Friday, September 16, 2011

ކުރުނބާ

ކުރުނބާ
ކުރުނބާ އަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ފެނެއް އެކުލެވޭ އެއްޗެކެވެ. ކުރުބާ ފެނަކީ ފަނިގިރައިންނާއި، ފަނި ނުގިރައި ވެސް ބޭނުންކުރަން ވަރަށް މީރު އެއްޗެކެވެ. ބޭރަށްހިންގުން ފަދަ ހާލަތްތަކުގައި ޑޮކްޓަރުން އިރުޝާދު ދެއްވާ އެންމެ މުހިއްމު އެއް ބުއިމަކީ ވެސް ކުރުނބާ ފެނެވެ. ހޮނޑާއި، ބޭރަށްހިންގުމުގެ ސަބަބުން ގިނަ ފަހަރު ހަށިގަނޑުން މަދުވެގެންދާ ލޮނުގެ ބައި ހަމައަކަށް އަޅުވައި ދިނުމުގައި ކުރުނބާ ފެން މުހިއްމު ރޯލެއް ކުޅޭކަމަށް ބެލެވެއެވެ. މިއީ ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ އެންމެންގެ މެދުގައި މަޝްހޫރު އެއްޗެކެވެ. 
ދިވެހި ނަން : ކުރުނބާ
އިގިރޭސި ނަން : Tender Coconut
ޢިލްމީ ނަން : Cocos Nucifera
ކުރުނބާ ފެނުގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
19 ކިލޯކެލަރީ
ސޯޑިއަމް
105 މިލިގްރާމް
ކާބޯހައިޑްރޭޓް
3.71 ގްރާމް
ޕޮޓޭސިއަމް
250 މިލިގްރާމް
ޕްރޮޓީން
0.72 ގްރާމް
މަޢުދަންތައް
ފެޓް
0.20 ގްރާމް
ކެލްސިއަމް
24 މިލިގްރާމް
ފައިބަރު
1.1 ގްރާމް
ކޮޕަރ
40 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.29 މިލިގްރާމް
ފޮލިކް އެސިޑް
3 މައިކްރޯ ގްރާމް
މެގްނީޒިއަމް
25 މިލިގްރާމް
ނިއެސިން
0.080 މިލިގްރާމް
މެންގަނީޒް
0.142 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.043 މިލިގްރާމް
ފޮސްފަރަސް
-           -
ޕައިރިޑޮކްސިން
0.032 މިލިގްރާމް
ސިލެނިއަމް
-           -
ރައިބޯފްލެވިން
0.057 މިލިގްރާމް
ޒިންކް
0.10 މިލިގްރާމް
ތިއެމިން
0.030 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ

ގިބާރލިން
ހުރޭ
ވިޓަމިން ސީ
2.4 މިލިގްރާމް
ކެރޮޓީން ބީޓާ
0 މައިކްރޯ ގްރާމް
ވިޓަމިން އީ

ސައިޓޯކައިން
ހުރޭ
ވިޓަމިން ކޭ

ލުޓީން-ޒިއެޒެންތިން
0 މައިކްރޯ ގްރާމް


ލިއުކޯއެންތޯސިއެނިން
ހުރޭ



ކުރުނބާ ފެނުން ލިބޭ ޞިއްޙީ ފައިދާތައް
·         ކުރުނބާ ފެނަކީ ގާތުންދޭ ކުދިންނަށް މައިދާގެ މައްސަލަތައް ދިމާވުމުން ދޭން ރަގަޅު ބުއިމެކެވެ.
·         އޯރަލް ރިހައިޑްރޭޝަން މީޑިއަމް އެކެވެ.
·         ކުއްޖާ ހެދިބޮޑުވުމަށް ބާރުއަޅާ އޯގެނިކް ކަމްޕައުންޑް ތައް ހުރެއެވެ.
