ދޮންކޭލަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި މޭވާ އެކެވެ. ދޮންކޭލަކީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. ދޮންކޭލުގެ ތެރޭގައި ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި މާޅޮސް ކެޔޮ، ފުސްކެޔޮ، ކަދިލި ކެޔޮ، ބޮންތި ރަތްކެޔޮ، އަދި މިނޫން ވައްތަރުތައް ވެސް ހިމެނެއެވެ. ދޮންކެޔޮ ބޮޑަށް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށް ކަމަށްވިޔަސް، ފަނިގިރައިންނާއި، ކައްކައިގެންނާއި، ޖޭމުގެ ގޮތުގަޔާއި، ކުޑަކުދިންނަށްދޭ ކާނާގެ ބާވަތްތައް ތައްޔާރު ކޮށްގެން ވެސް ދޮންކެޔޮ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ދޮންކޭލަކީ ހަކަތަ ގިނަ މޭވާއެއް ކަމުން ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދެއެވެ.
ދިވެހި ނަން : ދޮންކެޔޮ
| |||
އިގިރޭސި ނަން : Banana
| |||
ޢިލްމީ ނަން : Musa Accuminata Colla
| |||
ދޮންކޭލުގެ ކޮންމެ 100 ގްރާމް ގައި
| |||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
| ||
ހަކަތަ
|
90 ކިލޯކެލަރީ
|
ސޯޑިއަމް
|
1 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
22.84 ގްރާމް
|
ޕޮޓޭސިއަމް
|
358 މިލިގްރާމް
|
ޕްރޮޓީން
|
1.09 ގްރާމް
|
މަޢުދަންތައް
| |
ފެޓް
|
0.33 ގްރާމް
|
ކެލްސިއަމް
|
5 މިލިގްރާމް
|
ފައިބަރު
|
2.60 ގްރާމް
|
ކޮޕަރ
|
0.078މައިކްރޯ ގްރާމް
|
ވިޓަމިންތައް
|
ދަނގަޑު
|
0.26 މިލިގްރާމް
| |
ފޮލިކް އެސިޑް
|
20 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
27 މިލިގްރާމް
|
ނިއެސިން
|
0.665 މިލިގްރާމް
|
މެންގަނީޒް
|
0.270 މިލިގްރާމް
|
ޕެންތޮނިކް އެސިޑް
|
0.334 މިލިގްރާމް
|
ފޮސްފަރަސް
|
22 މިލިގްރާމް
|
ޕައިރިޑޮކްސިން
|
0.367 މިލިގްރާމް
|
ސިލެނިއަމް
|
1 މައިކްރޯ ގްރާމް
|
ރައިބޯފްލެވިން
|
0.073 މިލިގްރާމް
|
ޒިންކް
|
0.15 މިލިގްރާމް
|
ތިއެމިން
|
0.031 މިލިގްރާމް
|
ފައިޓޯނިއުޓްރިއެންޓްތައް
| |
ވިޓަމިން އޭ
|
64 އައިޔޫ
|
ކެރޮޓީން އަލްފާ
|
25 މައިކްރޯ ގްރާމް
|
ވިޓަމިން ސީ
|
8.7 މިލިގްރާމް
|
ކެރޮޓީން ބީޓާ
|
26 މައިކްރޯ ގްރާމް
|
ވިޓަމިން އީ
|
0.10 މިލިގްރާމް
|
ކްރިޕްޓޯޒެންތިން ބީ
|
-
|
ވިޓަމިން ކޭ
|
0.5 މައިކްރޯ ގްރާމް
|
ލޫޓީން-ޒިއެޒެންތިން
|
22 މައިކްރޯ ގްރާމް
|
ލައިކޯޕީން
|
-
|
· ހާސްވުމާއި، ފިކުރުބޮޑުވެ ކަންބޮޑުވުން : ދޮންކޭލުގައި "ޓްރައިޕްޓަފާން"(Tryptophan) ހުރެއެވެ. މިއީ ހަށިގަނޑުގައި "ސިރަޓޮނިން"(Serotonin) އަށް ބަދަލުވާ އެމިނޯ އެސިޑް އެކެވެ. ސިރޮޓޮނިން އަކީ މީހާގެ މިޒާޖާއި މޫޑު ރަގަޅުކޮށްދޭ މާއްދާ އެކެވެ. މާނައަކީ ހާސްކަން ފިލުވާލައި، ފިކުރުތަކާއި ދުރުކޮށްދިނުމެވެ.
