ވިޓަމިން
ސީ
ވިޓަމިން ސީ(vitamin C) ނުވަތަ އެސްކޯބިކް އެސިޑް(Ascorbic acid) އަކީ ވަރަށް ގިނަ ބޭނުން
އެއިން ހިފޭ އެއްޗެކެވެ (ސާލިހު އަދި ވަހީދު، 2003). ވިޓަމިން ސީ ނުވަތަ
އެސްކޯބިކް އެސިޑް އަށް ފުރަތަމަކީ ނަމަކީ މިއެއް ނޫނެވެ. އެއީ ބައެއް ވައްތަރުގެ
މައުދަނުގައި ވެސް މިވައްތަރުގެ އެސިޑް ހުރުމާއެކު، ކާބޯތަކެތިން ހަށިގަނޑަށް ލިބޭ
އޮށްޓަރަށް ވަކިނަމެއް ކިއުމަށް މިވައްތަރުގެ ނަން ފަހުން އެސްކޯބިކް އެސިޑް އަށް
ބަދަލުކުރީ އެވެ. މިއެސިޑް ވަކިކުރުމުގެ ތަހުލީލުތައް 1928 ވަނަ އަހަރުން ފެށިގެން
އެކިއެކި ލެބޯޓްރީ ތަކުގައި ކުރެވުނަސް ބޭހެއްގެ ގޮތުގައި ބޭނުންކުރަން ފެށުނީ
1950 ގެ އަހަރުތަކުގައެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ އަކީ ފެނަށްގިރޭ ހުދުކުލައިގައި ފުށްހެން ހުންނަ މާއްދާ އެކެވެ. ވިޓަމިން ސީ އުފެއްދުމުގެ ކުޅަދާނަކަން ވަރަށް ގިނަ ހައިވާނުންނަށް ލިބިފައިވީނަމަވެސް އިންސާނުންގެ ހަށިގަނޑުގައި ވިޓަމިން ސީ އުފެއްދުމުގެ ގާބިލިއްޔަތުކަން ލިބިފައެއް ނެތެވެ. އެހެން ކަމުން މިބައި ހަށިގަނޑަށް ހޯދައިދޭން ޖެހެނީ ކާބޯތަކެތީގެ ޒަރީޢާއިންނެވެ (ސާލިހު އަދި ވަހީދު، 2003، އަދި ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ
އަކީ ހަށިގަނޑަށް ވަރަށް ގިނަ ބޭނުންތައް ހިފޭ ބާވަތެކެވެ.ވިޓަމިން ސީ އަކީ
ހަށިގަނޑުގައި ކޮށާރުކޮށްގެން، ބޭނުންވީމާ އެތިއެތިކޮޅުން ނަގަން ބެހެއްޓޭ
އެއްޗެއް ނޫނެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަންޖެހޭ
އެއްޗެކެވެ. ކައްކާމީހުން ހަދާނުގައި ބަހައްޓަންޖެހޭ ކަމަކީ ވިޓަމިންސީ އަކީ
ހޫނުންނާއި، ކައްކާފައި މަތިނުޖަހާ ބެހެއްޓުމުން އުނިވެގެންދާ އެއްޗެއް ކަމެވެ.
މަސްދަރު
ގިނައިން
މޭވާ އާއި ތަރުކާރީ ކެއުމަކީ ހަށިގަނޑަށް ވިޓަމިން ސީ ލިބޭ ކަމެކެވެ. ޚާއްޞަކޮށް
ހުތް މޭވާގެ ބާވަތްތައް ހިމެނެއެވެ. މީގެ ތެރޭގައި ފޮނި ނާރިނގު ނުވަތަ އޮރެންޖު، ހިތި ނާރިނގު،
ޔޫސުފު އަފަންދީ ނުވަތަ މެންޑަރިން، ނިޔަދުރު،
ލުނބޯ، ގޮމަށި، ބަބުޅަބޮސް، ގްރޭޕް ފުރުޓް، ބޮޑު ލުނބޯ ފަދަ ބާވަތްތައް
ހިމެނެއެވެ. މީގެ އިތުރުން ކިވީ ފުރުޓް، މެލަން، ކެކުރި، ސްޓޯބެރީ، ކުންނާރު،
އަންނާރު، ކަރާ، ފޭރު، އަނބު ފަދަ މޭބާވަތްތަކުގައި ވެސް ވިޓަމިން ސީ ހުރެއެވެ.
