Tuesday, September 13, 2011

އަނޯނާ

އަނޯނާ
އަނޯނާ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. އަނޯނާ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ވެސް ބޭރުތޮށި ފެހިކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ. އަނޯނާ އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި އެތަކެއް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.
ދިވެހި ނަން : އަނޯނާ
އިގިރޭސި ނަން : Soursop
ޢިލްމީ ނަން : Annona Muricata/ Annona Graviola
އަނޯނާގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
75 ކިލޯކެލަރީ
ސޯޑިއަމް
7 މިލިގްރާމް
ކާބޯހައިޑްރޭޓް
17.71 ގްރާމް
ޕޮޓޭސިއަމް
287 މިލިގްރާމް
ޕްރޮޓީން
1.57 ގްރާމް
މަޢުދަންތައް
ފެޓް
0.68 ގްރާމް
ކެލްސިއަމް
10 މިލިގްރާމް
ފައިބަރު
3 ގްރާމް
ކޮޕަރ
0.069 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.27 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯ ގްރާމް
މެގްނީޒިއަމް
17 މިލިގްރާމް
ނިއެސިން
0.644 މިލިގްރާމް
މެންގަނީޒް
0.093 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.345 މިލިގްރާމް
ފޮސްފަރަސް
26 މިލިގްރާމް
ޕައިރިޑޮކްސިން
0.257 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.131 މިލިގްރާމް
ޒިންކް
0.16 މިލިގްރާމް
ތިއެމިން
0.101 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
51 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
12.6 މިލިގްރާމް
ކެރޮޓީން ބީޓާ
2 މައިކްރޯ ގްރާމް
ވިޓަމިން އީ
0.27 މިލިގްރާމް
ކްރިޕްޓޯ ޒެންތިން ބީ
1 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
6 މައިކްރޯ ގްރާމް


ލައިކޯޕީން
0 މައިކްރޯ ގްރާމް
ނޯޓް: ދަނޑިގަޑު އަތަ، ދިވެހި އަތަ، އަނޯނާ ނިސްބަތްވަނީ އެއްއާއިލާ އަކަށެވެ. އެހެންކަމުން މިއިން ކޮންމެ މޭވާއަކުން ކާނާގެ ބައިތައް ފޯރުކޮށްދެނީ  ދާދި އެއްވަރަކަށެވެ.






















އަނޯނާ އިން ލިބޭ ޞިއްޙީ ފައިދާތައް
·         ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ރައްކާތެރިކޮށްދިނުން : އަނޯނާ އަކީ ވިޓަމިން ސީ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. ވިޓަމިން ސީ ގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ އެސިޑްގެ މިންވަރު މަތިކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ގެއްލުންދެނިވި ބެކްޓީރިޔާ ތަކުގެ މިންވަރު ދަށްކުރެއެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ދިފާޢީ ބާރުގަދަކޮށްދޭ މާއްދާ އެކެވެ. އަދި އެންޓި އޮކްސިޑެންޓަކަށް ވިޓަމިން ސީ ވުމުން ނުރައްކާތެރި ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދީ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ކުޑަކުރެއެވެ.
-          އަނޯނާ ޖޫސް ދުވާލަކު 2 ފަހަރު ބޭނުންކުރުމަކީ ވެސް، ފުރަމޭ އާއި ގުރުދާގެ މައްސަލަތައް ހައްލުކޮށްދޭ ކަމެކެވެ. އެގޮތުން ހީސްހޮޅީގައި ޖަރާސީމް އެޅުން، އަދި ކުޑަކަމުދާ ތަކެތީގައި ލޭހުރުމުގެ މައްސަލައަށް ލުއިކަން އަނޯނާ ޖޫސް ބޭނުންކުރުމުން ލިބޭކަމަށް ވެއެވެ.
