Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 8ވަނަ މަސް

ތުއްތު ދަރިފުޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 2.2 ކިލޯ ހުންނާނެ އެވެ. ހަމުގެ ދަށުގައި ޖަމާވެ، ހަރުލާ ސަރުބީގެ ސަބަބުން ކުއްޖާ ވަށްވެ، ރޫފަ ރަނގަޅުވާނެއެވެ. ފުއްޕާމޭ ހުންނާނީ ރަނގަޅަށް ފުރިހަމަވެފައެވެ. ކުޑަދަރިފުޅުގެ ހަށިގަނޑު ކުރިއަށް ވުރެ އަވަހަށް ބޮޑުވަމުން އާދެއެވެ. ކަށިތައް ވަރުގަދަވެ، އަތްފައި ފަލަވެއެވެ. ހަންގަނޑުގައި ރަތްކަމެއް ހުރެއެވެ. ސިކުނޑީގެ ތަފާތު މަރުކަޒުތައް އުފެދެމުން ދެއެވެ. ސިކުނޑިއާއި ނާރުތައް ހަށިގަނޑުގެ މަސައްކަތްތަކަށް ބާރުފޯރުވައެވެ. ރަހަ ގެނެސްދޭ ބުޑުތައް ބޮޑުވަމުން ނުވަތަ އުފެދެމުން އާދެއެވެ. ކުޑަދަރިފުޅު އުކުޑިކޮއްޓުން، ރުއިން، ކިބިހިއެޅުން ފަދަ ކަންތައްތައް ކުރެއެވެ. އަދި ތަދާއި، އައްޔާއި، އަޑަށް އިޖާބަދީ ހަދައެވެ. ފިރިހެންކުއްޖެއް ނަމަ ޓެސްޓިސް ދަށްބަނޑުން ތިރިއަށް އުރަވަޅިއަށް ފައިބައެވެ.
އަށްވަނަ މަސް ނިމޭ ހިސާބު ކުއްޖާ 18-16އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 4 ޕައުންޑް ހުރެއެވެ.
·         ބަނޑަށް 8 މަހުގައި މައިމީހާގެ ބަނޑުގެ ތޮޅުން ކުރިޔަށްވުރެ މަދުކަން ފާހަގަކުރެވެން ފެށޭނެއެވެ. މިހެންވަނީ ދަރިފުޅު ބޮޑުވަމުން އަންނާތީ ދަރިފުޅު ހަރަކާތްކުރާނެ ޖާގަ ރަހިމުގެ ތެރޭގައި ކުޑަވުމުންނެވެ.
·         ތަފާތު އަޑުތަކާއި، ތަފާތު ރަހަތައް ވެސް ދަރިފުޅަށް ފާހަގަ ކުރެވޭނެ އެވެ. ބާރު އަޑުއަޑު އިވުމުން ދަރިފުޅު ސިހޭގޮތް ވާނެއެވެ. އަދި މައިމީހާ ދައްކާ ވާހަކަ ވެސް ދަރިފުޅު އަޑުއަހާނެއެވެ.
ދަރިފުޅުގެ ފުއްޕާމޭގައި ނޭވާލައްވަން ފަސޭހަކޮށްދޭ ބައިތައް ވެސް ފުރިހަމަވެއެވެ. މިދުވަސްވަރު ދަރިފުޅުގެ ސިކުނޑި އިތުރަށް ފުރިހަމަ ވެއެވެ. 
އަށްވަނަ މަހުގައި ހިމެނެނީ :
  • 34 ވަނަ ހަފްތާ
  • 35 ވަނަ ހަފްތާ
  • 36 ވަނަ ހަފްތާ
  • 37 ވަނަ ހަފްތާ
ސައުރަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¾4 ޕައުންޑް އަށްވުރެ އިތުރު
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކެންޓަލޫޕް(ފޮނިކެކުރި) އެއް ވަރު
ތުއްތުދަރިފުޅުގެ ހަށިގަނޑުގައި ފެޓްގެ ފަށަލަތައް ޖަމާވެ، ހަރުލުމުން ތުއްތު ދަރިފުޅުގެ ބައްޓަން ރީތިވެ، ވަށްވެގެންދާނެ އެވެ. ފެޓަކީ އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ހަން ވެސް ކުރިޔަށްވުރެ އޮމާން ވާނެއެވެ. ތުއްތު ދަރިފުޅުގެ ސެންޓްރަލް ނާރުތަކުގެ ނިޒާމު ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ފުއްޕާމޭ ވެސް ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ދުވަސްނުފުރާ ވިހައިފާނެތީ ބިރުގަންނަނަމަ، ވިސްނަންވީ ބަނޑަށް 37-34 ހަފްތާއާއި ދޭތެރޭގައި އުފަންވާކުދިންނަށް އެހެން މާބޮޑު މައްސަލައެއް ނެތްނަމަ، ވިހެއުމަށްފަހު މާބޮޑު ކަންތައްތަކެއް ކުރިމަތިނުވެ ސަލާމަތްވުމަކީ ގާތް ކަމެކެވެ. ބައެއް ފަހަރު މިމުއްދަތުގައި އުފަންވާ ކުދިން ކުޑަ ދުވަސްކޮޅަކު ނާސަރީގައި ބާއްވައިފާނެ އެވެ. ނޫނީ ކުޑަ ދުވަސްކޮޅަކަށް ބަލިވެއުޅެފާނެ އެވެ.



ސައުރަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެޓް : ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ފެޓްގެ ފަށަލަތައް ޖަމާވެ، ހަރުލަމުންދާނެއެވެ. ފެޓަކީ އުފަންވުމަށްފަހު ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.
ފުއްޕާމޭ : ތުއްތު ދަރިފުޅުގެ ފުއްޕާމޭ މިހާރު ވެސް ހުންނާނީ ވަރަށް ބޮޑަށް ފުރިހަމަވެފައެވެ. މިދުވަސްވަރު އުފަންވާ %99 ކުދިން ސަލާމަތް ކުރެވޭނެ އެވެ. ގިނަކުދިންގެ ދިގުދެމިދާ މައްސަލަތަކެއް ނުހުންނާނެ އެވެ.
ސައުރަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ނާރުތަކުގެ ނިޒާމާއި، ފުއްޕާމޭ އަންނާނީ ފުރިހަމަވަމުންނެވެ. 37-34 ހަފްތާ އާއި ދެމެދުގައި އުފަންވާ ކުދިން ގިނަ ފަހަރު މައްސަލަތަކެއް ދިމާނުވެ ސަލާމަތް ކުރެވެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކެންޓަލޫޕް(ފޮނިކެކުރި) އެއް ވަރެވެ.
ފަންސަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¼5 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ހަނީޑިއު މެލަން (ފޮނިކެކުރި) އެއް ވަރު
ތުއްތު ދަރިފުޅުގެތޮޅުން އެއްވަރަކަށް ހުރިކަން މައިމީހާއަށް އިހުސާސް ކުރެވޭނެ އެވެ. ތުއްތު ދަރިފުޅުގެ ގުރުދާ ހުންނާނީ ރަނގަޅަށް ފުރިހަމަ ވެފައެވެ. ތުއްތު ދަރިފުޅުގެ ފުރަމެއިން ކޮންމެވެސް މިންވަރަކަށް "ބޭކާރު" މާއްދާތައް އުފައްދައި ބޭރުކުރާނެ އެވެ. ތުއްތު ދަރިފުޅުގެ އަސާސީ ގިނަ ބައިތައް ހުންނާނީ ފުރިހަމަވެފައެވެ. ކުރިޔަށްއޮތް ހަފްތާތަކުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވަމުންދާނެ އެވެ.
ފަންސަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެންދުލީގައި ހުރި ފެން : ފެންދުލީގައި ހުރި ފެނުގެ މިންވަރު އޭގެ އެންމެ މައްޗަށް ހުންނާނީ ގޮސްފައެވެ. އަދި މިފެނުގެ މިންވަރު މަޑުމަޑުން މަދުވާން ފަށާނެ އެވެ.
ފެޓް : ކުރިޔަށްއޮތް ހަފްތާތަކުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވަމުންދާނެ އެވެ. އެގޮތުން ދުވާލަކު ގާތްގަނޑަކަށް އައުންސެއްގެ މިންވަރު (28.3 ގްރާމް) ބަރުދަނަށް އިތުރުވަމުންދާނެ އެވެ.
ރަހިމު : ރަހިމު ހުންނާނީ އާންމުކޮށް ހުންނަވަރަށްވުރެ 15 ގުނަ ބޮޑުވެފައެވެ.
ފަންސަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުދާނީ ރަހިމުގެ ތެރޭގައި ރަނގަޅަށް ހަމަޖެހެމުންނެވެ. ތުއްތު ދަރިފުޅުގެ ގުރުދާ ހުންނާނީ ރަނގަޅަށް ފުރިހަމަ ވެފައެވެ. ތުއްތު ދަރިފުޅުގެ ފުރަމެއިން ކޮންމެވެސް މިންވަރަކަށް "ބޭކާރު" މާއްދާތައް އުފައްދައި ބޭރުކުރާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ހަނީޑިއު މެލަން (ފޮނިކެކުރި) އެއް ވަރެވެ.
ސަތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 18.5 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 6 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ރޫމާނީ ލެޓަސް ފަތްބޮނޑިއެއް ވަރު
ތުއްތު ދަރިފުޅުގެ ބަރުދަން އިތުރުވަމުންދާނެ އެވެ. އެގޮތުން ދުވާލަކު ގާތްގަނޑަކަށް އައުންސެއްގެ މިންވަރު (28.3 ގްރާމް) ބަރުދަނަށް އިތުރުވަމުންދާނެ އެވެ. މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ހަމުން ނެއްޓޭ ސެލްތަކާއި، ކިނދާއި، ލޯލި އިސްތަށިތައް ދަރިފުޅަށް ދިރުވާލެވުނު ނަމަވެސް އެންމެ ފުރަތަމަ ބޭރުވާ ބޮޑުކަމު ނަޖިހާއެކު މިތަކެތި ބޭރުވާނެ އެވެ.
މިހަފްތާ ނިމޭ ހިސާބު ބަލާނީ ދުވަސްފުރުމުގެ ކުރިންކަމަށެވެ. 37 ހަފްތާގެ ކުރިން ވިހައިފިނަމަ ބަލާނީ ދުވަސްނުފުރޭ ކަމަށެވެ. ދުވަސްފުރުނުކަމަށް ބަލާނީ 40-39 ހަފްތާ ފުރިހަމަވުމުންނެވެ. 41 ހަފްތާއަށްވުރެ އިތުރުވިނަމަ ބަލާނީ ދުވަސްފުރި މާއިތުރުވެގެން ދިޔައީ ކަމަށެވެ. ތުއްތު ދަރިފުޅުގެ ބޯކޮޅު ހުންނާނީ ތިރިއަށެވެ. މިއީ  ވިހަން އެންމެ ފަސޭހަ ގޮތެވެ. ފަހަރުގައި ބޯތިރިއަށް (ޅިނދުގެ ތެރެއަށް) ޖެހިފައި ހުރެދާނެއެވެ.
ސަތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ބޯ : ތުއްތު ދަރިފުޅުގެ ބޯކޮޅު ހުންނާނީ ތިރިއަށެވެ. މިއީ  ވިހަން އެންމެ ފަސޭހަ ގޮތެވެ. ފަހަރުގައި ބޯތިރިއަށް (ޅިނދުގެ ތެރެއަށް) ޖެހިފައި ހުރެދާނެއެވެ.
ރަހިމު : ރަހިމުގެ މަސްތައް ވާންވެ، ކުރުގެޅުމުން އުފެދޭ ރިހުން ތަންކޮޅެއް އިތުރުކަން ފާހަގަވާނެ އެވެ.
ސަތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބަރުދަނަށް ދުވާލަކު ގާތްގަނޑަކަށް އައުންސެއްގެ މިންވަރު (28.3 ގްރާމް) އިތުރުވަމުންދާނެ އެވެ. މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ކިނދަކީ ހަން ރައްކާތެރިކޮށްދޭ ހުދުކުލައިގައި ތެޔޮކޮށް، ތަތްކޮށް ހުންނަ އެއްޗެކެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ރޫމާނީ ލެޓަސް ފަތްބޮނޑި އެއް ވަރެވެ.
ސަތުތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 19 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/1 6 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކޮޕީ ފަތްބޮޑި އެއް ވަރު
ވިހާ ދުވަސް މިހާރު އިންނާނީ ވަރަށް ކައިރިވެފައެވެ. ނަމަވެސް ދުވަސްފުރުނުކަމަށް ބަލާނީ ބަނޑަށް 39 ހަފްތާވުމަށްފަހު އެވެ. ކުރިޔަށް އޮތް 2 ހަފްތާގައި ރަހިމުގައި ތުއްތު ދަރިފުޅު ހޭދަވުމަކީ ސިކުނޑިއާއި، ފުއްޕާމޭ ފުރިހަމަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންކަމުން ސިޒޭރިއަން ސެކްޝަން ހަދަންޖެހޭ މީހެއް ނަމަވެސް ޑޮކްޓަރުން އެކަންކުރާނީ ބަނޑަށް 39 ހަފްތާ ފުރިހަމަ ވުމުންނެވެ. މިހިސާބަށް ދާއިރު ތުއްތު ދަރިފުޅުގެ މުޅި ބޮލުގައި (ފުރާ) އިސްތަށި ހުރެދާނެ އެވެ. އިސްތަށީގެ ދިގުމިނުގައި ބައި އިންޗިން ފެށިގެން ގޮސް، ދޮޅު އިންޗިވަރު ހުރެދާނެ އެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ. ދަރިފުޅުގެ ބޮލުގައި ހުންނަ ކުލައަކީ ގައިގެ ހަމުގެ ކުލައަށް ނުވެދާނެ އެވެ.
ސަތުތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
އިސްތަށި : މިހިސާބަށް ދާއިރު ތުއްތު ދަރިފުޅުގެ މުޅި ބޮލުގައި (ފުރާ) އިސްތަށި ހުރެދާނެ އެވެ. އިސްތަށީގެ ދިގުމިނުގައި ދޮޅު އިންޗިވަރު ހުންނާނެ އެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ.
ހަން : މިމުއްދަތުގައި ތުއްތު ދަރިފުޅުގެ ހަށިގަނޑުން ލޯލި އިސްތަށިތަކާއި، ކިނދުން ބައެއް ހަށިގަނޑުން (ހަމުން) ވަކިވެ ނެއްޓެމުންދާނެއެވެ. ކިނދަކީ ހަން ރައްކާތެރިކޮށްދޭ ހުދުކުލައިގައި ތެޔޮކޮށް، ތަތްކޮށް ހުންނަ އެއްޗެކެވެ.
ރަހިމު : ރަހިމުގެ މަސްތައް ވާންވެ، ކުރުގެޅުމުން އުފެދޭ ރިހުން ތަންކޮޅެއް އިތުރުކަން ފާހަގަވާނެ އެވެ. އަދި މިރިހުން ތަންކޮޅެއް ގިނައިރު ހުރެދާނެއެވެ. އެކަމުގެ އުނދަގޫވާލެއް ބޮޑުވެދާނެ އެވެ.
ކުރިމަތި ފަރާތް : ކުރިމަތި ފަރާތުން ދަވައާއި ލޮދިއައުން އިތުރުވެދާނެ އެވެ. ލޭކުލަ ހުންނަނަމަ ވިހާ ދުވަސް ކައިރިވަނީ އެވެ.
ސަތުތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
މިހާރު ތިހުރީ ދުވަސްފުރެން ވަރަށް ކައިރިވެފައެވެ. ފުރިހަމަ ކުއްޖެއްގެ ސިފައިގައި ތުއްތު ދަރިފުޅު ފެނުނަސް، އަދި މުޅިން ފުރިހަމަ އެއް ނުވެއެވެ. ތުއްތު ދަރިފުޅުގެ ފުއްޕާމެޔާއި، ސިކުނޑި މުޅިން ފުރިހަމަވާނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކޮޕީ ފަތްބޮޑި އެއް ވަރެވެ.
މައުލޫމާތު :