އަދި ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ތެރެއިން އަލުވި، ކޮލިފްލާވަރު، ކެބެޖް، ބޯވެލި ފަތް، އަދި ރަތް ނުވަތަ ފެހި
ބޮޑު މިރުސް ފަދަ ބާވަތްތަކަކީ ވެސް ވިޓަމިން ސީ އެކުލެވޭ ބާވަތެކެވެ.
އޮރެންޖަށްވުރެ ކިވީ މޭވާގައި ވިޓަމިން ސީ ގިނައެވެ. ތާޒާ މޭވާ އާއި ތަރުކާރީ
ކުޑަކުދިންނާއި ބޮޑެތި މީހުން އާދަކޮށް ކެއުމަކީ ހަށިގަނޑަށް ފައިދާ ހުރި
ކަމެކެވެ.
ދިވެހިރާއްޖެއިން
ލިބޭ ބައެއް ކާބޯތަކެތީގައި ވިޓަމިން ސީ ހުންނަ މިންވަރު
100ގ
ގައި |
މިލިގްރާމް |
100ގ
ގައި |
މިލިގްރާމް |
ފޭރު |
228.0 |
އަލަނާސި |
60.0 |
ކިވީ |
92.0 |
މުރަނގަފަތް |
22.0 |
ނާރިނގު |
64.0 |
ދޮންއަބު |
16.0 |
ލުނބޯ |
63.0 |
ރޯމިރުސް
|
10.1 |
ފަޅޯ |
61.8 |
ދޮންކެޔޮ |
8.7 |
ވިޓަމިން
ސީ އާއި ސިޓްރިކް އެސިޑްގެ ތަފާތު
ބައެއް
މީހުން އެސްކޯބިކް އެސިޑް އާއި، ވިޓަމިން ސީ އާއި ސިޓްރިކް އެސިޑް އަކީ އެކައްޗެއް
ކަމަށް ހީކުރެއެވެ. ނަމަވެސް އެސްކޯބިކް އެސިޑް އާއި ވިޓަމިން ސީ އަކީ އެކައްޗެވެ.
ނަމަވެސް ސިޓްރިކް އެސިޑް އަކީ މޭވާގައި ހުންނަ ހުތެވެ. އެކަމަކު ސިޓްރިކް އެސިޑް
އަކީ ވިޓަމިން ސީ އެއް ނޫނެވެ. ބައެއް ކާނާއަށް ސިޓްރިކް އެސިޑް އަޅައެވެ. އެއީ
އޭގެ ސަބަބުން ބައެއް ޒަރޫރީ ކަނީޒު ހަށިގަނޑަށް ގިރިބިންކުރަން ނުވަތަ
ބޭނުންހިފޭގޮތް ހެދުމަށް ފަސޭހަވެގެންދާތީ އެވެ. ވަރަށް ގިނަ ފަހަރަށް އޮރެންޖު
ޖޫހަށް ކެލްސިއަމް ސިޓްރޭޓް އަޅައެވެ. އަދި ވިޓަމިން ސީ ގެ ހިތިކަން ކަނޑާލަން
ވެސް ބައެއް ފަހަރު ސިޓްރިކް އެސިޑްގެ ހުތްކަން ބޭނުން ކުރެއެވެ (ސާލިހު އަދި
ވަހީދު، 2014).