·         ބަނޑުހިކުން : އަނޯނާ އަކީ ފައިބަރުން މުއްސަދި މޭވާއަކަށްވުމުން، އޭގެ ސަބަބުން، ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑުހިކުން ދުރުކޮށް، ބަނޑު ފަސޭހަކޮށްދީ، ފަސޭހައިން ބޮޑުކަމުދެވޭގޮތް ވެއެވެ. އަދި ފައިބަރު ބޭނުންކުރުމަކީ ބަނޑު ސާފުކުރުމުގެ އިތުރުން، ގޮހޮރުގެ މައްސަލަތަކަށް ވެސް ލުއިކަން ގެނެސްދޭ ކަމެކެވެ.
·         ފައި މަސްގުޅަކައި، ވާޅުވުން ކުޑަކުރުން : އަނޯނާގައި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް، ކެލްސިއަމް، މެގްނީޒިއަމް، އަދި ސޯޑިއަމް ހަށިގަނޑުގައި މަދުވުމަކީ، ހަށިގަނޑުގެ މަސްތައް ވާޅުވެ، ގުޅަކައި، ނިކަމެތިވާ ކަމެކެވެ.
·         ހަށިގަނޑުގައި ފެންހަރުލުން ކުޑަކުރުން : މައްސަރުކަންތައް ޖެހުމުގެ ކުރިން ހަށިގަނޑުގައި ފެންހަރުލުން މެދުވެރިވާ އަންހެނުންނަށް އަނޯނާގައި ހިމެނޭ މެގްނީޒިއަމްގެ ސަބަބުން، މަންފާ ލިބެއެވެ. އެއީ މެގްނީޒިއަމްގެ ސަބަބުން، މިބުނި މައްސަލައަށް ލުއިކަން ގެނެސްދޭތީ އިެވެ.
·         ހަށިގަނޑުގައި ހަކަތަ އުފެއްދުމަށް އެހީތެރިވުން : ވަރުބަލިކަން އިހްސާސް ވާނަމަ އަނޯނާއެއް ބޭނުންކުރާށެވެ. "އެއިރޯބިކް އެނާރޖީ ޕްރޮޑަކްޝަން" އަށް ބޭނުންވާ ތިއެމިން އަނޯނާގައި ހުރެއެވެ. މިއީ ހަކުރު ހަކަތައަށް ބަދަލުކުރުމަށް، އެހީތެރިވާ މާއްދާ އެކެވެ.  
·         ކަށިތައް ވަރުގަދަކުރުން : އަނޯނާގައި ކެލްސިއަމް، ފޮސްފަރަސް، ކޮޕަރ، މެގްނީޒިއަމް، މެންގަނީޒް، އަދި ޒިންކް ހުރެއެވެ. މިހުރިހާ މާއްދާތަކަކީ ވެސް ކަށި ވަރުގަދަކޮށް، ރަގަޅަށް ބެހެއްޓުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. ޒިންކް އަދި ކޮޕަރ އަކީ ކެލްސިއަމް ހަށިގަނޑަށް ނެގުމަށް ވާގިވެރިވާ، ވިޓަމިން ޑީ ގެ މަސައްކަތް ހަލުވިކޮށްދޭ މާއްދާ ތަކެކެވެ. އެހެންކަމުން އަނޯނާ ބޭނުންކުރާނަމަ އުމުރުން ދުވަސްވުމުން ދިމާވާ ކަށިފީވުމުގެ މައްސަލަ މެދުވެރިވުން ކުޑަވާނެއެވެ.
·         ހަށިގަނޑުގައި ރަގަޅު ސަރުބީގެ މިންވަރު މަތިކުރުން : ހަށިގަނޑުގެ ސަރުބީގެ މިންވަރާއި މެދު ހިތްހަމަ ނުޖެހޭނަމަ، އަނޯނާއެއް ކާށެވެ. ދިރާސާތަކުން ދައްކާގޮތުގައި، އަނޯނާގައި ހިމެނޭ ނިއެސިން އަކީ ރަގަޅު ކޮލެސްޓްރޯލް ގެ މިންވަރު ހަށިގަނޑުގައި އިތުރުކޮށްދޭ މާއްދާ އެކެވެ.
