Tuesday, October 4, 2011

ފާގަ

ފާގަ
ފާގަ އަކީ މަޑު ފޮނި ރަހައެއް ދޭ އެއްޗެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ވެސް ބެލެވިދާނެ އަދި ތަރުކާރީއެއްގެ ގޮތުގައި ވެސް ބެލެވިދާނެ ބާވަތެކެވެ. ފާގައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. ދޮންވުމުން ރީނދޫ އަދި ރަތް ކުލައިގައި ފާގަ ހުންނަކަން ފާހަގަ ކުރެވެއެވެ. އެކި ސައިޒުގެ ފާގަ ވެސް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ.
ދިވެހި ނަން : ފާގަ
އިގިރޭސި ނަން : Bitter Gourd
ޢިލްމީ ނަން : Momordica Charantia
ފާގައިގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
17 ކިލޯކެލަރީ
ސޯޑިއަމް
5 މިލިގްރާމް
ކާބޯހައިޑްރޭޓް
3.70 މިލިރާމް
ޕޮޓޭސިއަމް
296 މިލިގްރާމް
ޕްރޮޓީން
1 ގްރާމް
މަޢުދަންތައް
ފެޓް
0.17 ގްރާމް
ކެލްސިއަމް
19 މިލިގްރާމް
ފައިބަރު
2.80 ގްރާމް
ކޮޕަރ
0.034 މިލިގްރާމް
ވިޓަމިންތައް
ދަނގަޑު
0.43 މިލިގްރާމް
ފޮލިކް އެސިޑް
72 މައިކްރޯ ގްރާމް
މެގްނީޒިއަމް
17 މިލިގްރާމް
ނިއެސިން
0.400 މިލިގްރާމް
މެންގަނީޒް
0.089 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.212 މިލިގްރާމް
ފޮސްފަރަސް
-          
ޕައިރިޑޮކްސިން
0.043 މިލިގްރާމް
ސިލެނިއަމް
-          
ރައިބޯފްލެވިން
0.040 މިލިގްރާމް
ޒިންކް
0.80 މިލިގްރާމް
ތިއެމިން
0.040 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
471 އައިޔޫ
ކެރޮޓީން އަލްފާ
185 މައިކްރޯ ގްރާމް
ވިޓަމިން ސީ
84 މިލިގްރާމް
ކެރޮޓީން ބީޓާ
190 މައިކްރޯ ގްރާމް
ވިޓަމިން އީ
-          
ކްރިޕްޓޯ ޒެންތިން ބީ
-          
ވިޓަމިން ކޭ
-          
ލޫޓީން-ޒިއެޒެންތިން
170 މައިކްރޯ ގްރާމް