·     ހަށިގަނޑުގައި ކުރުނބާ ފެން އުގުޅުމުން ހޫނުމިން ދަށްވެ، ހޫނަށް ނަގާ މުލިހި ފަދަ ތަކެތި ނެގުން ހުއްޓެއެވެ. އަދި ފާނަބަސަނދު، ކަށިވިދުރި، ހިމަބިހީގައި ނަގާ ބިހިތައް ތިރިވެ ފަސޭހަވުމަށް އެހީތެރި ވެއެވެ. އަދި ހަށިގަނޑުގެ ފިނިކަންމަތީ ބަހައްޓައިދެއެވެ. އަދި ހަށިގަނޑުގައި ފެނުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދީ، ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
·         ކުރުނބާ ފެނުގައި ލޮނު އަދި އަލްބުމިން ހުރުމަކީ ކޮލެރާ ބޭރަށްހިންގުމުގައި އެބޭނުންކުރުން މުހިއްމުވާ ސަބަބެކެވެ.
·         އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުންނަށް ރަގަޅު ޓޮނިކް އެކެވެ.
·         ކުޑަކަމުދާ ނިޒާމް : ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅާ އެއްޗެކެވެ. އެހެންކަމުން ގުރުދާގެ ހިލަ އާއި، ކުޑަކަމުދާ ނިޒާމްގައި އުފެދޭ ހިލަތަކަށް ފަރުވާކުރުމަށް ބޭނުން ކުރެވެއެވެ. ޔުރިނަރީ އެންޓި ސެޕްޓިކް އެކެވެ. އަދި މައުދަންތަކަށް ވިހަވުމުން ވިހަ ބޭރުކުރުމުގައި އެހީތެރިވެދެއެވެ.
·         އިމަޖެންސީ ހާލަތްތަކުގައި މިސާލަކަށް ކޮލެރާ ނުވަތަ ޑިސެންޓްރީ ފަދަ ބޭރަށްހިންގުމުގެ ވައްތަރުތަކުގައި އައިވީކޮށް ހަށިގަނޑަށް ކުރުނބާފެން އިންޖެކްޓް ކުރެވިދާނެ އެވެ.
·         ބޭސްތައް ހަށިގަނޑަށް ނެގުމަށް އެހީތެރި ވެދެއެވެ.
·         ކާނާ ގޯސްވުމުގެ ސަބަބުން ހިކިވެ އަނަރޫފަވެފައިވާ ކުދިންނަށް ދޭން ރަގަޅު ބުއިމެކެވެ.
·         މަނީގެ މިންވަރު އިތުރުކޮށް ދެއެވެ.
·         އަރިދަފުސް ރޯގާ، ހާރޕީޒް، އޭޑްސް ބަލީގެ ވައިރަސްއާއި ހަށިގަނޑު ހަނގުރާމަކުރުމަށް އެހީތެރިވެދެއެވެ.
·         ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރި ވެދެއެވެ.
·         ކަށި ފީވުމުން ދުރުކޮށް ދެއެވެ.
·         ގޮހޮރުގެ ހަރަކާތް ރަގަޅުކޮށް ދެއެވެ.
·         ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ފުރިހަމަކޮށް ދެއެވެ.
·         ކެންސަރަށް ފަރުވާކުރުމަށް ބޭނުންކޮށް އުޅެއެވެ.
·         ހަޖަމުކުރުން ރަގަޅުކޮށް ދެއެވެ.
·         ގިއާރޑިއާ ލެމްބްލިއާ ކިޔާ ޕެރަސައިޓް މަރާލުމަށް އެހީތެރިވެދެއެވެ.
·         ހަށިގަނޑަށް ހަކަތައާއި ބާރު ފޯރުކޮށް ދެއެވެ.
·         ޗިސްމޭ އަށް ކުރިމަތިވާ ފިއްތުންތައް ކުޑަކޮށް ދެއެވެ.
·         ފިތުގެ ބަލިތަކުގައި އެހީތެރިކަން ފޯރުކޮށް ދެއެވެ.
·         ފަންގަސް އިންފެކްޝަންތަކުން މިންޖުވުމަށް ބާރުއަޅައެވެ.
·         ފަންގަސްގެ ވައްތަރެއް ކަމުގައިވާ މައިކޯޕްލާޒްމާ ބޮޑުވުން ހުއްޓުވައެވެ.