·         މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތައް ކުޑަކުރުން : އަނޯނާގައި ފޮލިކް އެސިޑް ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް ބޭނުންކުރުމަކީ މާބަނޑު ދުވަސްވަރު މާބަނޑު އަންހެނާއަށް ދިމާވާ ތަފާތު ނުރައްކާތައް ކުޑަކޮށްދޭ ކަމެކެވެ. ފޮލިކް އެސިޑް މަދުވުމަކީ ބައިގެންދިއުން މެދުވެރިކޮށް، ލިބޭ ތުއްތު ދަރިފުޅުގެ ހަށިގަނޑު ޢައިބު އުފެދެން ދިމާވާ ކަމެކެވެ.
·         ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : އަނޯނާގައި ދަގަނޑު ހުރެއެވެ. ދަގަނޑު މަދުވުމަކީ ލޭގެ ރަތް ސެލްތަކުގެ މިންވަރު ދަށްވެ، ލޭމަދުވުން މެދުވެރިވާނެ ކަމެކެވެ. ހަށިގަނޑުގެ ހުރިހާ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދެނީ ލޭގައި ހިމެނޭ ރަތް ސެލްތަކުގެ އެހީގައެވެ.
·         ބޮލުގެ އެއްފަޅީގައި ރިހުން : އަނޯނާގައި ރައިބޯފްލެވިން ހުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ރައިބޯފްލެވިން ހުންނަ ކާނާ ބޭނުންކުރުމަކީ ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންނަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.
·         ކެންސަރުން ރައްކާތެރިވުން : އަނޯނާ ބޭނުންކުރުމަކީ ކެންސަރާއި ގުޅިގެން އުފެދެމުންދާ ސެލްތައް މަރާލާ ކަމެއްކަމަށް ބުނެއެވެ. ބައެއް ކެންސަރުގެ ސެލްތައް "ކީމޯތެރަޕީ" ގެ ފަރުވާއަށް ނުގުޑާތީ، ކީމޯތެރަޕީ ބޭނުންކުރުމަށް ވުރެވެސް އަނޯނާ ބޭނުންކުރުން ރަގަޅުކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޖަނަވާރު ބޭނުންކޮށްގެން ހެދިފައިވާ، ބައެއް ލެބޯޓްރީ ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި، "ގްރެވިއޯލާ އެކްސްޓްރެކްޓް" އަކީ ކީމޯތެރަޕީ އަށް ނުގުޑާ، އުރަމަތީ ކެންސަރުގެ ސެލްތަކާއި، ފުރަމޭގެ ކެންސަރުގެ ސެލްތައް މަރާލާ އެއްޗެކެވެ. ނަމަވެސް މިފަދަ ދިރާސާއެއް އިންސާނުންނަށް އަމާޒުކޮށްގެން ހެދިފައިނުވާތީ، އަނޯނާ ބޭނުންކުރުމުން ކެންސަރަށް ފަރުވާ ލިބޭކަމަށް އަދި ޔަގީންކަމާއެކު ހޯދިފައެއް ނެތެވެ.
-          ނަމަވެސް، ބައެއް ފަރާތްތަކުން ބުނާގޮތުގައި، އަނޯނާ ފަތަކީ ކެންސަރަށް ތަބީޢީ ގޮތުން ފަރުވާކުރުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަނޯނާ ގަހުގެ ފަތުގެ ސަބަބުން ކެންސަރުގެ ސެލްތައް މަރާލުމާއެކު، ހަށިގަނޑުގައި ހިމެނޭ ރަގަޅު ސެލްތައް ހެދިބޮޑުވުމަށް ބާރުއަޅައި، ކެންސަރުގެ ފަރުވާގައި ދެވޭ ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ބޮލުން އިސްތަށިފޭބުމާއި، މޭނުބައިކުރުމުގެ އުދަނގޫ ކުޑަކޮށްދެއެވެ.
