ކަރައިވަރު
ކަރައިވަރު(electrolytes) އަކީ ހަށިގަނޑުގެ އެތެރޭގައި ދައުރުވާ ކަރަންޓްގެ އޮއިވަރު އެވެ.
މިއޮއިވަރުގައި ވަނީ ޕޮޓޭސިއަމް، ސޯޑިއަމް، އަދި ކްލޮރައިޑް އެވެ. ޕޮޓޭސިއަމް،
ސޯޑިއަމް، އަދި ކްލޮރައިޑް އަކީ ކަރަންޓް ދަތުރުކުރާ 3 މާއްދާ އެވެ. އެހެން
ގޮތަކަށް ބުނާނަމަ ކަރައިވަރަކީ ލެޔާއި، ހަށިގަނޑުގެ އެހެން ދިޔަވަރުތަކުގެ
ތެރޭގައި ކަރަންޓް ދަތުރުކުރުވާ މައުދަންތަކެކެވެ.
ކަރައިވަރު އުފެދެނީ ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމް އާއި ސޯޑިއަމް، ދިރު(cell) ތަކުގެ ތުނާލި(membrane)ން ނުވަތަ
ބޭރުދުލިފަށުގެ ތެރެއިން ދެކޮޅަށް ފޭދެން ފެށުމުންނެވެ. ޕޮޓޭސިއަމް އާއި ސޯޑިއަމް
ފެނަށް ގިރުމާއެކު، މިދެވައްތަރުގެ މޮލާރި(molecule) އިން ކެރެވި (ion) އެއް ދޫވެ(ބޭރުވެ) ޕޮޒިޓިވް ޗާރޖް ވެދެއެވެ. މީގެ އިތުރަށް
ކްލޮރައިޑް ގިރުމާއިއެކު، އޭގެ މޮލާރި އާއި ކެރެވި އެއް ގުޅި ނެގެޓިވް ޗާރޖް
ވެދެއެވެ. ޕޮޒިޓިވް ޗާރޖްވެފައިވާ ކެރެވި އަބަދުވެސް ދަތުރުކުރާނީ ނެގެޓިވް ޗާރޖްވެފައިވާ ކެރެވި އާއި އެކުގައެވެ.
އެހެންކަމުން މިމާއްދާތައް ވަނީ ލާމެހިފައެވެ.
ހަށިގަނޑުގެ އެތަންމިތާގައިވާ ދިޔަތަކުގައި ކަރައިވަރު ހިމެނެއެވެ.
އޭގެތެރޭގައި ލޭ، ލިމްފް ގޮށް ތަކުގައިވާ ލޮނދިތަކުގަޔާއި، ދިރުތަކުގެ އެތެރޭގައި
ދިޔަތައް(intracellular fluid)، އަދި ދިރުތަކުގެ ބޭރުގައިވާ ދިޔަ(extracellular
fluid) ތައް ހިމެނެއެވެ. އަދި
މިތަންތާގެ ތެތްކަމުގެ މިންވަރު ހިފަހައްޓައިދެނީ ވެސް ކަރައިވަރު އެވެ.
ކަރަވައިވަރު ގައި ހިމެނޭ މުހިއްމު މާއްދާ ތަކަކީ:-
·
ސޯޑިއަމް
·
ކްލޮރައިޑް
·
ކެލްސިއަމް
·
މެގްނީޒިއަމް
·
ބައިކާބޮނޭޓް
·
ފޮސްފަރަސް
ކަރައިވަރުން ކޮށްދޭ މަސައްކަތްތައް
ކަރައިވަރު އަކީ ހަށިގަނޑުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކޮށްދޭ
އެއްޗެކެވެ.