· ލޭމަދުވުން : ދޮންކޭލުގައި ވަރަށް ގިނައިން ދަގަނޑު ހުރެއެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްގެ ތެރޭގައި ހުންނަ ހިމޮގްލޯބިން އުފެއްދުމަށާއި، އޭގެ މަސައްކަތަށް ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އެހެންކަމުން ލޭގައި ހިމޮގްލޯބިންގެ މިންވަރު ދަށްވެ، ލޭމަދުވެފައިވާކަމަށް ލެބޯޓްރީ ޓެސްޓްތަކުން ފާހަގަވެއްޖެނަމަ، ވަރަށް ގިނަ ފަހަރު ދޮންކެޔޮ ގިނައިން ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ 6 އަކީ ލޭގެ ދަގަނޑުގެ ބައި ހިމޮގްލޯބިން އުފެއްދުމުގައި އެހީތެރިވުމުގެ އިތުރުން، ހަށިގަނޑަށް ވަންނަ ހަށިގަނޑާއި ބީރައްޓަހި މާއްދާތަކާ ދެކޮޅަށް ހަށިދަމަނަ އުފެއްދުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
· ބޭރަށްހިންގުމާއި ބަނޑުހިކުން : ދޮންކޭލުގައި ފައިބަރު ހުރުމަކީ ގޮހޮރުގެ ހަރަކާތް ހަމައަކަށް އަޅުވައިދޭ ކަމެކެވެ. ބޭރަށް ހިންގުމަކީ ހަށިގަނޑުގައި ހިމެނޭ ލޮނުގެ ބައި މަދުވެ، އޭގެ ހަމަހަމަކަން ގެއްލޭކަމެކެވެ. ދޮންކޭލުގައި ޕޮޓޭސިއަމް ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން ބޭރަށްހިންގުން ޖެހުމުން ދޮންކެޔޮ ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. ސަބަބަކީ ބޭރަށްހިންގުމުގެ ސަބަބުން އުނިވެގެންދިޔަ، ޕޮޓޭސިއަމްގެ މިންވަރު ހަމައަކަށް އަޅުވާލުމަށް ދޮންކެޔޮ ބޭނުންކުރުން އެހީތެރިވެދޭތީ އެވެ.
· ކަށިތައް ވަރުގަދަކުރުން : ދޮންކޭލުގައި "ފްރަކްޓޯއޮލިގޯސެކެރައިޑް"(Fructooligosaccharides) ކިޔާ މާއްދާއެއް ހުރެއެވެ. މިއީ ގޮހޮރުގައި ހުންނަ ހަށިގަނޑާއި ރައްޓަހި(ފައިދާހުރި) ބެކްޓީރިޔާގެ ކާނާއަށް ބޭނުންވާ މާއްދާ އެކެވެ. މިދެންނެވި ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތަކުން ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް އުފައްދައެވެ. އަދި ޞިއްޙަތަށް ގެއްލުންހުރި، ޖަރާސީމްގެ އިންފެކްޝަންތަކުން ދުރުކޮށް ދެއެވެ. ފްރަކްޓޯއޮލިގޯސެކެރައިޑްގެ ސަބަބުން މިދެންނެވި ބެކްޓީރިޔާތަކުގެ މިންވަރު އިތުރުވެ، އޭގެ މަސައްކަތް ރަގަޅުވުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ކެލްސިއަމް ނެގުމުގެ ގާބިލިއްޔަތު އިތުރުކުރުވައެވެ. އަދި މިމަސައްކަތުގައި "އިންސިއުލިން" ގެ އެހީތެރިކަން ވެސް ހޯދައެވެ. މީގެ އިތުރުން ދޮންނުވާ ދޮންކޭލުގައި ހަޖަމުނުވާ "ޝޯރޓް ޗެއިން ފެޓީ އެސިޑް"(Short chain fatty acids) ހުރެއެވެ. މިއީ މައިދާގެ އެތެރޭގެ ބަތާނަ ފަށަލައިގެ ސެލްތަކުގެ ދިރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. މައިދާގެ އެތެރޭގެ ބަތާނަ ފުށުގެ ސެލްތަކުގެ ދުޅަހެޔޮކަން އިތުރުވި ވަރަކަށް ހަށިގަނޑަށް ކެލްސިއަމް ކާނާގެ ތެރެއިން ނަގާ މިންވަރު އިތުރުވެ، ރަގަޅުވާނެ އެވެ. ކެލްސިއަމް ހަށިގަނޑަށް ލިބުމަކީ ދަތްތަކާއި ކަށިތައް ވަރުގަދަކޮށްދޭނެ ކަމެކެވެ.