-          އަނޯނާގައި ބާރުގަދަ އެންޓި އޮކްސިޑެންޓް ވިޓަމިން ސީ ހުރެއެވެ. މިއީ ނުރައްކާތެރި ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދީ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ކުޑަކުރެއެވެ.
-          ދެކުނު ކޮރެޔާގެ ކެތޮލިކް ޔުނިވަސިޓީ އިން ހަދާފައިވާ ދިރާސާއެއް ބުނާގޮތުން އަނޯނާގައި ހުންނަ ބައެއް ކެމިކަލްތަކަކީ ގޮހޮރުގެ ކެންސަރުގެ ސެލްތައް މަރާލުމުގައި ކީމޯތެރަޕީގައި ބޭނުންކުރާ "އެޑްރިއެމިސިން" އަށްވުރެ ވެސް ރަގަޅު އެއްޗެކެވެ. ކީމޯތެރަޕީގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ކެންސަރު ސެލްތައް މަރާލުމާއެކު، ރަގަޅު ސެލްތަކަށް ވެސް ގެއްލުން ވެއެވެ. ނަމަވެސް އަނޯނާފަދަ އެއްޗެއް ބޭނުންކުރުމުން ހަމައެކަނި ގެއްލުން ލިބެނީ ކެންސަރުގެ ސެލްތަކަށެވެ.
·         އުނަގަނޑުގައި ރިހުން ކުޑަކުރުން : އަނޯނާ ފަތުން ސައި ހަދައިގެން ބުއިމަކީ އުނަގަނޑުގައި ހުންނަ ރިހުން ކުޑަކޮށްދޭ ކަމެކެވެ. އެގޮތުން ދުވާލަކު އަނޯނާ ފަތުގެ ސައި ތައްޓެއް ބުއިމަކީ އުނަގަނޑު ހިމެނޭ ހިސާބުގެ މަސްތަކުގައި އުފެދޭ ވާންވުންތަކާއި، ގުޅަކެއުންތައް، އަދި ދުޅަވުންތައް ތިރިކޮށްދީ، އެކަންކަމަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.
·         ހަމުގެ މައްސަލަތައް : އަނޯނާ ފަތް ފިނިފެނުގައި ޗިސްކޮށްފައި، މޫނުގައި ހުންނަ އޮށާޅަ، އަދި ބިހިތަކުގައި އުގުޅުމަކީ އޮށާޅަނެގުން ކުޑަކޮށްދީ، މޫނު ސާފުކޮށް، ހަމުގެ މައްސަލަތައް ކުޑަކޮށްދޭ ކަމެކެވެ. ގައިގައި ހުންނަ ފާރުގަނޑުގައި އަނޯނާގެ އެތެރޭގައި އޮންނަ ކާންބޭނުންކުރާ ބައި އުގުޅުމުން ފާރުގަނޑު އަވަހަށް ފަސޭހަވާކަމަށް ވެއެވެ. އަދި އަނގަފާރާއި، ހަމުގައި އިންފްލެމޭޝަން އުފެދުމުގެ ތަފާތު ޙާލަތްތަކުގައި ވެސް އަނޯނާގެ އެހީ ހޯދިދާނެއެވެ.
·         ހިތުގެ ދުޅަހެޔޮކަން : އަނޯނާ އަކީ ސޯޑިއަމް މަދު، ސަރުބީ، އަދި ތެޔޮ ނުހުންނަ މޭވާ އެކެވެ. އަދި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. މިއީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކަންކަމެވެ. މީގެ އިތުރުން އަނޯނާގައި ނިއެސިން ހުރެއެވެ. ނިއެސިން އަކީ ހަށިގަނޑުގައި ރަގަޅު ސަރުބީގެ މިންވަރު މަތިކުރާ މާއްދާ އެކެވެ.