·         ހަމުގެ މައްސަލައެއް ކަމުގައިވާ އެކްޒީމާ އެއްކޮށް ފިލުވާލުމަށް އެހީތެރިވެދެއެވެ.
·         ހަންގަނޑު މަޑުކޮށް އޮމާންކޮށް އޮތުމަށް އެހީތެރިވެދެއެވެ.
·         ކުރުނބާ ފެނުގައި ހިމެނޭ ބައިތައް : -
o       ހަކުރު : ކުރުނބާ ފެނުގައި ހިމެނޭ ހަކުރުގެ އެންމެ އަސާސީ ދެބަޔަކީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ގޮބޮޅި ކިހާކަށްވެ، ކުރުނބާއަަކަށް ބަދަލުވާން ފަށާއިރު ގިނައިން ހުންނަނީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ނަމަވެސް ރަގަޅަށް ފައްކާވެ، ކާއްޓަކަށްވާއިރު، ކާށީގައި ހިމެނޭ ހަކުރުގެ 90 އިންސައްތަ އަކީ ސުކްރޯޒް އެވެ.
o       މައުދަން : ކުރުނބާ ފެނުގައި ވަރަށްގިނަ މަޢުދަންތައް ހުރެއެވެ. އޭގެ ތެރޭގައި، ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ފޮސްފަރަސް، ދަގަނޑު، ކޮޕަރ، ސަލްފަރ އަދި ކްލޮރައިޑް ހިމެނެއެވެ. ކުރުނބާގައި ހިމެނޭ މައުދަންތަކުގެ ތެރެއިން ½ އަށްވުރެ ގިނައިން ހުންނަނީ ޕޮޓޭސިއަމް އެވެ. މައުދަންތައް ހުރުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރެވޭ މިންވަރު ކުރުނބާ ފެން ބޭނުން ކުރުމުން އިތުރުވެއެވެ.
o       ޕްރޮޓީން : ކުރުނބާ ފެނުގައި ކުޑަ މިންވަރަކަށް ޕްރޮޓީން ހުރެއެވެ. ކުރުނބާ ފެނުގައި ޕްރޮޓީންގެ ތެރޭގައި ހިމެނޭ އެމިނޯއެސިޑްގެ ގޮތުގައި ބެލެވޭ އާރޖިނިން، ސިސްޓިން، އެލެނިން، ސިރީން، އެކުލެވޭ މިންވަރު ގެރީގެ ކިރުގައި އެކުލެވޭ މިންވަރަށްވުރެ މައްޗެވެ.
o       ވިޓަމިން : ވިޓަމިން ސީ އާއި ވިޓަމިން ބީގެ ބާވަތްތައް ކުރުނބާ ފެނުގައި ހުރެއެވެ. ކުރުނބާ ފެނުގެ ކޮންމެ މިލިލީޓަރެއްގައި، 3.7-2.2 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ. އަދި މިމިންވަރު ކުރުނބާ ހަރުވެ ކާއްޓަށް ވަމުންދާ ވަރަކަށް މަދުވާނެ އެވެ.

·         ކުރުބާ ފެނަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ. ތަފާތު އެތައް ބޭނުންތެރި މާއްދާ އަކުން މުއްސަދިވެފައިވާ މިބުއިމަކީ ފެޓް މަދު އަދި ކޮލެސްޓީރޯލް އެކުނުލެވޭ ބުއިމެކެވެ. އޮރެންޖް ޖޫހަށްވުރެ ކުރުބާ ފެނުގެ ފައިދާ އިތުރު ކަމުގައި ބުނެވެއެވެ. ކުރުބާ ފެނުގައި މައިމީހާގެ ގާތުން ދޭ ކިރުގައި ވެސް އެކުލެވޭ މާއްދާއެއް ކަމުގައިވާ ''ލައުރިކް އެސިޑް'' ހުރެއެވެ. މިއީ ފަންގަސް، ބެކްޓީރިއާ އަދި ވައިރަސް ފަދަ ޖަރާސީމްތައް މަރާލުމުގެ ގާބިލިއްޔަތު ލިބިފައިވާ އެސިޑެކެވެ.
