Monday, December 23, 2013

ދަނޑި އަލުވި ފަތް

ދަނޑި އަލުވި ފަތް
ދަނޑި އަލުވި ފަތަކީ ކެއުމުގައި ބޭނުންކުރާ ފަތުގެ ބާވަތެކެވެ.    
ދިވެހި ނަން : ދަނޑި އަލުވި ފަތް
އިގިރޭސި ނަން :  Cassava leaves
ޢިލްމީ ނަން : -
ދަނޑި އަލުވި ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
91 ކިލޯ ކެލަރީ
ސޯޑިއަމް
51 މިލިގްރާމް
ކާބޯހައިޑްރޭޓް
18.3 - 7 ގްރާމް
ޕޮޓޭސިއަމް
0.35 މިލިގްރާމް
ޕްރޮޓީން
10 – 1 ގްރާމް
މަޢުދަންތައް
ފެޓް
2.9 – 0.2 ގްރާމް
ކެލްސިއަމް
708- 34 މިލިގްރާމް
ފައިބަރު
10 – 0.5 ގްރާމް
ކޮޕަރ
3 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
8.3- 0.4 މިލިގްރާމް
ނިއެސިން
2.8 – 1.3 މިލިގްރާމް
މެގްނީޒިއަމް
0.12 މިލިގްރާމް
ރައިބޯފްލެވިން
0.74–0.21 މިލިގްރާމް
މެންގަނީޒް
72 މިލިގްރާމް
ތިއެމިން
0.3– 0.06 މިލިގްރާމް
ފޮސްފަރަސް
-     211- 27 މިލިގްރާމް
ވިޓަމިން އޭ
11800– 8300 އައިޔޫ
ސިލެނިއަމް
-
ވިޓަމިން ސީ
370- 60 މިލިގްރާމް
ޒިންކް
71 މިލިގްރާމް


















ދަނޑި އަލުވި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ޅަކޮށް ހުންނަ ދަނޑި އަލުވި ފަތަކީ ޕްރޮޓީން އަދި ވިޓަމިންކޭ ގެ ރަގަޅު މަޞްދަރެކެވެ. ވިޓަމިން ކޭ އަކީ ކަށިތައް އުފެދި، ހެދިބޮޑުވުމާ، އަދި އަލްޒައިމާ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުންކުރެވިދާނެ ވިޓަމިނެކެވެ.
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނަށް ދަނޑި އަލުވި ފަތަކީ ބޭނުންކުރެވިދާނެ ބާވަތެކެވެ. ސަބަބަކީ ދަނޑި އަލުވި ފަތުގައި ހަކަތަ އެކުލެވިގެންވަނީ ވަރަށް މަދު މިންވަރަކަށް ކަމަށްވާތީ އެވެ. ހަމަމިއާއެކު ދަނޑި އަލުވި ފަތް ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ކުރެވޭނެ އެވެ.
ބަނޑުހަރުވުން ކުރިމަތިވެފައިވާ މީހުންނަށް ވެސް ދަނޑި އަލުވި ފަތް ބޭނުންކުރެވިދާނެ އެވެ. އެއީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުން ބަނޑުފަސޭހަކޮށްދީ، ހަޖަމުރަގަޅުކޮށްދޭތީ އެވެ.

ގަދީމީ ބޭސްވެރިކަމުގައި ދަނޑިއަލުވި ފަތަކީ ރާއްޖެބަލި، ބޭރަށްހިންގުން، އަރިދަފުސްރޯގާ، ބޮލުގައި ރިހުން، ބަނޑުގައި ފާރުހެދުން، ފަނިވުން ފަދަ ކަންކަމަށް ފަރުވާ ކުރުމަށް ބޭނުންކުރެވުނު، އަދި ފަތްޕިލާވެލީގެ ފަރުވާގައި މިހާރު ވެސް ބޭނުންކުރެވެމުންދާ ބާވަތެކެވެ.
ދަނޑި އަލުވި ފަތުގައި ހަށިގަނޑަށް ބޭނުންތެރި މައުދަންތަކާ، ވިޓަމިންތައް، ޕްރޮޓީން، އަދި އެމިނޯއެސިޑް ތައް ހުރެއެވެ. ދަނޑި އަލުވި ފަތުގައި އެކުލެވޭ އެމިނޯ އެސިޑް ތަކަކީ، ހަމުގައި އުފެދޭ ފާރުތައް ފަސޭހަކުރުން، ހަލާކުވާ ސެލްތައް ރަގަޅުކުރުން، ހަދާން ވަރުގަދަކުރުން، އަދި ކަށިތަކުގެ ދުޅަހެޔޮކަމަށް ބޭނުންތެރި މާއްދާ ތަކެކެވެ.
ދަނޑި އަލުވި ފަތުގައި ހިމެނޭ "ކްލޯރޯފައިލް" އަކީ އެންޓިއޮކްސިޑެންޓެއްގެ އިތުރުން، ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާ އެއްވެސް މެއެވެ. މިކަމުގެ ސަބަބުން ފްރީރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދިނުމުގައި އެހީތެރިވެދޭނެ އެވެ.
ދަނޑި އަލުވި ފަތުގައި ފޮސްފަރަސް، ކެލްސިއަމް، ދަގަނޑު ފަދަ މައުދަން ތައް ވެސް ހުރެއެވެ. ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިންބީ1 ވެސް ހުރެއެވެ. ދަނޑި އަލުވި ފަތް ބޭނުންކުރުމަކީ ކާހިތް ކެނޑިފައި ތިބޭމީހުންނަށް ކާހިތް ޖައްސުވާ ކަމެކެވެ.
މައުލޫމާތު :