- ދޮންކޭލުގައި ޕޮޓޭސިއަމް ވެސް ހުރެއެވެ. މިއީވެސް ހަށިގަނޑުގެ ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ޕޮޓޭސިއަމް ގިނައިން ހުރުމަކީ ކާނާގެ ތެރެއިން ހަށިގަނޑަށް ވަންނަ ސޯޑިއަމްގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ސޯޑިއަމްގެ މިންވަރު ކޮންޓްރޯލްކޮށް، ހަމަހަމަކޮށްދޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުގައި ކެލްސިއަމް ހިފަހައްޓައި ދިނުމަށް ވެސް އެހީތެރި ވެދެއެވެ. އަދި ކެލްސިއަމް ބޭރުވުން ހުއްޓުވައި، ކަށިފީވުން ކުރިމަތިވުމުގެ ފުރުޞަތު ކުޑަކުރުވައެވެ.
· ގުރުދާގެ ދުޅަހެޔޮކަން ދެމެހެއްޓުން : ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހިމެނުމަކީ، ގުރުދާ ދުޅަހެޔޮކަންމަތީ ދަމަހައްޓައި، ގުރުދާގެ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ. ވަރަށް ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ގަވާޢިދުން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭނުންކުރުމަކީ ގުރުދާގެ ކެންސަރުން ރައްކާތެރިކޮށްދޭ ކަމެކެވެ.
- ދޮންކޭލުގައި ޕޮޓޭސިއަމް ހުރުމަކީ ގުރުދާގައި ހިލަ އުފެދުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ކެލްސިއަމް ކުޑަކަމުދާ ތަކެތީގެ ތެރެއިން ގިނައިން ބޭރުވާނަމަ، ކެލްސިއަމް ކުޑަކަމުދާ ތަކެތީގައި ހަރުލައި، ކެލްސިއަމް އެކުލެވޭ ހިލަ ގުރުދާގައި އުފެދުމުގެ ފުރުޞަތު އޮވެއެވެ.
· ލޭމައްޗަށްދިއުން : ދޮންކޭލަކީ ޕޮޓޭސިއަމް ވަރަށް ގިނައިން ހުންނަ، އަދި ލޮނު ނުވަތަ ސޯޑިއަމް ވަރަށް މަދުން އެކުލެވޭ މޭވާ އެކެވެ. މިއީ ލޭމައްޗަށްދިއުން ފަދަ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕޮޓޭސިއަމް ގިނަ، ސޯޑިއަމް މަދު ކާނާ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭހޮޅިތަކުގައި ސަރުބީޖަހައި، ބެދި ހަރުވުމުން ސަލާމަތްކޮށްދީ، ހާރޓް އެޓޭކްއާއި، ސްޓްރޯކް ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
· މެއިން ދިލަނެގުން : ދޮންކޭލުގައި ތަބީޢީ ގޮތުން ވެސް ބަނޑުގައި އުފެދޭ ވައިގެ މައްސަލަ ރަގަޅުކޮށްދިނުމުގެ ބާރު އެކުލެވިފައި ވެއެވެ. އެހެންކަމުން ބަނޑުގައި ވައިހެދުމުން ދިމާވާ މޭއެންދުން ނުވަތަ މެއިން ދިލަނެގުމުގެ އުދަގޫ ދޮންކެޔޮ ބޭނުންކުރާނަމަ ކުޑަވާކަން ފާހަގަ ކުރެވެއެވެ.
· ހެދުނުގެ ބަލި : މާބަނޑު ދުވަސްވަރު، އެއްފަހަރު ކެއުމާއި އަނެއްފަހަރު ކެއުމާއި ދެމެދު ދޮންކެޔޮ ވަކެއް ބޭނުންކޮށްލުމުން ލޭގައި ހަކުރުގެ މިންވަރު މަތިވެ، މާބަނޑު ދުވަސްވަރު ދިމާވާ ބޯއެނބުރުމާއި، މޭނުބައިކޮށް ހޮނޑުލެވުމުގެ މައްސަލައަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ.