·
ހަށިގަނޑުގެ ތެރޭގައި އުފެދޭ ފެނާއި، އެތެރެވާ ފެން ރަމަތަކޮށް ކޮންޓްރޯލްކުރުން
·
ގައިގެ މަސްފަށަލަތަކަށް ބޭނުންވާ ހިނދު ކުރުގަޅުވައިދިނުން
·
ހިތުގެ މަސްފަށަލަ ތަކަށް ފެންފޯރުވައިދީ، ހަށިގަނޑު ހަމައަކަށް އަޅުވާލުން
·
ހަށިގަނޑުގެ އެތަން މިތަނަށް އައިސް ގޮސްވާ ސިގުނަލް ދަތުރުކުރާ މަގު
ގުޅުވައިދިނުން
·
ނާރުތަކާއި، މަސްތަކުގެ މަސައްކަތްތައް ތަންޒީމުކުރުމުގައި އެހީތެރިވެދިނުން
·
ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފެހެއްޓުމުގައި އެހީތެރިވެދިނުން
·
ހަލާކުވާ ސެލޯށިތައް އާކުރުމުގައި ބައިވެރިވުން
·
ނާރު ތަކުގެ ދިރުތަކުގެ ތެރެއަށް ސޯޑިއަމް ވަނުމާއި، ޕޮޓޭސިއަމް ނިކުތުމުގައި
ކަރަންޓް ކޮޅެއް އުފެދި، ނާރު ދިރުތަކުން މިކަރަންޓް ކޮޅު ދަތުރުކުރެއެވެ.
މެސެޖްތައް ކޮޅުކޮޅަށް ދަތުރުކުރަނީ މިކަރަންޓްކޮޅާއެކު ނާރު ދިރުތަކުގެ
ތެރެއިންނެވެ.
·
ސޯޑިއަމް ބޭނުންވަނީ ހަށިގަނޑުގައި ހަށިގަނޑުގެ ދިޔަތަކާއި
އެސިޑް-އަލްކަލައިގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ
އެއްތަނުން އަނެއް ތަނަށް ފޮނުވާ މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް
ކުރުގަޅުވާ ހެދުމަށެވެ.
·
ޕޮޓޭސިއަމް ބޭނުންވަނީ ހަށިގަނޑުގެ ދިޔަތަކާއި އެސިޑް-އަލްކަލައިގެ މިންވަރު
ހަމަހަމަކޮށް ބެހެއްޓުމަށާއި، ހަށިގަނޑުގެ އެއްތަނުން އަނެއް ތަނަށް ފޮނުވާ
މެސެޖްތައް ރައްދުކޮށްދިނުމަށް މަސްތައް ކުރުގަޅުވާ ހެދުމަށެވެ.
·
ކްލޮރިން އަކީ ވެސް ކަރައިވަރު ގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ.
ކްލޮރައިޑް ހައިޑްރިޖަން އާއި އެކުވުމުން ހައިޑްރޯކްލޮރިކް އެސިޑް އުފެދެއެވެ. ބަނޑުގައި
އުފެދޭ ގޭހަކީ މިއީ އެވެ.
·
ޕްރޮޓީން، ބައިކާބޮނޭޓް، ފޮސްފޭޓް، ކްލޮރައިޑް، ކެލްސިއަމް، އަދި
މެގްނީޒިއަމް ފަދަ މާއްދާ ތަކާއި، އެކުވެގެން ހަށިގަނޑުގައިވާ އެސިޑް އާއި
އަލްކަލައި ހަމަހަމަކުރުމުގައި ސޯޑިއަމް
މުހިއްމު ރޯލެއް އަދާކުރެއެވެ.
އިންސާނާގެ ހަށިގަނޑުގައިވާ މަސްތަކާއި، ނާރު ތަކަކީ އޭގައި ކަރަންޓް
ދައުރުވާ ޓިޝޫ ތަކެކެވެ. ނާރުތަކާއި، މަސްތަކުގެ މަސައްކަތްތައް ފެށިގެންދަނީ ނާރު
ސެލްތަކާއި، މަސްތަކުގެ ސެލްތަކުގެ އެތެރެއާއި، ބޭރުގައިވާ ދިޔަވަރު ތަކުގެ
ދެމެދުގައި، ނޫނީ ސެލްތަކުގެ ދެމެދުގައި ކަރައިވަރުގައި ހިމެނޭ މާއްދާތައް
ކަރަންޓު އޮއިވަރުތަކެއްގެ ސިފައިގައި ފޭދި، ދަތުރުކުރަން ފެށުމުންނެވެ.
