވެ.
ނުވަތަ މަނިބޭރުވުން ކުރިމަތި ކުރުވައެވެ. މަނިބޭރުވުން މައިގަނޑު ގޮތެއްގައި
ކޮންޓްރޯލްކުރަނީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ "މަރުކަޒީ ނާރުތަކުގެ
ނިޒާމް"(CNS) އިންނެވެ.
މަރުހަލާތައް
މަނިބޭރުކޮށްލުމުގައި ދެކަމެއް ނުވަތަ
ދެމަރުހަލާއެއް ހިމެނެއެވެ. އެއީ މަނިފޮނުވުން(emission) އަދި މަނިބޭރުކޮށްލުން(ejaculation) މިދެކަންތަކެވެ.

މިއީ ނާރުތަކުގެ ނިޒާމްގައި ހިމެނޭ
"ސިމްޕެތެޓިކް ނާރުތަކުގެ ނިޒާމް"ގެ އެހީގެދަށުން ފުރިހަމަކުރެވޭ
ކަމެކެވެ. މިމަރުހަލާގައި "ސިމްޕެތެޓިކް ނާރު" ތަކުގެ އެހީގައި
"މަސާނާގެ ކަރު" ބަންދުކޮށްލާނެ އެވެ. މީގެ ބޭނުމަކީ މަނި ފަހަތަށް ގޮސް
މަސާނާގެ ތެރެއަށް އެޅުނަނުދިނު(retrograde ejaculation)މެވެ.
(ށ) - މަނިބޭރުކޮށްލުން : މަނިބޭރުކޮށްލުމަކީ ޕްރޮސްޓޭޓްގެ ތެރެއިން ގޮސްފައިވާ
ކުޑަކަމުދާ ހޮޅިއަށް (ނުވަތަ ފިރިހެން ހަށީގެ ބުޑަށް) ވާޞިލްވި މަނި، ކުޑަކަމުދާ
ހޮޅީގެ ފިރިހެން ހަށީގެ ތެރޭގައިވާ ބައި ހުރަސްކޮށް ޖިންސީ އެދުން ފުދޭ ހިނދު
(ކުންނާހަމައަށް ވާޞިލްވުމުން) ހަށިގަނޑުން ބޭރުކޮށްލުމެވެ. މިމަރުހަލާގައި
ކުޑަކަމުދާ ހޮޅީގެ ތެރޭގައި ހުންނަ މަނިތަކުގެ އިހުސާސް (ޖިންސީގޮތުން
ކުންނާހަމައަށް ވާޞިލްވާ ހިނދު) އެހޮޅިއަށް ކުރެވޭނެ އެވެ. މިއިހުސާސް ކުރެވުމުން،
ބާރުގަދަ ސިގުނަލްތައް، ސްޕައިނަލް ކޯޑު މެދުވެރިކޮށް، ސިކުނޑިއަށް ފޮނުވާނެ އެވެ.
އަދި ސިކުނޑިން ވެސް ސްޕައިނަލް ކޯޑު މެދުވެރިކޮށް، ޒަކަރުގެ ބުޑުގައިވާ މަޑު
މަސްކޮޅުތަކަށް ކޮންމެ 0.8 ސިކުންތަކުން ކުރުގެޅިފިތުމަށް އަންގަމުން ގެންދާނެ
އެވެ. ނަތީޖާއެއްގެ ގޮތުން ފިރިހެން ހަށިން މަނިބޭރުވެގެން ދެއެވެ.
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު :
No comments:
Post a Comment