· ދުންފަތުގެ އިސްތިއުމާލުކުރުން : ދޮންކެޔޮ ބޭނުންކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ވެސް ވާގިވެރިވެދޭ ކަމެކެވެ. ދޮންކޭލުގައި ވިޓަމިން ބީ 6 ، ވިޓަމިން ބީ12 ، މެގްނީޒިއަމް، އަދި ޕޮޓޭސިއަމް ހުރެއެވެ. މިއީ ނިކޮޓީން (ދުންފަތުގައި ނިކޮޓީން އެކުލެވެއެެވެ.) ބޭނުންކުރަމުންދާ މީހަކު، އެހުއްޓާލުމުން މެދުވެރިވާ އުދަގޫތަކުން ދުރުވެ، އުދަގޫތައް ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
· ގޮހޮރުގެ ފާރު : ދޮންކޭލަކީ ބަނޑާއި ގޮހޮރުގައި އުފެދޭ ގޭހުގެ މިންވަރު، އަދި ގޮހޮރަށް އެއްޗެއް ވާޞިލްވުމުން ހިލިގަންނަ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. ދޮންކެޔޮ ކެއުމަކީ ބަނޑާއި ގޮހޮރުގެ އެތެރޭ ބަތާނަ ފަށުގައި ހުންނަ ސެލްތަކުން ދަވަ ދޫކުރުމަށް، ބާރުއަޅާ ކަމެކެވެ. މިގޮތަށް ބޭރުވާ ދަވައިގެ ސަބަބުން ބަނޑާއި ގޮހޮރުގެ ބަތާނައިގައި ދަވައިގައި ފަށަލައެއް އުފެދި، ތޫނު އެސިޑްގެ ސަބަބުން ބަތާނައަށް ގެއްލުންވުން ކުޑަކުރުވައެވެ. އަދި މިއީ ވައިގެ އުދަގޫ ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ދޮންކޭލުގައި "ޕްރޮޓިއޭސް އިންހިބިޓާރސް"(Protease inhibitors) ކިޔާ، މާއްދާތަކެއް ހުރެއެވެ. މިއީ ގޮހޮރުގައި ފާރު އުފެއްދުމުގައި ބައިވެރިވާ ބެކްޓީރިޔާ އެއްކަމުގައިވާ "ހެލިކޯބެކްޓަރ ޕައިލޯރި"(Helicobacter pylori) މަރައި، ހަލާކުކޮށްލައި، މައިދާއިން ހުސްކޮށް ނައްތާލުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ.
· ސިކުނޑިއާއި، ނާރުތަކުގެ ދިރުން : ދޮންކޭލަކީ ވިޓަމިން ބީގެ ވައްތަރުތައް ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ވިޓަމިން ބީގެ ވައްތަރުތަކަކީ ހަށިގަނޑުގައި ސިކުނޑިން މޫލައިގެން ނިކުމެ، ހަށިގަނޑުގެ ހަރަކާތްތަކާއި އިހްސާސްތައް ކޮންޓްރޯލްކޮށްދޭ ނާރުތަކުގެ މަސައްކަތަށް ބޭނުންވާ މާއްދާ ތަކެކެވެ. ދޮންކޭލުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ ސިކުނޑީގެ ލޭހޮޅިއެއް ފިތިގެން ނުވަތަ ފަޅައިގެން ގޮސްގެން ސްޓްރޯކްޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ.
- ދިރާސާތަކުން ދައްކާގޮތުގައި ދޮންކެޔޮ ގަވާޢިދުން ބޭނުންކުރުމަކީ ސިކުނޑީގެ މަސައްކަތްތައް ފުރިހަމަވެ، ވިސްނުން ރަގަޅުކޮށްދޭ ކަމެކެވެ. ސަބަބަކީ ދޮންކެޔޮ ބޭނުންކުރުމުން އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ލޭދައުރުވުން ރަގަޅުކޮށްދީ ސިކުނޑިއަށް ލެޔާއެކު އޮކްސިޖަން ފޯރުކޮށްދިނުން އިތުރުވެގެންދާތީ އެވެ.
· މަދިރި ހެފުން : ވަރަށް ގިނަ ރިޕޯޓްތައް ބުނާގޮތުގައި މަދިރި ހަފާތަންތަނުގައި ދޮންކޭލު ތޮށީގެ އެތެރެ ފުށުން އުގުޅުމުން މަދިރި ހެފިތަނުގައި ހުންނަ ކެހުމާއި ހިރުވުން ކަނޑުވައިދީ، އެތަނުގައި އުފެދޭ ދުޅަ ތިރިކޮށް ދެއެވެ.