ލައިކޯޕީން
-           
ފާގައިން ލިބޭ ޞިއްޙީ ފައިދާތައް
·         ވިޓަމިން ސީ ގިނައިން ހުރުން : ފާގައި ގައި ވިޓަމިން ސީ ވަރަށް ގިނައިން ހުރެއެވެ. މިހެން ވުމުން :-
o       ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o       ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o       ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o       ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o       އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o       ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
o       ދަގަނޑު ހަށިގަނޑަށް ނެގުމަށް މަގުފަހިކުރެއެވެ.
o       ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެއެވެ.
o       ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
o       ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދެއެވެ.
o       ކުދި ލޭހޮޅިތަކާއި ލޭނާރުތައް ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް އެހީތެރި ވެދެއެވެ.
o       އަނގަފާރުން ރައްކާތެރިކޮށް ދެއެވެ.
·         ހަކުރު ބަލި : ފާގައިގައި ފައިޓޯނިއުޓްރިއެންޓް އެއް ކަމުގައިވާ "ޕޮލީޕެޕްޓައިޑް ޕީ" ހުރެއެވެ. މިއީ ގަސްގަހާ ގެހިން އުފައްދާ "އިންސިއުލިން"ގެ ބާވަތެކެވެ. އަދި މިއީ ލޭގެ ހަކުރުގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ވެސް ފާގައިގައި ހަކުރު ދަށްކުރުވަނިވި މާއްދާއެއް ކަމުގައިވާ "ޗެރެންޓިން" ހުރެއެވެ. ޗެރެންޓިން އަކީ ސަރުބީ އެކުލެވޭ ޓިޝޫތަކާއި، މަސްތަކަށް، އަދި ފުރަމެޔަށް، ގުލްކޯޒު ނަގާ މިންވަރު މަތިކޮށް، ގްލައިކޯޖަން އުފެދޭ މިންވަރު އިތުރުކޮށްދޭ މާއްދާ އެކެވެ.
-          ޢިލްމީ މަދުހެކިތަކާ އެކު ވެސް ގަބޫލުކުރެވިފައިވާ ގޮތުގައި، ފާގަ އަކީ ހަކުރު ބަލީގެ މީހުންނަށް ފައިދާހުރި މޭވާ އެކެވެ. އިޓަލީގެ ބޮލޯނާ ޔުނިވަސިޓީގެ ދިރާސާކުރާ ފަރާތްތަކުން ފަތްޕިލާވެލީގެ ބޭސްވެރިކަންކުރާ 720 ފަރާތްކާއި ހަކުރު ބަލި ޖެހިފައިވާ މީހުންނަށް އެންމެ ރަގަޅު ފަތްޕިލާވެލީގެ ބާވަތަކީ ކޮބައިތޯ ސުވާލު ކުރިއެވެ. އެގޮތުން ދިރާސާގައި ބައިވެރިވި ފަރާތްތަކުން ތަފާތު 10 ވައްތަރެއްގެ ފަތްޕިލާވެލީގެ ބާވަތްތައް ހިމަނާފައިވާއިރު އޭގެތެރޭގައި ފާގަ ހިމެނެއެވެ. ޗައިނާގައި ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ހަކުރު ބައްޔަށް ފަރުވާކުރުމަށް ފާގަ ބޭނުންކުރާތާ އެތައް އަހަރެއްވަނީ ވެފައެވެ. އަދި އޭޝިޔާގެ ހުރިހާ ހިސާބެއްގައި ވެސް ހަކުރު ބައްޔަށް ފަރުވާ ކުރުމަށް ފާގަ ބޭނުންކުރުމަކީ އާންމު ކަމެކެވެ. ފާގަ ދިޔައިގައި ހިމެނޭ ބައިތަކަކީ ޖަނަވާރުންގެ ގައިން އުފައްދާ އިންސިއުލިން އާއި އެެއްގޮތް ސިފަތަކެއް ހުރި އެއްޗެކެވެ. ފާގައިގައި ހަކުރު ދަށްކުރަނިވި އަސަރު(Hypoglycemic effect) ހުރިކަމަށް މަދު ދިރާސާތަކަކުން ހާމަވެފައިވެއެވެ.
-          ފާގަ ފަންޏަކީ ލޭގައި އިންސިއުލިންގެ ނިސްބަތް މަތިކުރުމެއްނެތި، "ގުލްކޯޒު ޓޮލެރެންސް" ގެ މިންވަރު ރަގަޅުކުރާ އެއްޗެއްކަމަށް ވަނީ ހޯދިފައެވެ.

·         ކެންސަރުން ރައްކާތެރިކުރުން : ފާގައިގައި ބާރުގަދަ އެންޓި އޮކްސިޑެންޓްގެ ގޮތުގައި ގުނާލެވޭ، ވިޓަމިން އޭ، ވިޓަމިން ސީ ، އަލްފާ ކެރޮޓީން، އަދި ބީޓާ ކެރޮޓީން ހުރެއެވެ. މީގެ އިތުރުން "ލޫޓީން"(Lutein)، އަދި، "ޒިއެޒެންތިން"(Zeaxanthin)، ހުރެއެވެ. މިމާއްދާތަކުގެ ސަބަބުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށް ދެއެވެ. ފްރީ ރެޑިކަލްތަކަކީ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށް، ހަށިގަނޑުގެ އެކި ހިސާބުގައި ކެންސަރަށް މަގުފަހިކުރުވަނިވި ގަނޑުތައް އުފައްދާ މާއްދާ ތަކެކެވެ. ފާހަގަކުރެވިފައިވާ ގޮތުގައި ކުރިން ބަޔާންކުރެވުނު އެންޓި އޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާތަކުގެ ސަބަބުން ކެންސަރުން ދުރުކޮށްދެއެވެ. ބުނެވޭގޮތުގައި ފާގަ ކެއްކުމުން އޭގެ ކެމިކަލްތަކުގެ ބައި ބަދަލުވެ، އެންޓި އޮކްސިޑެންޓްގެ ގޮތުގައި ހުންނަ ބައިގެ ނިސްބަތް މަތިވެގެން ދެއެވެ.
-          ފާގަ ދިޔައިގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހުރެފާނެ ކަމަށް މީދާ ބޭނުންކޮށްގެން ހަދާފައިވާ ބައެއް ދިރާސީ ހޯދުންތަކަށްފަހު، ލަފާދީފައި ވެއެވެ. ފާގަ އޮށުން ތައްޔާރުކުރާ ތެލަކީ "އެޒޮކްސީމީތޭން" ކިޔާ މާއްދާއެއްގެ ސަބަބުން ގޮހޮރުގައި ކެންސަރު އުފެދުމުގެ ފުރުޞަތު ކުޑަކުރާ އެއްޗެެކެވެ. އެއީ މިތެލުގައި "113-ކޮންޖުގޭޓެޑް ލިނޯލެނިކް އެސިޑް"(113-conjugated linolenic acid) ހުންނަ މިންވަރު މަތިކަމުންނެވެ. އޭގެ ފަހުން ފާގަފަތުގެ ދިޔަ ބޭނުންކޮށްގެން ޕްރޮސްޓޭޓް ކެންސަރާއި ދެކޮޅަށް މަންފާއެއް ޙާޞިލްކުރެވިދާނެ ކަމަށް އެހެން ދިރާސާއަކުން ލަފާދީފައި ވެއެވެ.