·         އެހެނިހެން ކަންތައްތައް :-
o       އަނޯނާ މަލަކީ ކަރާއި، ނޭފަތާއި، ސައިނަސްގެ މައްސަލަތަކަށް ލުއިކަން ގެނެސްދޭ އެއްޗެކެވެ. ރޯގާ ޖެހުމުން ބޭރުވާ އަރިދަފުސް އައުން ހުއްޓުވައި، ނޭފަތާއި ކަރުތެރެ ހިރުވުން ކުޑަކޮށް ދެއެވެ.
o       އަނޯނާ ފަތް ޗިސްކޮށްފައި ބޮލުގައި އުގުޅުމަކީ ބޮލުގައި ހުންނަ އުކުނުތައް މަރުވާ ކަމެކެވެ. އަދި ތައްމަކުނުތައް ވެސް މަރާލާ ކަމެކެވެ.
o       ކެއްސުން، ބޭރަށްހިންގުން، ހަޖަމުގޯސްވުން، އަދި ހުމަށް ފަރުވާކުރުމަށް ވެސް އަނޯނާގެ ބޭނުން ހިފައެވެ.
ނޯޓް : ދިވެހި އަތަ އާއި، ދަނޑިގަޑު އަތަ އަދި އަނޯނާ އަކީ ވެސް އަނޯނާ އާއިލާއަށް ނިސްބަތްވާ މޭވާތަކަށް ވުމުން އެމޭވާ ތަކުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ. އަދި މި3 ބާވަތުގެ މޭވާ އަކީ ވެސް ޞިއްޙީ ގޮތުން ދާދި އެއްފައިދާ ތަކެއް ގެނެސްދޭ މޭވާތަކެއް ކަން ހަދާން ބެހެއްޓުން މުހިއްމެވެ.
މަޢުލޫމާތު:-

Monday, September 12, 2011

އެޕްރިކޮޓް

އެޕްރިކޮޓް 
އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ.  މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ އެޕްރިކޮޓް ބޭނުންކުރުމަށްފަހު، ދަތްޕިލަ ރަގަޅަށް ސާފުކުރުމަކީ މުހިއްމު ކަމެކެވެ.  
ދިވެހި ނަން : އެޕްރިކޮޓް
އިގިރޭސި ނަން : Apricot
ޢިލްމީ ނަން : Prunus Armeniaca
އެޕްރިކޮޓްގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
50 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
11 ގްރާމް
ޕޮޓޭސިއަމް
259 މިލިގްރާމް
ޕްރޮޓީން
1.4  ގްރާމް
މަޢުދަންތައް
ފެޓް
0.12 ގްރާމް
ކެލްސިއަމް
13 މިލިގްރާމް
ފައިބަރު
0.4 ގްރާމް
ކޮޕަރ
0 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.39 މިލިގްރާމް
ފޮލިކް އެސިޑް
9 މައިކްރޯ ގްރާމް
މެގްނީޒިއަމް
10 މިލިގްރާމް
ނިއެސިން
0.600 މިލިގްރާމް
މެންގަނީޒް
0.077 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.240 މިލިގްރާމް
ފޮސްފަރަސް
23 މިލިގްރާމް
ޕައިރިޑޮކްސިން
0.054 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.040 މިލިގްރާމް
ޒިންކް
0.2 މިލިގްރާމް
ތިއެމިން
0.030 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
1926 އައިޔޫ
ކެރޮޓީން އޭ
19 މައިކްރޯ ގްރާމް
ވިޓަމިން ސީ
10 މިލިގްރާމް
ކެރޮޓީން ބީ
1094މައިކްރޯ ގްރާމް
ވިޓަމިން އީ
0 މިލިގްރާމް
ކްރިޕްޓޯޒެންތިން ބީ
104 މައިކްރޯ ގްރާމް
ވިޓަމިން ކޭ
3.3 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
89 މައިކްރޯ ގްރާމް


ލައިކޮޕީން
0 މައިކްރޯ ގްރާމް































އެޕްރިކޮޓުން ލިބޭ ޞިއްޙީ ފައިދާތައް
