Monday, October 3, 2011

ޔޫސުފުއަފަންދީ

ޔޫސުފުއަފަންދީ
ޔޫސުފުއަފަންދީ އަކީ ހުތްމޭވާގެ ޢާއިލާއަށް ނިސްބަތްވާ ނާރިނގު ނުވަތަ ފޮނިލުބޯގެ ވައްތަރެކެވެ. މީގެ ތަފާތު އެތަކެއް ވައްތަރުތައް ހުރެއެވެ. އިގިރޭސި ބަހުން "މެންޑަރިން އޮރެންޖު"، "ޓެންގެރިން"، "ކްލެމެންޓިން"، "ޓެންގިލޯ"، "ޓެންގޯރ" އަކީ ދިވެހި ބަހުގައި ނަމަ "ޔޫސުފުއަފަންދީ" އެވެ. ޔޫސުފުއަފަންދީ އަކީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑްގައި ހިމަނައިގެންނާއި، ޖޫސްގިރައިގެންނާއި، ފޮނިކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.
ދިވެހި ނަން : ޔޫސުފުއަފަންދީ
އިގިރޭސި ނަން : Mandarin / Tangerine / Clementine
ޢިލްމީ ނަން : Citrus Reticulata / CitrusTangerina
ޔޫސުފުއަފަންދީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
53 ކިލޯކެލަރީ
ސޯޑިއަމް
2 މިލިގްރާމް
ކާބޯހައިޑްރޭޓް
13.34 ގްރާމް
ޕޮޓޭސިއަމް
166 މިލިގްރާމް
ޕްރޮޓީން
0.81 ގްރާމް
މަޢުދަންތައް
ފެޓް
0.31 ގްރާމް
ކެލްސިއަމް
37 މިލިގްރާމް
ފައިބަރު
1.8 ގްރާމް
ކޮޕަރ
42 މައިކްރޯ ގްރާމް
ވިޓަމިންތައް
ދަނގަޑު
0.15 މިލިގްރާމް
ފޮލިކް އެސިޑް
16 މައިކްރޯ ގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.376 މިލިގްރާމް
މެންގަނީޒް
0.039 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.216 މިލިގްރާމް
ފޮސްފަރަސް
-           
ޕައިރިޑޮކްސިން
0.076 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.036 މިލިގްރާމް
ޒިންކް
0.07 މިލިގްރާމް
ތިއެމިން
0.058 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
681 އައިޔޫ
ކެރޮޓީން އަލްފާ
101 މައިކްރޯ ގްރާމް
ވިޓަމިން ސީ
26.1 މިލިގްރާމް
ކެރޮޓީން ބީޓާ
155 މައިކްރޯ ގްރާމް
ވިޓަމިން އީ
0.20 މިލިގްރާމް
ކްރިޕްޓޯ ޒެންތިން ބީ
407 މައިކްރޯ ގްރާމް
ވިޓަމިން ކޭ
0 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
138 މައިކްރޯ ގްރާމް


ލައިކޯޕީން
0 މައިކްރޯ ގްރާމް
ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.
ޔޫސުފުއަފަންދީ އިން ލިބޭ ޞިއްޙީ ފައިދާތައް
·         އެންޓި އޮކްސިޑެންޓް ހުރުމުގެ ފައިދާ : އެހެން ހުތް މޭވާތަކެކޭ އެއްފަދައިން ޔޫސުފުއަފަންދީ އަކީ ވިޓަމިން ސީ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. ވިޓަމިން ސީ އަކީ ދިފާޢީ ބާރު ވަރުގަދަކޮށްދޭ މާއްދާ އެކެވެ. ވިޓަމިން ސީ ދިފާޢީ ބާރު ގަދަކޮށްދެނީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ސެލްތައް ހިމާޔަތްކޮށް ރައްކާތެރި ކޮށްގެންނެވެ. ފްރީ ރެޑިކަލް އަކީ ހަށިގަނޑުގެ އެތެރޭގައި ހުންނަ މާއްދާތައް އެކަތި އަނެކައްޗާއި، ރިއެކްޓްވެގެން ހިންގާ "އޮކްސިޑޭޝަން"(Oxidation) ގެ މަސައްކަތުގެ ތެރެއިން، އުފެދިގެން އަންނަ "ޒައްރާ"(Atom) އެކެވެ. އޮކްސިޑޭޝަން ގެ ތެރެއިން އުފެދިގެން އަންނަ ފްރީ ރެޑިކަލް ތަކަކީ ހަށިގަނޑުގެ ސެލްތައް މަރުވުމަށް މަގުފަހިކުރުވާ ނުވަތަ ބާރުއަޅާ އެއްޗެކެވެ. ވިޓަމިން ސީ އަކީ އެންޓި އޮކްސިޑެންޓަކަށް ވުމުން ފްރީ ރެޑިކަލްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު އެއަށް ލިބިފައި ވެއެވެ. މީގެ އިތުރުން ދިފާޢީ ބާރު ވަރުގަދަވުމަކީ ތަފާތު ބަލިތަކަށް ހުށަހެޅުން ދުރުކޮށްދީ، އަދި ބަލިވެއްޖެނަމަ އަވަހަށް ފަސޭހަވުމަށް މަގުފަހިވާ ކަމެކެވެ. ފްރީ ރެޑިކަލްތަކުން ހިމާޔަތްވެގެން ވުމަކީ އުމުރުން ދުވަސްވުން ލަސްކޮށް، ތަފާތު ކެންސަރުތަކުން މިންޖުވުމަށް އެހީތެރިވެދޭ ކަމެކެވެ.
