ޖީ6ޕީޑީ އެންޒައިމް މަދުވުން
ޖީ6ޕީޑީ އެންޒައިމް
ހަށިގަނޑުގައި މަދުވު(G6PD deficiency)މަކީ ބައްޔެއް ނޫނެވެ. އެކަމަކު މިއީ ވާރުތަވާ ކަމެކެވެ. ޖީ6ޕީޑީ
އަކީ ''ގުލްކޯޒް-6- ފޮސްފޭޓް ޑިހައިޑްރޯޖިނޭޒް''(glucose
-6- phosphate dehydrogenase) އެންޒައިމް
އެވެ. މިއީ ލޭގެ ރަތް ސެލް ގައި ހުންނަ މުހިއްމު އެންޒައިމެކެވެ. ޖީ6ޕީޑީ
އެންޒައިމް ހަށިގަނޑުގައި މަދުވުން ކުރިމަތިވެފައިވާ މީހުން ބައެއް ކަހަލަ ބޭސް
ބޭނުންކުރުމުން، ނުވަތަ ބައެއް ކަހަލަ ކާނާ ބޭނުން ކުރުމުގެ ސަބަބުން ލޭގައި
ހުންނަ ރަތް ސެލްތައް ހަލާކުވާގޮތް މެދުވެރިވެއެވެ. މިހެންވުމުން ލޭމަދުވުން
ކުރިމަތިވެ، މީހާ ބަލިވާގޮތްވެއެވެ.
ޖީ6ޕީޑީ
އެންޒައިމް ހަށިގަނޑުގައި މަދުވުން ވާރުތަކުރާގޮތް
ޖީ6ޕީޑީ އެންޒައިމް
ހަށިގަނޑުގައި މަދުވުމަކީ ވާރުތާވާ ކަމެކެވެ. ޖީ6ޕީޑީ އުފެދެން މެދުވެރިވާ ޖީން
އަކީ X ކްރޮމޮޒޯމް ގައި ހުންނަ ޖީން އެކެވެ. މިބަލި
ވާރުތަކުރާނީ X ކްރޮމޮޒޯމް މެދުވެރިވެގެން ވާރުތަވާ ކަމެއްގެ
ގޮތުގައެވެ.
ކޮންމެ ފިރިހެނެއްގެ
ވެސް X ކްރޮމޮޒޯމް އަކާއި Y ކްރޮމޮޒޯމް އެއް ހުރެއެވެ. އަންހެނެއްގެ
ހުންނާނީ 2 X ކްރޮމޮޒޯމް އެވެ. މާނައަކީ X X އެވެ. ޖީ6ޕީޑީ އަށަގެންފައިވަނީ X ކްރޮމޮޒޯމް ގައެވެ. ވީމާ އަންހެނެއްގެ އެއް X ކްރޮމޮޒޯމް ގައި ޖީ6ޕީޑީ ހުރި ނަމަވެސް ރަގަޅު
އަނެއް X ކްރޮމޮޒޯމް ހުންނާތީ އަންހެނުންނަށް
ގިނަފަހަރަށް ޖީ6ޕީޑީ މަދުވުމުން ފެންނަ އަލާމާތްތައް ވަރަށް ކުޑައެވެ. ފިރިހެނުންގެ
އެންމެ X ކްރޮމޮޒޯމް އެއް ހުންނާތީ އެ X ކްރޮމޮޒޯމް ޖީ6ޕީޑީ މަދުވާގޮތަށް ހުރިނަމަ،
(އެހެން X ކްރޮމޮޒޯމް އެއްނެތި ) ޖީ6ޕީޑީ މަދުވުމުން
ދިމާވާ އަލާމާތްތައް ފިރިހެނުންނަށް ފެންނަލެއް ބޮޑުވާނެއެވެ.