· ފިއްތުންތައް ކުޑަކުރުން : ދޮންކޭލުގައި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެއެވެ. މިއީ ހިތުގެ ވިންދުޖެހުން ތަރުތީބުކޮށްދީ، ހަށިގަނޑުގެ ފެނުގެ މިންވަރު ހަމަހަމަކަންމަތީ ބަހައްޓައިދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ފިއްތުންތަކުގެ ތެރޭގައި އުޅޭއިރު ހަށިގަނޑުގައި ހުންނަ ޕޮޓޭސިއަމްގެ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ދޮންކެޔޮ ބޭނުންކުރުމަކީ ބޭސް ބޭނުންކުރުމަކާއި ނުލައި ހަށިގަނޑުން އުނިވެގެންދިޔަ، ޕޮޓޭސިއަމްގެ ބައި އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ.
· ސްޓްރޯކް ޖެހުމުގެ ފުރުޞަތު : ދަ ނިއު އިންގްލޭންޑް ޖާރނަލް އޮފް މެޑިސިންގައި ޝާއިޢުކުރި ދިރާސާއެއް ބުނާގޮތުން، ގަވާޢިދުން ދޮންކެޔޮ ކެއުމުގެ ތެރޭގައި ހިމެނުމަކީ، ސްޓްރޯކް ޖެހިގެން މަރުވާ ނިސްބަތް، 40 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ.
· ކެންސަރުން ރައްކާތެރިވުން : ދިރާސާތަކުން ދައްކާގޮތުގައި ގަވާޢިދުން މޭވާ އާއި ތަރުކާރީގެ ބާވަތްތައް ބޭނުންކުރުމަކީ ކެންސަރުގެ ތަފާތު ބާވަތްތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ޚާއްޞަކޮށް މިއީ ގުރުދާގެ ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ވެއެވެ. ދިރާސާއަކުން އެނގިފައިވާ ގޮތުގައި އަންހެނުން ހަފްތާއަކު 6-4 ފަހަރު ދޮންކެޔޮ ބޭނުންކުރާނަމަ، އެމީހުންނަށް ގުރުދާގެ ކެންސަރު ޖެހުމުގެ ފުރުޞަތު 50 އިންސައްތަ ކުޑަވެގެން ދެއެވެ.
· ވިޓަމިން ބީ 6 (ޕައިރިޑޮކްސިން) އެކުލެވިގެންވުން : އެންމެ ދޮންކެޔޮ ވަކެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން ބީ6 ގެ 34 އިންސައްތަ ހުރެއެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް ބޭނުންތެރި މާއްދާ އެކެވެ.
o ވިޓަމިންބީ 6 ގައި ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކާއި، ހަކުރު ބަލި، އަދި އާދަޔާ ޚިލާފަށް މީހާ ފަލަވުން ފަދަ މައްސަލަތަކުން ދުރުވެ، ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.
o ވިޓަމިންބީ 6 އަކީ ހަށިގަނޑުގައި "ލިމްފޮއިޑް ގްލޭންޑް"(Lymphoid gland) ތަކުގެ މަސައްކަތްތައް ރަގަޅަށް ދަމަހައްޓައި ދިނުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. މިބުނި ލިމްފޮއިޑް ގްލޭންޑް ތަކަކީ ތަފާތު އިންފެކްޝަންތަކުން ހަށިގަނޑުގައި ރައްކާތެރިކުރުމަށް ބޭނުންވާ ލޭގެ ހުދުސެލްތައް އުފައްދާ މަރުކަޒު ތަކެކެވެ.
o ވިޓަމިންބީ 6 އަކީ ހަށިގަނޑުގެ އެކި ސެލްތައް އުފެއްދުމަށާއި، ނާރުތަކުގެ ނިޒާމްގެ މަސައްކަތްތައް ހީވާގިކަމާއެކު، ހިންގުމަށް ވަރަށް ބޭނުންތެރި މާއްދާ އެކެވެ.
· ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުން : ކަސްރަތެއް ކުރަން ފެށުމުގެ ކުރިން ދޮންކެޔޮ ކެއުމަކީ ރަގަޅު ކަމެކެވެ. ދޮންކޭލުގައި ތަފާތު 3 ވައްތަރެއްގެ ހަކުރުގެ ބާވަތްތައް ހުރެއެވެ. އެއީ "ފްރަކްޓޯޒް"، "ގުލްކޯޒް" އަދި "ސުކްރޯޒް" އެވެ. މިއީ ހަށިގަނޑުގައި ވަރަށް ފަސޭހައިން ހަކަތައަށް ބަދަލުވާ ހަކުރުގެ ސާދާ ބާވަތްތަކެކެވެ. މިސަބަބާހުރެ ކުޅިވަރު ކުޅޭ ބައެއް ފަރާތްތަކުން ކުޅިވަރުގެ ތެރޭގައި ލިބޭ ހުސްވަގުތުގައި ދޮންކެޔޮ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
· ހިތުގެ މަސައްކަތް ދުޅަހެޔޮކަންމަތީ ބެހެއްޓުން : ދޮންކޭލުގައި ފައިބަރު ހުރުމަކީ ހިތުގެ ލޭހޮޅިތަކުގެ ބަލިތަކުން ދިފާޢުވުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި ދޮންކޭލުގައި ޕޮޓޭސިއަމް ގިނައިން ހުރެފައި، ސޯޑިއަމް މަދުން ހުރުމަކީ، ލޭމައްޗަށްދިއުން ކޮންޓްރޯލްކޮށް ލޭގެ ޕްރެޝަރު ދަށްކޮށްދޭނެ ކަމެކެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގެ އެތެރެއާއި ބޭރުގައިވާ މަސްތައް އެކިއެކި ހަރަކާތްތައް ގެނައުމުގައި ކުރުގެޅި، ފިތި ހެދުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މިހެން ކަމުން ހަޖަމުކުރާ ނިޒާމް އަދި ލޭދައުރުކުރާ ނިޒާމްގެ ބައިތަކުގެ އެތެރޭގައި ހުންނަ މަޑުމަހުގެ ފަށަލަ ކުރުގެޅި، ފިތި ހެދުމަށް ޕޮޓޭސިއަމްގެ އެހީތެރިކަން ހޯދައެވެ. އަދި ޕޮޓޭސިއަމް އަކީ ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ވެސް ކޮންޓްރޯލްކޮށްދޭ މާއްދާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގައި ޕޮޓޭސިއަމް އާއި ފައިބަރު ގިނައިން ހިމެނޭ ބާވަތްތައް އެކުލެވިގެންވުމަކީ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތައް މެދުވެރިވުމުން ދުރުކޮށްދޭނެ ކަމެކެވެ.
· އެހެނިހެން ކަންތައްތައް :-
o ދޮންކޭލަކީ ހުރިހާ އުމުރަކާއި ވެސް ގުޅޭ ހަށިގަނޑަށް ހަކަތަ އާއި ބާރު ގެނެސްދޭ މޭވާ އެކެވެ. ހަށިގަނޑުން އުފައްދައިނުދޭ އެކަމަކު ހަށިގަނޑަށް ބޭނުންވާ ތަފާތު 8 އަމިނޯ އެސިޑެއް ދޮންކޭލުގައި އެކުލެވިގެން ވެއެވެ. މައިދާއާއި، ގޮހޮރުގައި އުފެދޭ ފާރު ފަސޭހަކުރުމާއި، ހަޖަމު ރަގަޅު ކުރުން، ބޭރަށް ހިންގުން، އަދި ލޭގެ ކޮލެސްޓީރޯލްގެ މިންވަރު ދަށްކުރުމުގައި ދޮންކެޔޮ އެހީތެރިވެދެއެވެ.
o ޕޮޓޭސިއަމް،ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން ބީ6 ވެސް ދޮންކޭލުގައި އެކުލެވިގެންވެއެވެ. ދޮންކެޔޮ ދޮންވުމުން އޭގައި ހިމެނޭ ސްޓާޗް ގެ ބައި ހަކުރަށް ބަދަލުވެއެވެ. އެހެންކަމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ސާބިތު ކަންމަތީ ދެމެހެއްޓުމަށް ދޮންކެޔޮ އެހީތެރިވެދެއެވެ.
o ނިލިކޮން ހުއްޓައި ދޮންކެޔޮ ކެއުމަށްވުރެ ބޮޑަށް އެދެވިގެންވަނީ ދޮންކެޔޮ ހުއްޓައި ކެއުން ކަމުގައި ބެލެވެއެވެ. އެއީ ނިލި ދޮންކޭލުގައި އެކުލެވޭ ސްޓާޗް ގެ ސަބަބުން ހަޖަމުކުރަން އުދަގޫވުން ފަދަ ކަންތައް ކުރިމަތިކުރުވާތީ އެވެ.
މައުލޫމާތު:-
No comments:
Post a Comment