·         ހަޖަމުކުރުމަށް ލިބޭ ފައިދާ : ޔޫސުފުއަފަންދީ ގައި "ޕެކްޓިން" (Pectin)ކިޔާ އޮލިގޯސެކެރައިޑް އެއް ހުރެއެވެ. އެމެރިކަން ސޮސައިޓީ އޮފް މައިކްރޯބަޔޮލޮޖީ އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ކާތަކެއްޗާއެކު ޕެކްޓިން ހަށިގަނޑަށް ދިއުމުން، ގޮހޮރުގެ ތެރޭގައި ޕެކްޓިން "ފާރމެންޓް"ވެ، ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާގެ އަދަދު ގޮހޮރުގެ ތެރޭގައި އިތުރުކުރުވައެވެ. މީގެ އިތުރުން ޔޫސުފުއަފަންދީ ބޭނުންކުރުމަކީ، ގޮހޮރުގެ ތެރޭގައި ހަޖަމުކުރުމަށް ބޭނުންވާ ދިޔަތައް ދައުރުވުމަށް އެހީތެރިވެދީ، ބަނޑުގެ ތެރޭގައި އެސިޑް އާއި، ބައިލްގެ މިންވަރު، އެއްގޮތެއްގައި ހިފަހައްޓައިދޭ ކަމެކެވެ. އެހެންކަމުން މިއީ ބަނޑާއި މައިދާގެ މައްސަލަތަކަށް ލުއިކަން ލިބޭނެ ކަމެކެވެ.
·         ހަށިގަނޑުގެ ސަރުބީ ދަށްވުމުގެ ފައިދާ : ޔޫސުފުއަފަންދީގެ ދެފޮތި ދެމެދުގައި، ހުދުކުލައިގެ ފައިބަރު ޓިޝޫ ހުރެއެވެ. ފެނަށްގިރޭ ވައްތަރުގެ ފައިބަރުން މުއްސަދި މިފަށަލަ އަށް ކިޔަނީ "ލެމެލާ" އެވެ. ފެނަށްގިރޭ ވައްތަރުގެ ފައިބަރުން މުއްސަދި ކެއުމަކުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ލޭގައި ހުންނަ ސަރުބީގެ މިންވަރު ދަށްކުރުމެވެ. ފެނަށްގިރޭ ވައްތަރުގެ ފައިބަރު ސަރުބީގެ މިންވަރު ދަށްކުރަނީ، (ކާތަކެއްޗާއެކު ހަޖަމުވެގެން ގޮހޮރަށް ދިއުމުން)، ބޯޖެލީ-ގަނޑެއް ފަދަ އެއްޗެއް ގޮހޮރުގައި އުފައްދައިގެންނެވެ. މިޖެލީގަނޑު ފަދަ މާއްދާގެ ސަބަބުން، ކާތަކެތީގައި ހިމެނޭ ސަރުބީ ހަށިގަނޑަށް ދަމާ(ނަގާ) މިންވަރު ދަށްކޮށް، އަދި ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރެއެވެ. ދުވާލެއްގެ މައްޗަށް ފެނަށްގިރޭ ފައިބަރުގެ 25-10 މިލިގްރާމް އާއި ދެމެދުގެ މިންވަރެއް އިންސާނާއަށް ބޭނުން ވެއެވެ

·         ބަރުދަން އެއްހަމައެއްގައި ހިފެހެއްޓުން : ކާނާގެ ހުރިހާ ބާވަތްތަކެއް ހިމެނޭ ކެއުމެއް ޚިޔާރުކުރުމަކީ ހަށިގަނޑުގެ ބަރުދަން ހެޔޮވަރު މިނެއްގައި ބެހެއްޓުމަށް ބޭނުންތެރި ކަމެކެވެ. އެގޮތުން މޭވާއާއި ތަރުކާރީ ކެއުމުގައި ހިމަނަން ޖެހެއެވެ. ޔޫސުފުއަފަންދީ ގައި ފައިބަރު ގިނަ މިންވަރަކަށް ހުރުމުން، ޔޫސުފުއަފަންދީ ކެއުމުން އެތަކެއް އިރެންވަންދެން ފުރިފައި ހުންނަހެން ހީވާނެއެވެ. މިގޮތަށްވުމުން ކެވޭ ނިސްބަތް ދަށްވެ، ބަރުދަނަށް އޭގެ އަސަރުކުރާގޮތް ވެއެވެ.