V

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 7ވަނަ މަސް



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ހަތްވަނަ މަސް
ތުއްތު ދަރިފުޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 1360 ގުރާމު ހުންނާނެ އެވެ. ދިގުމިން 15 އިންޗިއަށްވުރެ ދިގުވާނެއެވެ. ލޯހުޅުވައި، ލައްޕައި، އައްޔަށް އިޖާބަދޭނެ އެވެ. ކުއްޖާ އުފެދި ބޮޑުވުން މިމަހުގެ ތެރޭގައި ވެސް ހުއްޓުމެއް ނެތި ކުރިއަށް ދެއެވެ. ކުޑަދަރިފުޅުގެ ލޯހުޅުވި، ލެއްޕި، އައްޔަށް އަންނަ ބަދަލުތައް އިހްސާސް ކުރެވޭނެއެވެ. މޫނުމަތީގައި ވާ ކުދިލޯލި ކެހެރިތަކުގެ އަސަރު ފިލަންފަށައެވެ. އަޑުއިވުމުގެ ހިއްސުތަރައްގީވެ، ބޭރު މާހައުލުގެ އަޑުތައް ކޮންމެވެސް ވަރަކަށް ކުޑަދަރިފުޅު ދެނެގަންނާނެއެވެ. ފައިން ޖެހުން، ނުވަތަ ކޮޅުފައިން ޖެހުމާއި، ދެމި ލެބުން ފަދަ ހަރަކާތްތަކުން ކުޑަދަރިފުޅު ކަސްރަތު ލިބިގަނެއެވެ. އެއްޗެތީގައި ހިފުންފަދަ ހަރަކާތްތަކާއި، އިގިލިބުއިން ފަދަ ކަންތައް ކުރުމަށް ކުޑަދަރިފުޅު ގަޔާވެއެވެ.
ހަތްވަނަ މަސް ނިމޭހިސާބު ކުޑަކުއްޖާގެ ދިގުމިނުގައި ގާތްގަނޑަކަށް 15 އިންޗި ހުރެއެވެ. ބަރުދަނުގައި 2 ނުވަތަ ދޭއްބައި ޕައުންޑް ހުރެއެވެ.
·         ބަނޑަށް 7 މަސްފުރޭއިރު ދަރިފުޅު ފުރިހަމަ ވާންވީ ހުރިހާ ގޮތަކަށް ގާތްގަނޑަކަށްވާނީ ފުރިހަމަވެފައެވެ.