      ބަނޑުހިކުމަށް ފަރުވާކުރުން : އެޕްރިކޮޓް ގައި "ސެލިއުލޯސް"(Cellulose) އަދި "ޕެކްޓިން"(Pectin)  އެކުލެވޭތީ މިއީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށް ވެއެވެ. ބަނޑުހިކިފައިވާ މީހަކު ދުވާލަކު 8-6 ވަރަކަށް އެޕްރިކޮޓް ބޭނުންކުރާނަމަ، ބަނޑުހިކުމުގެ މައްސަލަ ހައްލުވެގެންދާގޮތް ވެއެވެ. ސެލިއުލޯސް އަކީ ގޮހޮރުގެ ހަރަކާތް އަވަސް ކުރުމަށް އެހީތެރިވެދޭ މާއްދާ އަކަށްވާއިރު، ޕެކްޓިން އަކީ ގޮޮހޮރުގެ ތެރޭގައި ފެންހަރުލައި ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން އެޕްރިކޮޓްގައި ޑައެޓްރީ ފައިބަރު ހުރުމަކީ ވެސް ބަނޑުހިކުން ފަސޭހަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ހަޖަމުކުރާ ނިޒާމަށް ދިމާވާ މައްސަލައެއް ކަމުގައިވާ "ޑައިވާޓިކިޔުލައިޓިސް"(Diverticulitis)  އަދި މައިދާގެ ކެންސަރުން ރައްކާތެރިވުމަށް ވެސް ފައިބަރަކީ ބޭނުންތެރި މާއްދާ އެކެވެ.
    ހަޖަމުކުރުމަށް ފަސޭހަވުން : އެޕްރިކޮޓް ބޭނުންކުރުމަކީ ހަށިގަނޑުގައި "އަލްކަލައިން ރިއެކްޝަން" އުފައްދާ ކަމެއްކަމަށް ވުމުން ކެއުމުގެ ކުރިން ދެތިން އެޕްރިކޮޓް ބޭނުންކުރުމުން، އޭގެ ފަހުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. މިދެންނެވި އަލްކަލައިން ރިއެކްޝަންގެ ސަބަބުން އެސިޑްތައް ނިއުޓްރަލައިޒް ވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ކާތަކެތި ފަސޭހައިން ހަޖަމުވެގެން ދެއެވެ. އަދި ކެއުމުގެ ކުރިން މާގިނައިން އެޕްރިކޮޓް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ އެކަމުގެ ސަބަބުން އަސްލު ކާވަގުތުގައި ކެއުމަށް ތައްޔާރުކުރެވިފައި ހުރިތަކެތި ރަގަޅަށް ނުކެވިދާނެތީ އެވެ.
      ލޭމަދުވުން : ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުން އެޕްރިކޮޓް ބޭނުންކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ. ސަބަބަކީ އެޕްރިކޮޓްގައި ދަގަނޑުގެ ބައި ގިނަ އަދަދަކަށް ހުންނާތީ އެވެ. ޚާއްޞަކޮށް ހިއްކާފައި ހުންނަ އެޕްރިކޮޓް ގައި ދަގަނޑުގެ ބައި އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި އެޕްރިކޮޓްގައި ކޮޕަރ މަދުން ހިމެނިފައި، ހުރުމަކީ ދަގަނޑު ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ ކަމެކެވެ. ދިގުމުއްދަތަކަށް އެކަށޭނަ މިންވަރަކަށް އެޕްރިކޮޓް ބޭނުންކުރުމަކީ، ލޭގައި ހިމޮގްލޯބިން އުފެއްދުން އިތުރުވެގެންދާނެ ކަމެކެވެ. މިސަބަބާހުރެ، މައްސަރު ކަންތައް ޖެހުމުން އާދަޔާ ޚިލާފަށް ގިނައިން ލޭފައިބާ އަންހެނުން، މައްސަރުކަންތަކުގެ ތެރޭގަޔާއި އޭގެ ފަހުން، އެޕްރިކޮޓް ބޭނުންކުރުމަކީ ވަރަށް ރަގަޅު ކަމެކެވެ.