·         ފެކްޓްރީ ތަކުގައި އުފައްދާފައި ހުންނަ ތަފާތު ބުއިންތަކާއި ޚިލާފަށް ކުރުބާ ފެނުގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. މިއީ ކްލޮރައިޑް ގިނަ އަދި ސޯޑިއަމް މަދު ފެނެކެވެ. މިއީ ތަފާތު މައުދަންތައް ނުވަތަ އިލެކްޓްރޯލައިޓް ތައް އެންމެ ގިނަ އެއްބުއިމެވެ. އެހެން ކަމުން ބޭރަށް ހިންގުން ފަދަ ކަންތައް ކުރިމަތިވުމުން ބޯން އެންމެ އެކަށޭނަ އެއްބުއިމަކީ ކުރުބާ ފެނެވެ.
·         ކުރުބާއިން ލިބޭ އެހެން ފައިދާ ތަކަށް ބަލާއިރު، ހިތުގެ ބަލިތަކުން ދުރުކޮށް، ކޮލެސްޓީރޯލްގެ މިންވަރު ދަށް ކޮށްދެއެވެ. ހަކުރުބައްޔާއި، ގޮހޮރާއި މައިދާގެ ބައެއް މައްސަލަ ތައް ކުރިމަތިވެފައިވާ މީހުންގެ ޞިއްޙީ ހާލަތު ދުޅަހެޔޮކުރުމުގައި އެހީތެރިވެދެއެވެ. އަދި ހަށިގަނޑަށް ހަކަތަ އާއި ބާރު ފުރިހަމައަށް ލިއްބައިދެއެވެ.

މައުލޫމާތު:

ކިވީ ފުރުޓް

ކިވީ ފުރުޓް
ކިވީ ފުރުޓް އަކީ ހުތް ފޮނި އަނގަޔަށް މީރު މޭވާ އެކެވެ.  ކާނާގެ ބާވަތްތަކުން މުއްސަދި ހަށިގަނޑަށް އެންމެ ފައިދާހުރި 26 ބާވަތުގެ ތެރޭގައި ކިވީ ގުނާލެވެއެވެ. ކިވީ ގައި ވެސް ތަފާތު ވިޓަމިންތަކާއި، މަޢުދަންތަކުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ.
ދިވެހި ނަން : ކިވީފުރުޓް
އިގިރޭސި ނަން : Kiwifruit
ޢިލްމީ ނަން : Actinidia Deliciosa
ކިވީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
61 ކިލޯކެލަރީ
ސޯޑިއަމް
3 މިލިގްރާމް
ކާބޯހައިޑްރޭޓް
14.66 ގްރާމް
ޕޮޓޭސިއަމް
312 މިލިގްރާމް
ޕްރޮޓީން
1 ގްރާމް
މަޢުދަންތައް
ފެޓް
0.52 ގްރާމް
ކެލްސިއަމް
34 މިލިގްރާމް
ފައިބަރު
3 ގްރާމް
ކޮޕަރ
0.130 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
ދަނގަޑު
ފޮލިކް އެސިޑް
25 މައިކްރޯ ގްރާމް
މެގްނީޒިއަމް
17 މިލިގްރާމް
ނިއެސިން
0.341 މިލިގްރާމް
މެންގަނީޒް
0.09 މިލިގްރާމް
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
-           
ޕައިރިޑޮކްސިން
-           
ސިލެނިއަމް
-           
ރައިބޯފްލެވިން
0.025 މިލިގްރާމް
ޒިންކް
0.14 މިލިގްރާމް
ތިއެމިން
0.027 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
87 އައިޔޫ
ކެރޮޓީން އޭ
-           
ވިޓަމިން ސީ
92.7 މިލިގްރާމް
ކެރޮޓީން ބީ
52 މައިކްރޯ ގްރާމް
ވިޓަމިން އީ
1.46 މިލިގްރާމް
ކްރިޕްޓޯ ޒެންތިން ބީ
-           
ވިޓަމިން ކޭ
40.3 މައިކްރޯ ގްރާމް
ލުޓީން-ޒިއެޒެންތިން
122 މައިކްރޯ ގްރާމް


ލައިކޮޕީން
-           















ކިވީ ފުރުޓް އިން ލިބޭ ޞިއްޙީ ފައިދާތައް
·         ކެންސަރު : ފާހަގަކުރެވިފައިވާ ގޮތުން ވިރާސީ ބަހާއަށް ބަދަލުގެނުވަނިވި ބައެއް ކިވީގައި ހިމެނެއެވެ. ވިރާސީ ބަހާ އަށް ބަދަލުއައުމަކީ ކެންސަރެއްގެ ފެށުން ކަމުގައި ވެދާނެ އެވެ. ކިވީގައި "ގުލުޓަތިއޯން"(Glutathione) ކިޔާ މާއްދާއެއް ހުރުމަކީ ވެސް ކެންސަރުން ދުރުކޮށްދީފާނެ ކަމެއްކަމަށް ބެލެވެއެވެ.