·         ހަށިގަނޑުގެ ސަރުބީ ދަށްކުރުން : ފާގައިގައި ސަރުބީ ދަށްކުރުމުގެ ބާރު ހުރެފާނެކަމަށް ބެލެވެއެވެ. ބައެއް ވައްތަރުގެ ފާގަ އާއި މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހަށިގަނޑުގައި ހުންނަ ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލައިސެރައިޑް"(Triglyceride) ގެ ނިސްބަތް އެދިރާސާގައި ބޭނުންކުރި ވައްތަރުގެ ފާގަ ކެއުމުން ދަށްވެގެން ދެއެވެ.
·         އެހެނިހެން ބައެއް ފައިދާތައް:-
o       ލޭގެ ބަލިތައް : ލޭވިހަވުމުން ގައިކަހައި ހިރުވައި، މުލިހިނެގުން ފަދަ ކަންތައްތަކަށް ފަރުވާކުރުމަށް ފާގަ ފަންޏަކީ ވަރަށް ފައިދާހުރި އެއްޗެއްކަމަށް ބުނެވެއެވެ. ދެއައުންސްގެ ފާގަ ފަނިކޮޅަކާއި، ކުޑަ ލުނބޯ ފަނިކޮޅެއް އެއްކޮށްލާށެވެ. އެއަށްފަހު ހައިބަނޑާހުރެ، މަދުމަދުން ބޮމުން ގެންދާށެވެ. 6-4 މަހާއި ދެމެދުގެ މުއްދަތަށް ބޭނުންކުރާށެވެ. މަޑުމަޑުން ނަތީޖާ ފެންނާނެ އެވެ. މީގެ އިތުރުން ލޭގެ ތެރޭގައި ހުންނަ ވިހަ ސާފުވެސް ކޮށްދެއެވެ. އެގޮތުން ދުވާލަކު 2 ސައިސަމުސާ ފާގަ ފަނި ބޭނުންކުރުމަކީ ފުރަމޭ ވިހަތަކުން ސާފުކޮށްދޭނެ ކަމެކެވެ.
o       ކޮލެރާ : ކޮލެރާޖެހޭތާ ކުރީކޮޅު، 2 ސައިސަމުސާ ފާގަ ފަތުދިޔަ، 2 ސައިސަމުސާ ހުދުފިޔާގެ ފެން، 2 ސައިސަމުސާ ލުނބޯޖޫސް އެއްކޮށްގެން ރަގަޅުވަންދެން ބޭނުންކުރަމުން ގެންދާށެވެ.
o       ހަކަތައާއި ބާރު : ގަވާޢިދުން ފާގަ ފަނި ބޭނުންކުރުމަކީ ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ކަމެކެވެ. އަދި އަރާމުކަމާއެކު ފަސޭހައިން ނިދާލުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.
o       ފުރަގަސްފަރާތު ބަލި : 3 ސައިސަމުސާ ފާގަފަތު ދިޔަ ބަޓަރމިލްކް ތައްޓަކާއި އެއްކޮށްގެން މަސް ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހަކު ހައިބަނޑާހުރެ ބޭނުންކުރާށެވެ. މަޑުމަޑުން ނަތީޖާ ފެންނާނެއެވެ. އަދި ފާރު ފަސޭހަ ކުރުމަށް ފާގަވެލުގެ މޫ ޗިސްކޮށްފައި ފުރަގަސްފަރާތް ފޭބުމުން ބޭރަށް ފެންނަން ހުރި ފާރު ގަނޑުގައި އުގުޅާށެވެ.
o       ސޮރައިސިސް : ގަވާޢިދުން ފާގަ ފަނި ބޭނުންކުރުމަކީ ސޮރައިސިސް އާއި އަދި ދަދު ފަދަ ފަންގަސް އިންފެކްޝަންތަކާއި، އަދިވެސް އެހެނިހެން ހަމުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.

މަޢުލޫމާތު:-

No comments:

Post a Comment