·      މިދުވަސްވަރު ދަރިފުޅުގެ ކަށިތައް ވެސް ބޮޑަށް ހަރުވާނެއެވެ. މިކަމަށް ބޭނުންވާ ކެލްސިއަމް މައިމީހާގެ ލެއިން ލިއްބައިދެއެވެ. 
ހަތްވަނަ މަހުގައި ހިމެނެނީ:
·         30 ވަނަ ހަފްތާ
·         31 ވަނަ ހަފްތާ
·         32 ވަނަ ހަފްތާ
·         33 ވަނަ ހަފްތާ
ތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 15.7 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) :  3 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ބޮޑު ކެބެޖެއް ވަރު

މިދުވަސްވަރު ފެންދުލީގައި ގާތްގަނޑަކަށް 850 މިލިލީޓަރުގެ ފެން ހުންނާނެ އެވެ. ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ފެންދުލީގައި ހުންނަ ފެނުގެ މިންވަރު އިތުރުވެ، ދަރިފުޅު ބޮޑުވެ، ވިހަންކައިރިވާ ވަރަކަށް ފެންދުލީގައި ހުންނަ ފެނުގެ މިންވަރު މަދުވަމުން ދާނެއެވެ. ލޮލުގެ ފެނުން އަންނާނީ ރަނގަޅުވަމުންނެވެ. ނަމަވެސް އެހާ ސާފު ނުވެދާނެ އެވެ. އުފަންވާތާ ފުރަތަމަކޮޅު ދުވާލުގެ ގިނަ ވަގުތުތަކުގައި ތުއްތު ކުދިން އޮންނާނީ ލޯމަރާލައިގެންނެވެ. ނަމަވެސް އައްޔަށް އަންނަ ބަދަލާއި ގުޅިގެން ލޯހުޅުވައިފާނެ އެވެ. އުފަންވާއިރު ފެނުން ހުންނާނީ 400/20 ގައެވެ. މީގެ މާނައަކީ ތުއްތު ދަރިފުޅަށް ވަކިކުރަން އެނގޭނީ މޫނާއި ދެތިން އިންޗި ދުރުގައި ހުންނަ ތަކެއްޗެވެ. ބޮޑުމީހެއްގެ ފެންނަންޖެހޭ ރަނގަޅު މިނަކީ 20/20 އެވެ. 



ތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެންދުލީގައި ހުރި ފެން : މިދުވަސްވަރު ފެންދުލީގައި ގާތްގަނޑަކަށް 850 މިލިލީޓަރުގެ ފެން ހުންނާނެ އެވެ. ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ފެންދުލީގައި ހުންނަ ފެނުގެ މިންވަރު އިތުރުވެ، ދަރިފުޅު ބޮޑުވެ، ވިހަންކައިރިވާ ވަރަކަށް ފެންދުލީގައި ހުންނަ ފެނުގެ މިންވަރު މަދުވަމުން ދާނެއެވެ.

ލޯ : ތުއްތު ދަރިފުޅަށް މިހާރު އައްޔާއި އަނދިރި ވަކިކުރަން އެނގޭނެ އެވެ. އުފަންވާއިރު ފެނުން ހުންނާނީ 400/20 ގައެވެ. މީގެ މާނައަކީ ތުއްތު ދަރިފުޅަށް ވަކިކުރަން އެނގޭނީ މޫނާއި ދެތިން އިންޗި ދުރުގައި ހުންނަ ތަކެއްޗެވެ. 

ރަހިމު : ރަހިމު ބޮޑުވާވަރަކަށް ހަށިގަނޑުގެ ހަމަ ގެއްލި، ބައެއް ފަހަރު ވެއްޓޭހެން ހީވެދާނެ އެވެ. 

ތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅު އޮންނަ ފެންދުލީގައި ގާތްގަނޑަކަށް 850 މިލިލީޓަރުގެ ފެން ހުންނާނެ އެވެ. ދަރިފުޅު ބޮޑުވެ، ވިހަންކައިރިވާ ވަރަކަށް ފެންދުލީގައި ހުންނަ ފެނުގެ މިންވަރު މަދުވަމުން ދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބޮޑު ކެބެޖެއް ވަރެވެ.

އެއްތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 16 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/13 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ކާއްޓެއް ވަރު

ތުއްތު ދަރިފުޅުގެ ބޯ މިހާރު އެއްފަޅިން އަނެއް ފަޅިއަށް އަނބުރާނެ އެވެ. ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު ދަރިފުޅުގެ ހަމުގެ ދަށުގައި ޖަމާވަމުންދާނެއެވެ. ތުއްތު ދަރިފުޅު ބަނޑުގައި އޮވެ ތޮޅޭ މިންވަރު އިތުރުވުމުން ބައެއް ފަހަރު މައިމީހާއަށް ނިދިން ހޭލެވުމަކީ ވެސް ވެދާނެ ގޮތެކެވެ. ތުއްތު ދަރިފުޅުގެ ތޮޅުން އިތުރުވުމަކީ ތުއްތު ދަރިފުޅުގެ ޞިއްޙަތު ރަނގަޅުވެ، ދުޅަހެޔޮކަން އަންގައިދޭ ކަމެކެވެ. 

އެއްތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފެޓް : ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު ދަރިފުޅުގެ ހަމުގެ ދަށުގައި ޖަމާވަމުންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަތްފަޔާއި، ހަށިގަނޑުގެ ރޫފަ ރަނގަޅުވަމުން ދާނެއެވެ.

ރަހިމު : ރަހިމުގެ މަސްތައް ފިތި ކުރުގެޅޭހެން ހީވެދާނެ އެވެ. މިގޮތަށް ވުމުން ދަށްބަނޑުގައި ރިހޭނެ އެވެ. މިތަދަށް ކިޔަނީ "ބްރެކްސްޓަން ހިކްސް ކޮންޓްރެކްޝަން" އެވެ. 

އެއްތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބޯ މިހާރު އެއްފަޅިން އަނެއް ފަޅިއަށް އަނބުރާނެ އެވެ. ފެޓް ނުވަތަ ސަރުބީގެ ފަށަލަތައް ތުއްތު ދަރިފުޅުގެ ހަމުގެ ދަށުގައި ޖަމާވަމުންދާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަތްފަޔާއި، ހަށިގަނޑުގެ ރޫފަ ރަނގަޅުވަމުން ދާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކާއްޓެއް ވަރެވެ. 

ބައްތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 16.7 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¾3 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :ބޮޑު ޖިކާމާ (އަލުވި ފާނޑަށް ހުންނަ ތަރުކާރީގެ ބާވަތެއް) އެއް ވަރު
ތުއްތު ދަރިފުޅުގެ ބަރުދަނަށް ހަފްތާއަކު ގާތްގަނޑަކަށް 225 ގްރާމްވަރު އިތުރުވަމުންދާނެއެވެ. ކުރިޔަށް ހައެއްކަ ހަފްތާގެ ތެރޭގައި އުފަންވާއިރު ހުންނަ ބަރުދަނުގެ 1/3 ބައި ވާވަރަށް ތުއްތު ދަރިފުޅުގެ ބަރުދަނަށް އިތުރުވަމުންދާނެ އެވެ. މިހާރު ތުއްތު ދަރިފުޅުގެ އަތާއި، ފައިގެ ނިޔަފަތިތައް ހުންނާނީ އުފެދި ފުރިހަމަވެފައެވެ. ހަން ތައް މަޑުވެ، އޮމާންވާނެ އެވެ. 

ބައްތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
އިސްތަށި : މިހިސާބަށް ދާއިރު ފަހަރުގައި ބައެއް ތުއްތު ކުދިންގެ ބޮލުގައި ފުރާ އިސްތަށި ހުންނާނެއެވެ. އަނެއްބައި ކުދިންގެ ބޮލުގައި އިސްތަށި ހުންނާނީ މާމަދުންނެވެ. 

ފައިގެ އިނގިލިތަކުގެ ނިޔަފަތި : އަތްފައިގެ އިނިގިލިތަކުގެ ނިޔަފަތިތައް މިހާރު ހުންނާނީ އުފެދި ފުރިހަމަވެފައެވެ.
ރަހިމު : ރަހިމު ބޮޑުވެ މައްޗަށްޖެހި، ޑައަފްރަމް އާއި ހަމައަށް ދިއުމުން، ޑައަފްރަމް އިން ބަނޑަށް ފިއްތުމުން، މޭއެންދުން، ނޭވާކުރުވުން ފަދަ ކަންކަން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. 

ބައްތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބަރުދަނަށް ހަފްތާއަކު ގާތްގަނޑަކަށް 225 ގްރާމްވަރު އިތުރުވަމުންދާނެއެވެ. ކުރިޔަށް ހައެއްކަ ހަފްތާގެ ތެރޭގައި އުފަންވާއިރު ހުންނަ ބަރުދަނުގެ 1/3 ބައި ވާވަރަށް ތުއްތު ދަރިފުޅުގެ ބަރުދަނަށް އިތުރުވަމުންދާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބޮޑު ޖިކާމާ (އަލުވި ފާނޑަށް ހުންނަ ތަރުކާރީގެ ބާވަތެއް) އެއް ވަރެވެ. 

ތެއްތިރީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 17 އިންޗި އަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 4 ޕައުންޑް އަށްވުރެ އިތުރު
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) :އަލަނާސިގަނޑެއް ވަރު

ތުއްތު ދަރިފުޅުގެ ހަމުގައި ހުރި ރޫތައް ފިލައި، އޮމާންވެ، ރީތިވަމުންދާނެ އެވެ. ކަށިތައް ދާނީ ހަރުވަމުންނެވެ. ތުއްތު ދަރިފުޅުގެ ބޮލުގެ ނާށިގަނޑުގެ ކަށިތަކުގައި މަޑުކަމެއް ނޫނީ ފަހެލިކަމެއް ހުންނާނެއެވެ. ބޮލުގެ ނާށިގަނޑުގެ ކަށިތައް ފުރިހަމައަށް އެއްވެ، ގުޅިފައެއް ނުހުންނާނެއެވެ. މިހެންވުމުން ވިހެއުމުގެ ތެރޭގައި ކުރިމަތި ފަރާތުން ދަރިފުޅު ބޭރުވެގެންދިއުމަށް މަގުފަހިވެ، ފަސޭހަވާނެއެވެ.

ތެއްތިރީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ހަން : ތުއްތު ދަރިފުޅުގެ ހަމުގެ ރަތްކަން ކުޑަވެ، ރޫތައް މަދުވަމުންދާނެ އެވެ. 

ބޮލުގެ ނާށިގަނޑު : ތުއްތު ދަރިފުޅުގެ ބޮލުގެ ނާށިގަނޑުގެ ކަށިތަކުގައި މަޑުކަމެއް ނޫނީ ފަހެލިކަމެއް ހުންނާނެއެވެ. ބޮލުގެ ނާށިގަނޑުގެ ކަށިތައް ފުރިހަމައަށް އެއްވެ، ގުޅިފައެއް ނުހުންނާނެއެވެ. މިހެންވުމުން ވިހެއުމުގެ ތެރޭގައި ކުރިމަތި ފަރާތުން ދަރިފުޅު ބޭރުވެގެންދިއުމަށް މަގުފަހިވެ، ފަސޭހަވާނެއެވެ.

ތެއްތިރީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ބޮލުގެ ނާށިގަނޑުގެ ކަށިތައް އަދިވެސް ހުންނާނީ ރަނގަޅަށް އެއްނުވެއެވެ. ބޮލުގެ ނާށިގަނޑުގެ ކަށިތައް ފުރިހަމައަށް އެއްވެ، ގުޅިފައެއް ނުހުންނާނެއެވެ. މިހެންވުމުން ވިހެއުމުގެ ތެރޭގައި ކުރިމަތި ފަރާތުން ދަރިފުޅު ބޭރުވެގެންދިއުމަށް މަގުފަހިވެ، ފަސޭހަވާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް އަލަނާސި ގަނޑެއް ވަރެވެ.
މައުލޫމާތު :