ވިޓަމިން
ސީ ގެ ފައިދާ / މަސައްކަތްތައް
ވިޓަމިން ސީ
އަކީ ހަށިގަނޑު ހެދިބޮޑުވުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކެވެ.
އެންޓިއޮކްސިޑެންޓެއްގެ ގޮތުން ވިޓަމިން ސީ މަސައްކަތްކުރުމުން، ކެންސަރު އަދި
ހިތުގެ ބަލި ތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ. ވިޓަމިން ސީ ލިބޭތަކެތި
ހަކުރުބަލީގެ މީހުން ގިނައިން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު
ކޮންޓްރޯލްކުރުމަށް ފަސޭހަވެއެވެ (ސާލިހު އަދި ވަހީދު، 2003،ސާލިހު އަދި ވަހީދު،
2014).
ހަށިގަނޑު
ޖިސްމާނީ ނުވަތަ މާއްދީ ބުރަކަމެއް އިހްސާސްވާނަމަ، ވިޓަމިން ސީ ގިނައިން
ބޭނުންކުރަންވާނެއެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަކީ
ފިއްތުމެއްގެ ތެރޭގައި އުޅޭ ބައެކެވެ. މިފަދަ މީހުން ވިޓަމިން ސީ އެކުލެވޭ
ކާނާއާއި ބުއިންތައް ވަރަށް ގިނައިން ބޭނުންކުރަން ޖެހޭނެއެވެ (ސާލިހު އަދި
ވަހީދު، 2003،ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ
އަކީ ކުއްލިއަކަށް ދިމާވާ ކަންތައްތަކަށް ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން
ކުރިމަތިލުމަށް ހަށިގަނޑު ފައްކާކޮށްދޭ އެއްޗެކެވެ. އެހެންކަމުން ހުޝިޔާރު
ކަމުގައި ހުންނަންޖެހޭ މީހުން ގިނައިން ބޭނުންކުރުން ރަނގަޅު ވިޓަމިނެކެވެ. އަދި
ހާސްކަމެއްގައި އުޅޭ މީހުންނާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ފިއްތުމެއްގެ
ތެރޭގައި އުޅޭ މީހުން، ވިޓަމިން ސީ އެކުލެވޭ ކާނާއާއި ބުއިންތައް ގިނައިން
ބޭނުންކުރަން ޖެހޭނެ އެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ
އަކީ ދިފާޢީ ބާރު ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ރޯގާ ޖެހިގެން އުޅޭ
ދުވަސްވަރު ވިޓަމިން ސީ އެކުލެވޭ ކާބޯތަކެތީގެ ބާވަތްތައް ރޯގާ އަވަހަށް ލުއިވެ،
ފަސޭހަވާގޮތް ވެއެވެ.
ވިޓަމިން ސީ
އަކީ ހަށިގަނޑުގެ އޮނިގަނޑުގެ ސެލޯށިތައް އެއްބައި އަނެއްބަޔާއި ގުޅުވައިދޭ މާއްދާ
ނުވަތަ ޕްރޮޓީން ކަމުގައިވާ ކޮލާޖެން
އުފައްދައި ދިނުމުގައި އެހީވެދީ، އަދި ދަގަނޑުގެބައި ހަށިގަނޑަށް ގިރިބިންކޮށް، ލިބިދިނުމުގައި
އެހީތެރިވެދޭ އެއްޗެއްވެސް މެއެވެ. އެހެންކަމުން ވިޓަމިން ސީ އަކީ ހަށިގަނޑުގެ
ހެދިބޮޑުވުމުގައި ވަރަށް މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ. އަދި ދުވަސްވުމުންނާއި،
މުސްކުޅިވުމުން ދުރުކޮށްދޭ އެއްޗެއް ވެސް މެއެވެ (ސާލިހު އަދި ވަހީދު، 2003،ސާލިހު
އަދި ވަހީދު، 2014).