އިންސާނާގެ ހަށިގަނޑުގައިވާ މަސްގަނޑެއް ކުރުގެޅިލުމަށްޓަކައި،
ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ ތެރެއިން ސޯޑިއަމް، ޕޮޓޭސިއަމް، އަދި
ކެލްސިއަމް ގެ ބޭނުން ހިފައެވެ. ނޫނީ މިމާއްދާތައް ހުންނަންޖެހޭނެ އެވެ. ހިތުގެ
މަސްތަކުގެ ސެލްތަކާއި، ނާރު ސެލްތަކުގެ ތެރޭގައި ކަރަންޓްގެ އޮއިވަރު ދައުރުވަނީ
ކަރައިވަރުގައި ހިމެނޭ މާއްދާތަކުގެ އެހީއާއި އެކީގައެވެ.
އިންސާނާގެ ހަށިގަނޑުގައި ކަރައިވަރުގެ މިންވަރު (ކަރައިވަރުގައި ހިމެނޭ
މާއްދާތަކުގެ މިންވަރު) އެއް ހަމައެއްގައި ހިފަހައްޓައިދެނީ ގުރުދާއާއި، ތަފާތު
ހޯރމޯންތަކުގެ އެހީގައެވެ. އެގޮތުން މިމަސައްކަތުގައި އެހީތެރިވެދޭ ހޯރމޯންތަކުގެ
ތެރޭގައި ގުރުދާއިން އުފައްދާ "ރީނިން" ހޯރމޯން، ހިތް، ފުއްޕާމޭ، އަދި
ސިކުނޑިން އުފައްދާ "އެންޖީއޯޓެންސިން" ހޯރމޯން، އެޑްރީނަލް ގްލޭންޑް
އިން އުފައްދާ "އަލްޑޮސްޓެރޯން" ހޯރމޯން، އަދި ޕިޓޫއިޓަރީ ގްލޭންޑް އިން
އުފައްދާ "އެންޓިޑަޔުރެޓިކް ހޯރމޯން" ހިމެނެއެވެ.
ހަށިގަނޑަށް އަންނަ އެކި ބަދަލުތަކާއި ގުޅިގެން ކަރައިވަރުގެ ބައެއް
މާއްދާތައް ހަށިގަނޑުން ބީވެގެންދެއެވެ. މިސާލަކަށް ކަސްރަތުކުރުމުން ދާހިއްލައި، ކަރައިވަރުގައި ހިމެނޭ ސޯޑިއަމް އަދި ޕޮޓޭސިއަމް
ހަށިގަނޑުން ބީވެއެވެ. ކަރައިވަރުގެ މިންވަރު ހަމަހަމަކަންމަތީ
ބެހެއްޓުމަށްޓަކައި، ބީވެގެންދާ ބައި އަނބުރާ ހަށިގަނޑަށް ހޯދައިދޭންޖެހެއެވެ.
ތަރުކާރީއާއި، މޭވާގެ ބާވަތްތަކުގައި ސޯޑިއަމް އާއި ޕޮޓޭސިއަމް އެކަށޭނަ ވަރަށް
ހުންނާތީ، މިފަދަ ތަކެތި ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. ހަށިގަނޑުގައި ގިނަވާ
ކަރައިވަރުގައި ހިމެނޭ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދެނީ ގުރުދާގެ އެހީގައެވެ.
ލޭގަޔާއި އެހެން ދިޔަތަކުގައި ސޯޑިއަމް ހުންނަންޖެހެނީ ވަރަށް ހަނި ރާޖީ (
މަތީމިނާއި ތިރީމިނާއި ދޭތެރެ ) އެއްގައެވެ. މިކަން ހިފަހައްޓަނީ އަލްޑޮސްޓެރޯން
ކިޔާ ހޯރމޯން އަކުންނެވެ. ސޯޑިއަމް އެތެރެވުން ގިނަވެއްޖެނަމަ މި ހޯރމޯން
މަދުވެއެވެ. މިހެންވެއްޖެނަމަ ގުރުދާ އިން ފަހަރުވާގެ ތެރެއަށް ސޯޑިއަމް ބޭރުކުރާ
އަދަދު ގިނަކޮށްލައެވެ. ސޯޑިއަމް އެތެރެވުން މަދުވެއްޖެނަމަ، މިހޯރމޯން
ގިނަވެއެވެ. އެހިނދު ގުރުދާއިން ސޯޑިއަމް ބޭރުވިޔަނުދީ ހިފަހައްޓާލަ އެވެ.
މައުލޫމާތު :
·
ކާނާގެ ފައިދާ – މިނިސްޓްރީ އޮފް ހެލްތު – 2003
No comments:
Post a Comment