މުރަނގަ ފަތް

މުރަނގަ ފަތް
މުރަނގަ ފަތަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ. ރޮލާ ކެއުމުގެ އިތުރުން ތަފާތު ވައްތަރުގެ ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި މުރަނގަ ފަތް ބޭނުންކުރެވޭކަން ފާހަގަ ކުރެވެއެވެ.
ދިވެހި ނަން : މުރަނގަ ފަތް
އިގިރޭސި ނަން : Moringa leaves
ޢިލްމީ ނަން : Moringa Oleifera
މުރަނގަ ފަތުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
64 ކިލޯކެލަރީ
ސޯޑިއަމް
9 މިލިގްރާމް
ކާބޯހައިޑްރޭޓް
8.24 ގްރާމް
ޕޮޓޭސިއަމް
337 މިލިގްރާމް
ޕްރޮޓީން
9.40  ގްރާމް
މަޢުދަންތައް
ފެޓް
1.40 ގްރާމް
ކެލްސިއަމް
30 މިލިގްރާމް
ފައިބަރު
2 ގްރާމް
ކޮޕަރ
-
ވިޓަމިންތައް
ދަނގަޑު
4 މިލިގްރާމް
ފޮލިކް އެސިޑް
40 މައިކްރޯ ގްރާމް
މެގްނީޒިއަމް
147 މިލިގްރާމް
ނިއެސިން
2.220 މިލިގްރާމް
މެންގަނީޒް
-
ޕައިރިޑޮކްސިން
1.200 މިލިގްރާމް
ފޮސްފަރަސް
-     112 މިލިގްރާމް
ރައިބޯފްލެވިން
0.660 މިލިގްރާމް
ސިލެނިއަމް
0.9 މައިކްރޯގްރާމް
ތިއެމިން
0.257 މިލިގްރާމް
ޒިންކް
0.60 މިލިގްރާމް
ވިޓަމިން އޭ
7564 އައިޔޫ
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން ސީ
51.7 މިލިގްރާމް
ކެރޮޓީން އަލްފާ




















މުރަނގަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
މުރަނގަ ފަތަކީ ޕްރޮޓީންގެ ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުންނާނެ އެވެ.
މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ތަފާތު އެތައް ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. އެގޮތުން ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަގަޅުކުރުން، ދިފާޢީ ބާރު ރަގަޅުކޮށްދިނުން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
މުރަނގަ ފަތަކީ ވިޓަމިން ސީގެ ވެސް ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 57.7 މައިކްރޯގްރާމްގެ ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ އެންޓިއޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ދުރުކޮށްދީ، ތަފާތު ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ.
މުރަނގަ ފަތުގައި ވިޓަމިން ބީ ގެ ތަފާތު ވައްތަރުތައް ކަމުގައިވާ ފޮލިކް އެސިޑް، ޕައިރިޑޮކްސިން، ނިއެސިން، ތިއެމިން، ރައިބޯފްލެވިން، ޕެންތޮނިކް އެސިޑް، އެކަށޭނަ މިންވަރަކަށް ހުރެއެވެ. މީގެތެރެއިން ގިނަ  ވިޓަމިން ތަކަކީ ހަށިގަނޑުގައި ހިނގާ ކާބޯހައިޑްރޭޓް، ޕްރޮޓީން، އަދި ފެޓް މެޓަބޮލިޒަމްގެ މަސައްކަތުގައި ކޯ-އެންޒައިމް އެއްގެ ދައުރު އަދާކުރާ ވިޓަމިން ތަކެކެވެ.
މުރަނގަ ފަތުގައި ވިޓަމިން ކޭ، ވިޓަމިން ޑީ، އަދި ވިޓަމިން އީ ވެސް ހުރެއެވެ.
މުރަނގަ ފަތުގައި ކެލްސިއަމް، ދަގަނޑު، ކޮޕަރ، މެންގަނީޒް، މެގްނީޒިއަމް، ޒިންކު، އަދި ސިލެނިއަމް އެކަށޭނަ މިންވަރަކަށް ހުރެއެވެ. ދަގަނޑަކީ ހަށިގަނޑުގައި ލޭރަގަޅުކޮށްދޭ މާއްދާ އެކެވެ. މުރަނގަ ފަތުގައި ދަގަނޑު ގިނަ އަދަދަކަށް އެކުލެވޭތީ މިއީ ލޭމަދުވެފައިވާ މީހުން އާދަކޮށް ކެއުމަށް ބޭނުންކުރެވިދާނެ ފަތެކެވެ. ކެލްސިއަމް އަކީ ކަށިތައް ވަރުގަދަކޮށްދީ، ކަށިފީވުމުން ދުރުކޮށްދީ، ކަށިތައް ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ޒިންކަކީ މަނި އުފެއްދުމަށާ، ހަމާއި، އިސްތަށީގެ ހެދިބޮޑުވުމުގައި މުހިއްމު ދައުރެއް އަދާކުރާ މައުދަނެކެވެ.
މުރަނގަ ފަތް ބޭނުންކުރުމުން ލިބިދާނެ އެހެނިހެން ފައިދާތަކުގެ ތެރޭގައި ބަނޑުގައި ހެދޭ ފާރު ފަސޭހަވުމަށް އެހީތެރިވުން، ހަށިގަނޑުގައި އުފެދޭ ދުޅަތައް ތިރިކޮށްދިނުން، ހުޅުތަކުގެ ރިހުން ލުއިކޮށްދިނުން، ހަމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން، ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން، އަދި ތަފާތު ބަލިތަކުން ދިފާޢުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
މުރަނގަ ތޮޅިއާއި، މުރަނގަ ފަތަށް ރިއާޔަތްކުރާއިރު :-
·         ޕްރޮޓީން : ޔޯގަޓުގައި ހުންނަ ވަރަށްވުރެ 2 ގުނަ އިތުރަށް ހުރެއެވެ.
·         ޕޮޓޭސިއަމް : ދޮންކޭލުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.
·         ކެލްސިއަމް : ކިރުގައި ހުންނަ ވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ.
·         ވިޓަމިން އޭ : ކެރެޓްގައި ހުންނަވަރަށްވުރެ 4 ގުނަ އިތުރަށް ހުރެއެވެ.
·         ވިޓަމިން ސީ : އޮރެންޖުގައި ހުންނަ ވަރަށްވުރެ 7 ގުނަ އިތުރަށް ހުރެއެވެ.
މުރަނގަ ތޮޅި، އަދި މުރަނގަ ފަތުގައިވާ ބައެއް ޚާއްޞަކަންތައްތައް :
·         92 ނިއުޓްރިއެންޓް އެކުލެވިގެން ވެއެވެ.
·         46 އެންޓިއޮކްސިޑެންޓް ހުރެއެވެ.
·         36 ދުޅަތިރިކޮށްދޭ މާއްދާ ތައް ހުރެއެވެ.
·         27 އެމިނޯއެސިޑް ހުރެއެވެ.
·         ދިފާއީ ބާރު ރަގަޅުކޮށްދޭ އެވެ.
·         ލޭދައުރުވުން ރަގަޅުކޮށްދެއެވެ.
·         ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
·         ލޭގައި ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ބަހައްޓައިދެއެވެ.
·         އުމުރުން ދުވަސްވުމުގެ އުދަނގޫތަކާ ދުރުކޮށްދެއެވެ.
·         ދުޅަތައް ތިރިކުރުމުގެ ބާރު ލިބިފައިވެއެވެ.
·         ހަޖަމު ރަގަޅުކޮށް ދެއެވެ.
·         ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ.
·         ހަމަށް މަޑުކަމާ އޮމާންކަން ގެނެސްދެއެވެ.
·         އޮށާޅައިގެ އުދަނގުލުން މިންޖުކޮށްދެއެވެ.
·         ހަށިގަނޑުގައި އެކި ހޯރމޯންތަކުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދެއެވެ.
·         މާބަނޑު މީހުން މުރަނގަ ތޮޅިއާއި ފަތް ބޭނުންކުރުމަކީ އުރަމައްޗަށް ކިރުއެރޭ މިންވަރު އިތުރުކޮށްދޭ ކަމެކެވެ.
·         ޖަރާސީމު މަރައި ނައްތާލުމުގެ ބާރު ލިބިފައި ވެއެވެ.
·         ގުރުދާއާއި، މޭގަނޑަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ.
·         ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.
މައުލޫމާތު :