ވިޓަމިން ސީ
އަކީ ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓް އެކެވެ. އެހެން ކަމުން ނާރު ތަކުގައި
ތަތްވެހަރުވާ ފެޓް ވިރުވާ ސާފުކުރަން މަސައްކަތްކުރާ އެއްޗެއްގެ ގޮތުގައި
ހަރަކާތްތެރި ވެއެވެ. އަދި ލޭގައި ހުންނަ ކޮލެސްޓްރޯލް މަދުކުރުމަށް
އެހީތެރިވެދެއެވެ. އެހެންކަމުން ލޭމައްޗަށްދިއުމާއި، ހިތުގެ ބަލިތަކުން
ރައްކާތެރިވުމަށް، ވިޓަމިން ސީ އަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ވިޓަމިން ސީ
ލިބޭ ތަކެތި ހަކުރުބަލީގެ ގިނައިން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު
ކޮންޓްރޯލް ކުރުމަށް ވެސް ފަސޭހަވެދެއެވެ. ވީމާ ލޭމައްޗަށްދާ މީހުންނަށާއި،
ހަކުރުބަލީގެ މީހުންނަށް، ވިޓަމިން ސީ އަކީ ވަރަށް މުހިއްމު ވިޓަމިނެކެވެ.
ހަންގަނޑުގައި ރޫޖެހުން ލަސްކުރުމާއި، ރޯގާ އިން ރައްކާތެރިވުމަށް ވެސް ވިޓަމިން
ސީ ބޭނުންކުރެއެވެ(ސާލިހު އަދި ވަހީދު، 2003،ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ
އަކީ އެހެން ބަލިތަކުން ދިފާއުކޮށް ދިނުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.
މިރޮނގުގައި މަސައްކަތްކުރަނީ ވިޓަމިން އީ އާއެކުގައެވެ. ވިޓަމިން އީ ހަށިގަނޑު
ޅަހިކުރަން ނުވަތަ ހީނަރުކުރަން އުޅޭ މިނިވަން ލާޗާރުން (ފްރީ ރެޑިކަލްސް)
ދިރުތަކުގެ ތުނާލިން ވަކިކޮށްލައެވެ. މިހެންވުމުން ވިޓަމިން ސީ ހަށިގަނޑުގެ
ދިޔަވަރު ތަކުގެ ތެރެއިން ގޮސް، ވިޓަމިން އީ ވަކިކޮށްލި މިނިވަން ލާޗާރުން
ފަނާކޮށްލައެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ
އަކީ ހަށިގަނޑުގެ އޮނިގަނޑުގެ ސެލޯށިތައް އެއްބައި އަނެއްބަޔާއި ގުޅުވައިދޭ ޕްރޮޓީން
"ކޮލާޖެން"(collagen)އާއި، އެލް ކާރނިޓިން އަދި ސިކުނޑި އާއި ނާރުތަކުގެ
މެދުގައި އެއް ނާރު ސެލް އިން އަނެއް ނާރު ސެލް އަށް މެސެޖު ފޮނުވައިދޭ
ނިއުރޯޓްރާންސްމިޓަރު ތައް އުފައްދައިދިނުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ.
ކޮލާޖެން އަކީ ގުޅުވައިދެނިވި ސެލޯށި ތަކުގައި މުހިއްމު ބައެއް އަދާކުރާ ޕްރޮޓީން
އެކެވެ. އެހެންކަމުން ފާރު ފަސޭހަވުމުގައި ކޮލާޖެން މުހިއްމު ދައުރެއް
އަދާކުރެއެވެ (އެންއައިއެޗް، 2021).