         ހުންތިރިކުރުން : ހުންއައުން ކުރިމަތިވެއްޖެނަމަ، އެޕްރިކޮޓް ފަންޏާއި، ގުލްކޯޒު ނުވަތަ މާމުއި އެއްކޮށްގެން ބޭނުންކުރުމުން، ހަށިގަނޑުގެ ހޫނުމިން ދަށްވެ ތިރިވާގޮތް ވެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ހަށިގަނޑަށް ބޭނުންވެފައި އިތުރުވާ ބައި، ހަށިގަނޑުން ބޭރުކޮށް ދެއެވެ. އަދި މިއީ މިމޭވާގައި ހިމެނޭ ތަފާތު މަޢުދަންތަކާއި، ވިޓަމިންތަކުގެ ސަބަބުން، ހިތާއި، ނާރުތަކާއި، ފުރަމޭގެ މަސައްކަތަށް ދިރުން ގެނެސްދޭ މޭވާ އެކެވެ.
        ހަމުގެ ބަލިތައް : އެޕްރިކޮޓް ގަހުގެ ފަތަކީ ހަމުގެ ބައެއް ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވުނު އެއްޗެކެވެ. އެގޮތުން އަވިން ފިހުން، ކަސްއެޅުން، ފިނީގެ ސަބަބުން ގައިކަހައި ހިރުވުން، އަދި އެކްޒީމާ ފަދަ ހަމުގެ ބަލިތަކަށް މިގަހުގެ ފަތުން ފަރުވާ ކުރެވިފައި ވެއެވެ. މީގެ އިތުރުން އެޕްރިކޮޓް ގައި މަތީ މިންވަރަކަށް ވިޓަމިން އޭ ހުރުމަކީ ވެސް ހަމުގައި ނަގާބިހިތައް ސާފުކޮށް،އޮށާޅަނެގުން ކުޑަކޮށްދީ، ހަމުގެ މައްސަލަތަކަށް އެޕްރިކޮޓް ބޭނުންކުރުމުން ލުއިކަން ގެނެސްދޭ ސަބަބެކެވެ. މިސަބަބާހުރެ  މޫނު ދޮންނަށް ބޭނުންކުރާ ވަރަށް ގިނަ ފޭޝަލް ސްކްރަބް ތަކުގައި އެޕްރިކޮޓް ހިމަނާފައި ހުރެއެވެ.
      ލޮލުގެ މައްސަލަތައް : އެޕްރިކޮޓްގައި ވިޓަމިން އޭ މަތީ މިންވަރަކަށް ހުރެއެވެ. ވިޓަމިން އޭ އަކީ ފްރީ ރެޑިކަލް އިން ހަށިގަނޑަށް ލިބޭ ގެއްލުމުން މިންޖުކޮށްދޭ، ބާރުގަދަ އެންޓި-އޮކްސިޑެންޓެކެވެ. ފްރީ ރެޑިކަލްތަކުގެ ސަބަބުން ލޮލަށް ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި، "މެކިޔުލަރ ޑިޖެނެރޭޝަން"(Macular Degeneration)  ލޯފުސްވުން، އަދި ލޮލުގެ ހިސާބުތަކަށް ލޭފޯރުކޮށްދިނުން ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން ވިޓަމިން އޭ ހިމެނޭ ކާނާ ބޭނުންކުރުމުން ބަޔާންކުރެވުނު ކަންކަމުން ރައްކާތެރިވެ ހުރުމަށް އެހީއަކަށް ވެއެވެ.  