-          ކާތަކެތި ދުންޖެއްސުމާއި، މަސް ފަދަ ތަކެތި ފިހުމުގެ ތެރޭގައި ކެންސަރު ޖެހުމަށް މަގުފަހިކުރާ "ނައިޓްރޭޓް"(Nitrate) އުފެދެއެވެ. ނައިޓްރޭޓް ކާތަކެތީގެ ތެރެއިން ހަށިގަނޑަށް ވަނުމުން "ނައިޓްރޯޒޭޝަން"(Nitrosation) ކިޔާ މަސައްކަތެއް ހިނގައެވެ. މިމަސައްކަތުގެ ތެރެއިން " ނައިޓްރޯސް އަމައިން"(Nitroseamines) ކިޔާ ފްރީ ރެޑިކަލްއެއް އުފެދެއެވެ. މިއީ ބަނޑާއި، އެހެން ބައެއް ހިސާބުތަކުގެ ކެންސަރު އުފެދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ކިވީ ބޭނުންކުރާނަމަ، ކުރިން ބަޔާންކުރެވުނު " ނައިޓްރޯޒޭޝަން" ގެ މަސައްކަތަށް ހުރަސްއަޅައެވެ.
-          ކިވީގައި ހިމެނޭ އެމިނޯއެސިޑް "އާރޖިނިން"(Arginine) އަކީ "އެންޖިއޯޕްލާސްޓީ"(Angioplasty) ހެދުމަށްފަހު، ލޭދައުރުވުން ރަގަޅުކޮށްދީ، ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ގަނޑު އުފެދުން ނުވަތަ ތަތްލުމުން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.
-          ތަބީޢީ އެންޓި އޮކްސިޑެންޓް ތައް 4 ވަނަ އަށް އެންމެ ގިނައިންް ހުންނަނީ ކިވީ ގައި ކަމަށްވަނީ ފާހަގަކުރެވިފައެވެ.
-          ކިވީގައި މުހިއްމު ފައިޓޯކެމިކަލް އެއް ކަމުގައިވާ "ލޫޓީން"(Lutein) ހުރެއެވެ. މިއީ ފުއްޕާމޭގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިވުމާއި ގުޅުމެއްވާ މާއްދާއެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
-          ކިވީގައި ޑައެޓްރީ ފައިބަރު ހުރެއެވެ. ޑައެޓްރީ ފައިބަރު ފަދައިން އެކަމަކު އެއަށްވުރެ އަވަހަށް އަދި ރަގަޅަށް ބަނޑު ފަސޭހަކޮށްދޭ މާއްދާއެއް (ކޮން މާއްދާއެއްކަން އަދި ނުހޯދޭ) ކިވީގައި ހުންނަކަންވަނީ ޝައްކުކުރެވިފައެވެ. މިކަމުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖައްސަނިވި މާއްދާތައް ގޮހޮރުގެ ފާރުތަކުގައި ތަތްލުމުން ހިމާޔަތްކުރުމުގައި އެހީއަކަށް ވެދެއެވެ.