ވިޓަމިން ސީ
އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ހަރުދަނާ ކުރުމުގައި ވެސް ބައިވެރިވާ
ވިޓަމިނެކެވެ. މީގެ އިތުރުން ގަސްގަހާ ގެހިން ލިބޭ ކާބޯތަކެތީގައި ހިމެނޭ
ދަގަނޑުގެ ބައި ނުވަތަ "ނަން ހީމް އަޔަން"(non-heme iron) ހަށިގަނޑަށް
ނެގުން ވެސް ވިޓަމިން ސީ ހަރުދަނާކޮށް ރަނގަޅުކޮށްދެއެވެ(އެންއައިއެޗް، 2021).
ކެއުމަށް
ލަފާދޭ މިންވަރު
ވިޓަމިން
ސީގެ ކެލަމިން (ދުވަހެއްގެ ކެއުމުގައި ލަފާދޭ މިންވަރު) ގެ ކަމަށް ބަލަނީ 13-9
އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކު 45 މިލިގްރާމް، ފިރިހެނުންނަށް 90
މިލިގްރާމް، އަދި އަންހެނުންނަށް 75 މިލިގްރާމް އެވެ. މާބަނޑު ދުވަސްވަކޮޅު
ކުރީކޮޅުގައި މަދުވެގެން ދުވާލަކު އިތުރު35 މިލިގްރާމްގެ ވިޓަމިން ސީ ކާންޖެހޭނެ
އެވެ. ގިނަ ދިރާސާވެރިން ލަފާދެނީ ދުވާލަކު 1000 މިލިގްރާމަށްވުރެ މިވިޓަމިން
ކެއުން މަދު ނުކުރުމަށެވެ (ސާލިހު އަދި ވަހީދު، 2014). ބައެއް މާހިރުން
ދެކޭގޮތުގައި ދުވާލަކު 1500 މިލިގްރާމް ގެ ވިޓަމިން ސީ ވެސް ގިނައެއް ނޫނެވެ. އެއީ
އެއިން ލިބޭ އެހެން ފައިދާތައް ހުރުމުންނެވެ (ސާލިހު އަދި ވަހީދު، 2014).
ފަހުގެ
ހޯދުންތަކުގައި ކެއުމުގައި ވިޓަމިން ސީ ލިބިދޭންޖެހޭ މިންވަރުތައް އުމުރު ފުރާ އަށް ރިއާޔަތްކޮށްގެން
ބަޔާންކޮށްފައިވާގޮތް ތިރީގައި މިވަނީ އެވެ.
އުމުރު |
ފިރިހެން
: mgއިން |
އަންހެން:
mg އިން |
6-0 މަހާއި
ދެމެދު |
40mg |
40mg |
12-7 މަހާއި
ދެމެދު |
50mg |
50mg |
3-1 އަހަރާއި
ދެމެދު |
15mg |
15mg |
8 - 4
އަހަރާއި ދެމެދު |
25mg |
25mg |
13 - 9
އަހަރާއި ދެމެދު |
45mg |
45mg |
18 - 14
އަހަރާއި ދެމެދު |
75mg |
65mg |
19 އަހަރުން
މަތި |
90mg |
75mg |
|
މާބަނޑު
އަންހެނާ |
ގާތުންދޭ
މައިން |
18 - 14
އަހަރާއި ދެމެދު |
80mg |
115mg |
19 އަހަރުން
މަތި |
85mg |
120mg |
ރައްކާތެރި
މިންވަރު
ހަށިގަނޑަށް
ވިޓަމިން ސީ ތަހައްމަލުކުރެވޭ ގިނަ މިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވާލަކު
2000 މިލިގްރާމް އެވެ (ސާލިހު އަދި ވަހީދު، 2014). ހަށިގަނޑުގައި ހުންނަ ޖުމުލަ
ވިޓަމިންސީ އަދަދުގެ ރާޖީ އަކީ 300މިލިގްރާމް އާޢި 2000 މިލިގްރާމް އާއި ދެމެދެވެ.