ޖީ6ޕީޑީ
މަދުމީހުންނަށް ދިމާވާ މައްސަލަތައް
ޖީ6ޕީޑީ
މަދުމީހުންނަށް ޖެހޭ މައްސަލަތައް އެންޒައިމް ހަށިގަނޑުގައި މަދުވެފައިވާ
މިންވަރަކަށް ބިނާކޮށް ކުޑަބޮޑުވެއެވެ. ޖީ6ޕީޑީ މަދުވުމުން ގިނަ ފަހަރު މައްސަލަ
ޖެހޭނީ ފިރިހެނުންނަށެވެ. އަންހެނުންނަށް ފިރިހެނުންނަށް އަޅާ ބަލާއިރު ދިމާވާ
މައްސަލަތައް މަދެވެ.
v ކެވޭ ބޭހެއްގެ ސަބަބުން
ލޭހަލާކުވުން : ބައެއް ބޭސްތަކަކީ ޖީ6ޕީޑީ
މަދުމީހުންނަށް އޭގެ ސަބަބުން ލޭގަނޑުވެ، ހަލާކުވާން މެދުވެރިވާ ބޭސް ބޭހެވެ.
v ކާނާގެ ސަބަބުން ލޭގެ
މައްސަލައެއް ޖެހުން : ބައެއް ވައްތަރުގެ ކާނާ ކައިގެން
ލޭހަލާކުވާން ދިމާވެއެވެ. މިހެންވުމުން ބައެއް ފަހަރު ވަރަށް ގެއްލުންވާ
ދަރަޖައަށްވެސް ދެއެވެ. މިފަދަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ފާވާ ބީންސް، އަދި
ބްރޯޑް ބީންސް ފަދަ ތޮޅީގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ބައެއް ކާނާ
ހިމެނެއެވެ.
v އިންފެކްޝަނެއްގެ ސަބަބުން
ލޭހަލާކުވުން : ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިބަލީގެ
ސަބަބުން ލޭގައި އިންފެކްޝަން އުފެދި ލޭހަލާކުވެއެވެ. އޭގެތެރޭގައި ޓައިފޮއިޑް
ހުން، ނިއުމޯނިޔާ، ފަދަ ބަލިތައް
ފާހަގަކުރެވެއެވެ. އަދި އެހެނިހެން އާދައިގެ އިންފެކްޝަން އިންވެސް ލެޔަށް
ގެއްލުންވާގޮތް ވެއެވެ.
v ގޭގައި ގެންގުޅޭ އެއްޗެތީގެ
ސަބަބުން : ކަރުބޮލަކް އަކީ ވަރަށް ގިނައިން
ގޭގައި ގެންގުޅޭ އެއްޗެކެވެ. ޖީ6ޕީޑީ މަދު މީހުންނަށް ކަރުބޮލަކުގެ އަސަރު
ކުރުމުން ވަރަށް ބޮޑަށް ރީނދޫވުން މެދުވެރިވެއެވެ.
v ތުއްތު ދަރިފުޅު ރީނދޫވުން : ތުއްތު ދަރިފުޅު ރީނދޫވާން މެދުވެރިވާ ސަބަބުތަކުގެ
ތެރޭގައިވެސް ޖީ6ޕީޑީ މަދުވުން ހިމެނެއެވެ. ވިހެއުމާއެކު ދަރިފުޅަކީ ޖީ6ޕީޑީ
މަދުކުއްޖެއްތޯ ބެލުން (ޚާއްޞަކޮށް ފިރިހެންކުދިންނަށް) ވަރަށް މުހިއްމެވެ.
ޖީ6ޕީޑީ މަދުނަމަ މައިންބަފައިން މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.
ޖީ6ޕީޑީ
މަދުމީހުންގެ ލެޔަށް މައްސަލައެއް ދިމާވުމުން ފެނިދާނެ އަލާމާތްތައް
v ހުންއައުން އަދި އާދަޔާ ޚިލާފަށް
ވަރުބަލިވުން
v ކުޑަކަމުދާ ތަކެތި ގެ ކުލަ ގަދަވެ،
ރީނދޫ އަދި މުށިކުލައަށް ބަދަލުވެފައި ހުރުން
v ލޮލުގެ އަދި ހަމުގެ ކުލަ ރީނދޫވާގޮތްވުން
v މޫނުމަތީގެ ކުލަވަރު ފަނޑުވުން
v ހިތުގެ ވިންދު އަވަސްވުން ނުވަތަ
މޭތެޅުން
v ބޯއެނބުރުން
v ހުންކޮށި ދުޅަވުން، އަދި ޗިސްމޭ
ދުޅަވުން
ޖީ6ޕީޑީ
މަދުކަން ދެނެގަތުން
ޖީ6ޕީޑީ މަދުކަން
ދެނެގަނެވޭނީ ލޭގެ ޚާއްޞަ ޓެސްޓެއް ހަދައިގެންނެވެ. މިއީ ކޮންމެ އުމުރެއްގައިވެސް
ކުރެވިދާނެ ޓެސްޓެކެވެ. މިޓެސްޓް ދެގޮތަކަށް ކުރެވެއެވެ.