-          ކިވީ އަކީ ދޮންވުމުން ވެސް ފެހިކުލައިގައި ހުންނަ މަދު މޭވާތަކުގެ ތެރެއިން މޭވާ އެކެވެ. ކިވީ ދޮންވުމުން ވެސް ފެހިކުލައިގައި ހުންނަނީ އޭގައި ހިމެނޭ "ކްލޯރޯފައިލް"(Chlorophyl) ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ވަރަށް ގިނަ ދިރާސާތައް ދައްކާގޮތުގައި ކްލޯރޯފައިލް އިން އުފެދިގެން އަންނަ "ކްލޯރޯފައިލިން"(Chlorophyllin) އަކީ ފުރަމޭގެ ކެންސަރު އުފެދިބޮޑުވުމަށް ހުރަސްއަޅާ މާއްދާ އެކެވެ.
·         މާޔޫސްވުން : ކިވީގައި "އައިނޯސިޓޯލް"(Inositol) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ސެލްތަކުގެ ދެމެދުގައި މެސެޖްތައް ބަދަލުކޮށްދޭ މަސައްކަތުގައި "ޕްރިކޯސަރ"(Precusor)އެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ މާއްދާ އެކެވެ. ނުވަތަ "ސެލް ސިގްނަލިންގ ޕްރޮސެސް"(Cell signaling process) ގައި ދެވަނަ މެސެންޖަރ އެއްގެ ދައުރު އަދާކުރާ މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މާޔޫސްވުން ފަދަ މައްސަލަތަކަށް މިމާއްދާގެ ސަބަބުން މަންފާއެއް ކޮށްފާނެއެވެ.
·         ހަކުރު ބަލި : ކިވީގައި "އައިނޯސިޓޯލް" ހުރުމަކީ ހަކުރު ބަލި ކޮންޓްރޯ ކުރުމުގައި އީޖާބީ ދައުރެއް އަދާކޮށްފާނެ ކަމެކެވެ. ހަކުރު ބަލީގެ ސަބަބުން އަތްފައިގެ ނާރުތައް ހަލާކުވެފައިވާ މީހުންނަށް، އައިނޯސިޓޯލް ހިމެނޭ ސަޕްލިމެންޓް ދިނުމުން، ނާރުތަކުގެ މަސައްކަތް ރަގަޅުވެދާނެ ކަމަށް ބެލެވެއެވެ. ހޯރމޯންތަކާއި، ނިއުރޯޓްރާންސްމިޓަރު ތަކުގެ މަސައްކަތްތަކަށް ސެލްތައް އިޖާބަ ދިނުމުގައި އައިނޯސިޓޯލް ގެ ދައުރެއް ވެއެވެ. މިއީ "ސެލް ސިގްނަލިންގ ޕްރޮސެސް" ގައި ދެވަނަ މެސެންޖަރ އެއްގެ ދައުރު އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން މީގައި ހިމެނޭ ފައިބަރަކީ ވެސް ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ.
·         ލޭމައްޗަށްދިއުމާއި ހިތުގެ ދުޅަހެޔޮކަން : ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރުން ވިދާޅުވާގޮތުގައި، ހަށިގަނޑުގައި ސޯޑިއަމް-ޕޮޓޭސިއަމް އެކުލެވޭ ނިސްބަތަކީ ހިތުގެ ދުޅަހެޔޮކަމަށް މުހިއްމު ކަމެކެވެ. އެގޮތުން ހިތުގެ މަސައްކަތްތައް ފުރިހަމަވެ، ރަގަޅުވާނީ، ކެއުމުގައި ހިމެނޭ ސޯޑިއަމް މަދުވެފައި، ޕޮޓޭސިއަމް ގިނަވާނަމަ އެވެ. ކިވީ އަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ ކާނާގެ ބާވަތެކެވެ. އަދި ޕޮޓޭސިއަމް ގިނަވުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ ކަމެކެވެ.