ހަށިގަނޑުގައި އެންމެ ގިނައިން ވިޓަމިން ސީ ހުންނަނީ ލޭގެ ހުދު ސެލްތައް، ލޯ،
އެޑްރީނަލް ގްލޭންޑް، ޕިޓުއިޓަރީ ގްލޭންޑް އަދި ސިކުނޑީގައެވެ. ނިސްބަތުން
ވިޓަމިން ސީ މަދުން ހުންނަ ތަންތަނުގެ ތެރޭގައި ކުޅު، ލޭގެ ރަތް ސެލްތައް،
ޕްލާޒްމާ އަދި ސެލްތަކުގެ ދެމެދުގައި ދައުރުވާ ދިޔަވަރު ފަދަ ހިސާބުތައް
ހިމެނެއެވެ (އެންއައިއެޗް، 2021).
ވިޓަމިން
ސީ މަދުވުން
ވިޓަމިން ސީ މަދުވުމުން
ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ހިރުގަނޑުން ލޭއައުން، ކެނޑޭ ތަންތަނާއި
ފާރުގަނޑު ފަދަ ތަންތަން ފަސޭހަނުވެ ގިނަ ދުވަސްވުން، އަދި
ކައްޓާއި ސެލޯށިތައް ނިކަމެތިވުން ނުވަތަ ހީނަރުވުން ވެސް ހިމެނެއެވެ. މިފަދަ
ކަންތައްތަކަކީ ފަރުވާނުކޮށް ހުރެއްޖެނަމަ އޭގެ ސަބަބުން ފުރާނައަށް ނުރައްކާ
ވެދާނެ ފަދަ ކަންތައްތަކެވެ.
ވިޓަމިން ސީ
މަދުވުމުން ސްކާރވީ(scurvy) އޭ ކިޔޭ ބަލި ޖެހުން ހިމެނެއެވެ.
އެހެންކަމުން ވިޓަމިން ސީ އަކީ ސްކާރވީ ބަލިޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ.
ސްކާރވީ ޖެހުމުން ދަތްތައް ހިރުގަނޑުން ދޫވެ، ވެރި، ގިނައިން ލޭއައިސް، ހަމުން
ލޭއެރިފައި ހުންނަ ތަންތަންކޮޅު ނޫނީ ތިކިތިކި ފެންނަށްހުރުން، އަދި ހިރުގަނޑު
ދުޅަވެއެވެ. މީގެ އިތުރުން ފާރުގަނޑު ފަސޭހަވުން ލަސްވުން، ބޮލުން އިސްތަށި
ފޭބުން، ވަރުބަލިވުމާއި، ވާޅުކަން، އަދި ގުޅުވައިދެނިވި ސެލޯށިތަކުގެ ބާރުދަށްވުން
އަދި ހިމަ ލޯލި ލޭހޮޅިތައް ދެރަވެ، ލޭހިލުން ހިމެނެއެވެ (އެންއައިއެޗް، 2021).
މިއީ ކުރިން ވަރަށް އާންމު ބައްޔެއް ނަމަވެސް މޭވާއާއި ތަރުކާރީ ހެއްދުން
އިތުރުވެ، ފުޅި ނުވަތަ ޕެކެޓްގައި ހުންނަ ޖޫސް ފަސޭހައިން ލިބެން ހުރުމުން މިހާރު
ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ (ސާލިހު އަދި ވަހީދު، 2014).
ވިޓަމިން ސީ
މަދުވުމުގެ ހިރާސް އިތުރު ފަރާތްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ
މީހުން، މަސްތުވާ ތަކެތި ބޭނުންކުރާ މީހުން، އުމުރުން ދުވަސްވީ މީހުން، ބަނގުރާ
ބޯމީހުން، ރޯގެރިކިރު ކައްކައިގެން ދޭ ކުޑަކުދިން، އަދި ވިޓަމިން ސީ ހަށިގަނޑަށް
ނެގުމަށް ހުރަސް އަޅާ ބަލިތައް ހުންނަ މީހުން ފަދަ ފަރާތްތައް ހިމެނެއެވެ
(އެންއައިއެޗް، 2021).