v ޖީ6ޕީޑީ ސްކްރީން ޓެސްޓް
v ޖީ6ޕީޑީ އެންޒައިމް ހަށިގަނޑުގައި
ހުރިވަރު ދެނެގަތުމަށްކުރާ ޓެސްޓް
ޖީ6ޕީޑީ މަދުވުމުގެ
ފަރުވާ
ޖީ6ޕީޑީ މަދުވުމުން
ދެވޭ އެންމެ މުހިއްމު ފަރުވާ އަކީ ބަލި ދެނެގަތުމާއެކު ބަލި އިތުރަށް ބޮޑުވެދާނެ
ކަންތައްތަކުން ދުރުހެލިވުމެވެ. ބޭހެއްގެ ސަބަބުން ވެސް ނުވަތަ އެހެން
ގޮތަކުންވެސް ލޭހަލާކުވާކަމުގެ އަސަރު ފެންނަ ނަމަ އަވަހަށް ޑޮކްޓަރެއްގެ
ލަފާހޯދުމަކީ މުހިއްމު ކަމެކެވެ.
ސަމާލުކަން
ދޭންވީ ނުކުތާތައް
v ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު
ތިމާއަކީ ޖީ6ޕީޑީ މަދުމީހެއްކަން ޑޮކްޓަރުގައި ގާތުގައި ބުނުން
v ނުގުޅޭ ބޭސްތަކާއި، ކާނާތައް ދެނެގަނެ،
އެތަކެތި ބޭނުންނުކުރުން
v ނުގުޅޭ ބޭހެއް ނުވަތަ ކާނާއެއް
ބޭނުންކޮށްގެން މިބަލީގެ އަސަރު ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
މައުލޫމާތު
:
·
"ޖީ6ޕީޑީ" ލީފްލެޓް : ކުލުނު 243 – ޖޫން 2008 – ޝީ – މާލެ-
ދިވެހިރާއްޖެ
މީހާދަ ބޭނުންތެރި މައުލުމަތު ގެނެސްދޭ ބޮލޮގެކޭ ﷲ ތިބާގެ މަސައްކަތުގައި ބަރަކަތްލައްވާދޭ
ReplyDeleteއަހަރެން މީގެ އިތުރަށް މަޢްލޫމާތު ބޭނުންވޭ. އަދި މިޑޮކްޓަރ އާއި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭނުން. ޑޮކްޓަރުން ބުނާގޮތުގައި ކޮންމެ ބާވަތެއްގެ ކާނާ ކެޔަސް ރަގަޅު ކަމަށް ބުނާއިރު މިކަމުގެ ހަޤީޤަތަކީ ކިހާ ވަރަެއްކަން އޮޅުން ފިލުވަން ބޭނުން. މިކަމާއި ބޭހޭ ހައްސަ ޑޮކްޓަރެއްގެ މަޢްލޫމާތު ވެސް ވަރަށް ބޭނުން.
ReplyDeletethank you for your comments .
ReplyDeleteAssalam alaikum. May allah bless you and your amazing work. I love this blog so so much, its very informative and very very helpful, as it has lots of dhivehi vocabulary. I am a medical student studying in MNU, and these vocabulary were quite helpful! Very glad and proud of this blog. You really deserve an award! 👏🏻💙 Hope there's more in the future, you're such an inspiration.
ReplyDeleteThank you! Its my pleasure and hobby writing my medical articles to aware people on various health issues and concerns
ReplyDeleteWow! Now only I have come across this. Keep up the good work.
ReplyDelete@ޒުލޭޚާ ސަމީރު! ޝުކުރިއްޔާ ތިޔަބޭފުޅުންގެ ޚިޔާލާ ފިކުރު މި ބްލޮގް ރަނގަޅުކުރުމަށް ބޭނުންވޭ!
ReplyDeleteވަރަށް ރަނގަޅު މަޢުލޫމާތު ކޮޅެއް
ReplyDelete