-          ކިވީގައި މައިގަނޑު 2 އެމިނޯއެސިޑް އެއް ތަންކޮޅެއް ގިނައިން ހުރެއެވެ. އެއީ "އާރޖިނިން"(Arginine) އަދި "ގުލުޓަމޭޓް" (Glutamate)އެވެ. އާރޖިނިން އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާއަކަށްވުމުން، މިމަސައްކަތް ފުރިހަމަކޮށްގެން، ހިތަށް ބަރާބަރަށް ލޭފޯރުކޮށް ދިނުމުގައި އާރޖިނިން އެހީތެރިވެދެއެވެ.
-          ކިވީގައި މެގްނީޒިއަމް ވެސް ހުރެއެވެ. މެގްނީޒިއަމް މަދުވުމަކީ ލޭމައްޗަށްދިއުމާއި، ހާރޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
-          ކިވީގައި "ޕެކްޓިން"(Pectin) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. ސަރުބީގެ މިންވަރު ދަށްވާނަމަ، ލޭހޮޅިތަކުގައި ސަރުބީ ޖަހައި، ލޭހޮޅިތައް ބެދި، ލޭމައްޗަށްދިއުމާއި، ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަވާނެ އެވެ.
-          ކިވީގައި ޑައެޓްރީ ފައިބަރު ވެސް ހުރެއެވެ. ފައިބަރަކީ ވެސް ހަށިގަނޑުގެ ސަރުބީ ދަށްކޮށްދޭ މާއްދާ އެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.
-          ކިވީގައި ގިނަ އަދަދަކަށް ކެރޮޓިނޮއިޑްތައް (ބީޓާ ކެރޮޓީން، ލޫޓީން، ޒެންތޯފައިލިން)، ފީނޯލިކް ކަމްޕައުންޑްތައް ( ފްލޭވޮނޮއިޑް، އެންތޯސިއެނިން)، އަދި އެންޓި އޮކްސިޑެންޓްތައް (ވިޓަމިން ސީ ، ވިޓަމިން އީ) ހުރެއެވެ. މިމާއްދާތައް ހުރުމަކީ ހަށިގަނޑުގައި ހުންނަ ރަގަޅު ކޮލެސްޓްރޯލްތައް "އޮކްސިޑައިޒް" ވުމަށް ހުރަސްއަޅާ ކަމެއްކަމަށްވަނީ ބެލެވިފައެވެ. އަދި މިދެންނެވި އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ފްރީ ރެޑިކަލްތަކުން ލޭހޮޅީގެ ފާރަށް ލިބޭ ގެއްލުން ހިމާޔަތްކޮށްދީ، ލޭހޮޅިތައް ރައްކާތެރިކޮށްދެއެވެ.
-          ކިވީ އަކީ އޮމެގާ-3-ފެޓީ އެސިޑް އިން މުއްސަދި މޭވާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިބުނި މާއްދާ ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމަކީ، ހިތުގެ ބަލިތަކާއި، ސްޓްރޯކްޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ. އަދި މިއީ އޯޓިޒަމް އާއި، ތުއްތުކުދިން ކަންކަމަށް ސަމާލުކަންދިނުން ކުޑަވުމުން މިންޖުކުރުމުގައި އެހީތެރިވެދޭ މާއްދާ އެއް ވެސް މެއެވެ.
·         ޖިންސީ ނުކުޅެދުންތެރިކަން : ކިވީގައި ހިމެނޭ އެމިނޯއެސިޑް "އާރޖިނިން" އަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާ އެކެވެ. މިއީ ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތިވެފައިވާ މީހުންނަށް ފަރުވާކުރުމަށް ކިވީ ބޭނުން ކުރެވިދާނެ ސަބަބެކެވެ.
·         ސްޓްރެސް ކުޑަކުރުން : ކިވީ ގައި "ސިރޮޓޮނިން"(Serotonin) ހުރެއެވެ. މިއީ ގިނަ މީހުންނަށް މަޑުމައިތިރިކަމާ، ހަމަޖެހުން ގެނެސްދޭ މާއްދާ އެކެވެ. އެހެންކަމުން ކިވީ އާންމުކޮށް ބޭނުންކުރާނަމަ، ދިރިއުޅުމުގެ ފިއްތުންތަކާ ދުރުކޮށްދީ، މީހާ ހިތްހަމަޖެހުމުގައި އުޅެލުމުގެ މަގުފަހިވާނެ އެވެ.