      ލައިކޯޕީން : އެޕްރިކޮޓްގައި ލައިކޯޕީން އެކުލެވިގެން ވެއެވެ. މިއީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ހަށިގަނޑުގައި ސަރުބީ އިތުރުވުން ފަދަ މައްސަލަތަކުން މިންޖުވެ، ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އަދި މިއީ ގޮހޮރުގައި ހުންނަ ފަނިތައް މަރާލުމުގެ ބާރު ލިބިފައިވާ މޭވާއެއް ވެސް މެއެވެ. މީގެ އިތުރުން ފިތުގައި އުފެދޭ ހިލަ ވިރުވައި ބޭރުކުރުމުގައި ވެސް އެޕްރިކޮޓް ބޭނުން ހިފިދާނެ ކަމަށް ބުނެވެއެވެ.
     ތަފާތު މަޢުދަންތައް : އެޕްރިކޮޓް ގައި ވަރަށް ގިނަ ވައްތަރުގެ މަޢުދަންތައް ހުރެއެވެ. މިކަމުގެ ސަބަބުން ލޭމަދުވުން، ލޭވިހަވުން، ކެއްސުންބަލި، ނޭވާހިއްލުން، ވައިނޮޅި ދުޅަވުން، ފަދަ ބަލިތަކަށް ފަރުވާ ކުރުމުގައި އެހީއަކަށް ވެއެވެ. އަދި މިކަމުގެ ސަބަބުން، އަޑުފޮށި، އަރުތެރެ، ކާތަކެތި ހިނގާހޮޅި، އަދި ފުއްޕާމޭގެ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރެއެވެ.
       އެޕްރިކޮޓްގެ މަދު : އެޕްރިކޮޓްގެ އޮށުގެ ތެރޭގައި އޮންނަ މަދަކީ ޕްރޮޓީން އާއި ފެޓް ވަރަށް ގިނައިން ހުންނަ އެއްޗެކެވެ. އަދި މީގައި "ވިޓަމިންބީ17" (Laetrile)ވެސް ހުރެއެވެ. ގަވާޢިދުން ކޮންމެ ދުވަހަކު އެޕްރިކޮޓްގެ މަދު ކެއުމަކީ ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ބައެއް ލިޔުންތަކުގައި ބުނެފައި ވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ވިޓަމިންބީ17ގެ މަތީ ޑޯޒެއް ނުވަތަ ގިނަ މިންވަރެއް ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ މީހުންނަށް "ލައެޓްރައިލް ކެންސަރ ތެރަޕީ"(Laetrile Cancer Therapy) ދިނުމުން އެމީހުންގެ ހަށިގަނޑުގައި ކެންސަރުގެ ސަބަބުން އުފެދިފައިވާ ޓިއުމަރު ނުވަތަ ގަނޑު ހިނދިގެން ގޮސްފައި ވެއެވެ. ނަމަވެސް މާގިނައިން ބޭނުންކޮށްފިނަމަ އޭގައި ހިމެނޭ ހައިޑްރޯޖަން ސައިނައިޑް(Hydrogen Cyanide)  ކިޔާ މާއްދާއެއްގެ ސަބަބުން ވިހަވުމުގެ ފުރުޞަތު އޮންނަ ކަމަށް ބުނެއެވެ. އެހެންކަމުން މީގެ މަދު ބޭނުންކުރުމުގައި ފަރުވާތެރިވާންޖެހެއެވެ. އަދި މަދު ރޯސްކޮށްގެން ނުވަތަ ހަނާކޮށްގެން ބޭނުންކުރުމުން އޭގައި ހިމެނޭ ހައިޑްރޯޖަން ސައިނައިޑް ހަލާކުވެ ނެތިދާ ކަމަށް ވެއެވެ.
މަޢުލޫމާތު:-