ވިޓަމިން
ސީ ގިނަވުން
ވިޓަމިން ސީ
މާގިނައިން ބޭނުންކުރެވުމުން (ދުވާލަކު 6000 މިލިގްރާމް) ގުރުދާގެ ބަލިތައް ހުންނަ
މީހުންގެ ގުރުދާގައި ހިލަ އުފެދޭގޮތް ދިމާވެއެވެ. އަދި ހަށިގަނޑުގައި ކޮޕަރ
މަދުކޮށްލައެވެ. އަދި މާގިނައިން ވިޓަމިން ސީ ބޭނުންކޮށްގެން ހުރެ ލޭގެ ޓެސްޓެއް
ނޫނީ، ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހަދައިފިނަމަ، ނަތީޖާ ދައްކާގޮތް ތަފާތު
ވެއެވެ. ވިޓަމިން ސީ ގިނަވުމުން މޫންދުރަ(ފަހަރުވާ) ގެ ވަސް ގަދަވުން، ބަނޑުގައި
ވައިހެދުން، މޭނުބައިކުރުން އަދި އަނގަފާރުވުން ފަދަ ކަންތައްތައް ކުރިމަތި
ވެއެވެ.
ވިޓަމިން ސީ
މާގިނައިން ބޭނުންކުރުމަކީ ކުޑަކަމުދާ ތަކެއްޗާއެކު އޮކްސަލިކް އެސިޑް އަދި ޔޫރިކް
އެސިޑް ބޭރުވުމުން އިތުރުކުރާ ކަމެކެވެ. އޮކްސަލިކް އެސިޑް އަދި ޔޫރިކް އެސިޑް
އަކީ ގުރުދާގައި ހިލަ އުފެދުމަށް މަގުފަހިކުރާ މާއްދާ ތަކެކެވެ. ޚާއްޞަކޮށް
ގުރުދާގައި މައްސަލަ ހުންނަ މީހުންނަށް ވިޓަމިން ސީ ބޭނުންކުރުން އިތުރުވުމުގެ
ސަބަބުން މިގޮތަށް ހިލަ އުފެދުމުގެ ހިރާސް އިތުރެވެ(އެންއައިއެޗް، 2021).
މިފުރުޞަތު އެންމެ ބޮޑުކަމަށް ފާހަގަކުރެވެނީ ކުރިން މޫންދުރަ އާއެކު އޮކްސަލިކް
އެސިޑް ބޭރުވަމުން އައި ފަރާތްތަކަށް، އެފަރާތްތަކުން ވިޓަމިން ސީ ނެގުން
އިތުރުކޮށްފިނަމަ، ގުރުދާގައި ހިފަ އުފެދުމުގެ ހިރާސް އެފަދަ ފަރާތްތަކަށް
އިތުރުވެގެންދާ ކަމެވެ(އެންއައިއެޗް، 2021).
ހެރެޑިޓަރީ
ހީމޯކްރޯމަޓޯސިސް ފަދަ ޞިއްހީ މައްސަލަ ހުންނަ މީހުންނަށް މާގިނައިން ވިޓަމިން ސީ
ބޭނުންކުރުމުން ހަށިގަނޑަށް ދަގަނޑު ނެގުން އިތުރުވެ، ދަގަނޑު ހަށިގަނޑުގައި
ޖަމާވެ، އެކަމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ގެއްލުން ލިބުމަކީ
ގާތް ކަމެކެވެ (އެންއައިއެޗް، 2021).
ނޯޓް
: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި
ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު
މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ
އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން
ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.
މައުލޫމާތު
:
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު
·
އަހުމަދު
ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟
ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު
·
http://www.cdc.gov/immpact/micronutrients
·
https://ods.od.nih.gov/factsheets/VitaminC-HealthProfessional/
No comments:
Post a Comment