·         މެކިޔުލަރ ޑިޖެނެރޭޝަން އަދި ލޮލުގެ ދުޅަހެޔޮކަން : މެކިޔުލަރ ޑިޖެނެރޭޝަން އަކީ އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ބަދަލުގެނުވާ ބައްޔެކެވެ. ކިވީ އަކީ ލޫޓީން އިން މުއްސަދި މޭވާ އެކެވެ. ލޫޓީން އަކީ ލޮލުގެ އަލި ދުލީގައި ޖަމާވާ މާއްދާ އެކެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިބުނި މާއްދާ އަކީ މެކިޔުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިކޮށްދީފާނެ މާއްދާ އެކެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ދުވާލަކު 3 ފަހަރަށްވުރެ ގިނައިން ކެއުމުގައި މޭވާ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުމުގެ ފުރުޞަތު 36 އިންސައްތަ ދަށްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ވިޓަމިން ސީ، ވިޓަމިން އީ، އަދި ވިޓަމިން އޭ ކިވީގައި ހުރުމަކީ ވެސް މިބުނިކަމަށް ބާރުއަޅައިދޭ ކަމެކެވެ.
·         ނޭވާހިއްލުން : ކިވީގައި ވިޓަމިން ސީ ގިނައިން ހުރުމަކީ ވެސް ނޭވާލުމުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. އިޓަލީ ވިލާތުގައި ހަދާފައިވާ ދިރާސާއެއްގައި 7-5 އަހަރާއި ދެމެދުގެ ކުދިންނަށް، ހަފްތާއަކު 7-5 ފަހަރު ހުތްމޭވާ ނުވަތަ ކިވީ ކާންދެވުނެވެ. ނަތީޖާ ދައްކާފައިވާ ގޮތުން ހަފްތާއަކު 1 ފަހަރު މޭވާ ބޭނުންކުރާ ކުދިންނަށްވުރެ ދިރާސާގައި ބައިވެރިވިކުދިންގެ ނޭވާލާއިރު އަޑު ހުރުމުގެ ފުރުޞަތު، 44 އިންސައްތަ ދަށްވެފައި ވެއެވެ. ނޭވާކުރުވާ މިންވަރު 32 އިންސައްތަ ދަށްވެފައިވާއިރު، ރޭގަނޑުގައި ކެއްސާ ނިސްބަތް 27 އިންސައްތަ ދަށަށް ގޮސްފައި  ވެއެވެ. އަދި ނޭފަތުން ފެންއަންނަ މިންވަރު 28 އިންސައްތަ ދަށްވެފައި ވެއެވެ.
·         ފައިބަރު ގިނަވުން : ކިވީގައި ފައިބަރު ގިނައިން ހުރުމަކީ އަންނަނިވި ކަންކަމުގައި އެހީތެރިވެދޭނެ ކަމެކެވެ.
o       ހަކުރު ބަލި : ފައިބަރަކީ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ.
o       ގޮހޮރުގެ ކެންސަރު : ފައިބަރު ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާ ތަތްވެ، ހަށިގަނޑުން އެވިހަތައް ބޭރުކޮށް ހުސްކުރެއެވެ.
o       ހިތުގެ ބަލިތައް : ފައިބަރަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އަކަށްވުމުން، ހިތުގެ ބަލިތަކާއި، ހާރޓް އެޓޭކް ޖެހުން ފަދަ ކަންކަމާ ދުރުކޮށްދެއެވެ.
o       ބަނޑުހިކުން : ފައިބަރަކީ ގޮހޮރުގެ ހަރަކާތް ހަލުވިކޮށްދީ، ބަނޑު ސާފުކޮށްދޭ މާއްދާ އެކެވެ.

މަޢުލޫމާތު:-