·         ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ހަށިގަނޑުގައި ޖަރާސީމްގެ ސަބަބުން ޖެހޭ ތަފާތު ބަލިތައް ފަތުރުމުގައި ބޮޑު ދައުރެއް އަދާކުރާ "ސްޓެފައިލޯކޯކަސް ޔޫރިއަސް" އޭ ކިޔޭ ޖަރާސީމަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ޔޫސުފުއަފަންދީ އަށް ލިބިފައި ވެއެވެ. ޔޫސުފުއަފަންދީ ބޭނުންކޮށްގެން ހަދާފައި ހުންނަ ތެލުގައި ވެސް ޖަރާސީމާއި ދެކޮޅަށް މަސައްކަތްކުރާ މުހިއްމު ބައިތަކެއް ހިމެނިފައި ހުރުމުން ، ތަފާތު ޖަރާސީމުންޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި، މީގެ ތެޔޮ ވެސް ބޭނުން ކުރެވެއެވެ.
·         ތަދުތަކާއި ރިހުންތައް : ހަށިގަނޑުގައި އުފެދޭ ތަދާއި ރިހުން ކެނޑުވުމަށް ވެސް ޔޫސުފުއަފަންދީ އަކީ އެހީތެރިކަން ފޯރުކޮށްދޭ އެއްޗެކެވެ. މަސްގުޅަކެއުމުގެ މައްސަލަ ދިމާވަނީ ހަމައެކަނި ބޭރުފުށުން ފެންނަން ހުންނަ، މަސްތަކަކަށް ނޫނެވެ. އެކަމަކު ނާރުތަކުގެ ނިޒާމާއި، ހަޖަމުކުރާ ނިޒާމް، އަދި ނޭވާލާ ނިޒާމްގެ ބައިތަކަށް ވެސް މިކަމުގެ އަސަރު ކުރެއެވެ. ޔޫސުފުއަފަންދީ ބޭނުންކުރުމަކީ މިދެންނެވި ބައިތައް ހަމައަކަށް އަޅުވައިދޭ ކަމެކެވެ. އަދި މިމޭވާ ބޭނުންކުރުމަކީ، ހިތްހަމަ ނުޖެހުމާއި، ނުތަނަވަސްކަމާއި، ހާސްކަން ފިލުވައިދީ، ފިއްތުންތަކާއި ދުރުކޮށް، މީހާ ހަމައަކަށް އަޅުވައިދޭ  ކަމެކެވެ.
·         ރަގަޅު ސައިޓޯފައިލެކްޓިކް އެއް : ސައިޓޯފައިލެކްޓިކްސް(Cytophylactics) އަކީ ހަށިގަނޑުގެ އެތެރޭގައި ސެލްތައް ބައިބައިގެން، އާސެލްތައް އުފެދުމަށް ބާރުއަޅާ މާއްދާ ތަކެވެ. ޔޫސުފުއަފަންދީ ގައި މިކަމަށް ބާރުއަޅާ މާއްދާތައް ހިމެނެއެވެ. އަދި ހަށިގަނޑުގެ ތެރޭގައި ހަލާކުވެފައި ހުންނަ ސެލްތައް މަރާމާތުކޮށް ރަގަޅުކުރުމުގައި ވެސް ޔޫސުފުއަފަންދީ ބޭނުންކުރުން އެހީއަކަށް ވެއެވެ.
·         ލޭސާފުކުރުން : ޔޫސުފުއަފަންދީ އާއި މެދު ބެލެވެނީ ލޭސާފުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވެ، އިތުރުވެފައި ހުންނަ ލޮނާއި، ޔޫރިކް އެސިޑް، ފެނާއި، އެހެނިހެން ވިހައިގެ ބާވަތްތައް ހަށިގަނޑުން ބޭރުކުރުމުގައި ޔޫސުފުއަފަންދީ ބޭނުންކުރުން އެހީއަކަށް ވެއެވެ. އަދި ލޭގެ ރަތް ސެލްތަކުގައި ހުންނަ ދަގަނޑުގެ ބައިގެ ތެރޭގައި އޮކްސިޖަން އުފުލާ ނިސްބަތް މަތިކޮށް، ލެއަށް ތާޒާކަން ގެނެސްދެއެވެ.
·         ކެންސަރުން ރައްކާތެރިވުން : ޔޫސުފުއަފަންދީ ގައި ތަފާތު އެންޓި އޮކްސިޑެންޓްތައް ހުރެއެވެ. އެގޮތުން ވިޓަމިން ސީ އަދި ބީޓާ ކްރިޕްޓޯޒެންތިން ހުންނަކަން ފާހަގަ ކުރެވެއެވެ. ވިޓަމިން ސީ އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ އެއްޗަކަށްވުމުން، މިއީ ކެންސަރުޖެހުމާއި ދުރުކޮށްދޭނެ ކަމަކަށް ވެގެން ދެއެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ބީޓާ ކްރިޕްޓޯޒެންތިން ގިނަ ކެއުމެއް ބޭނުންކުރުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު 30 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ.
-          ޔޫސުފުއަފަންދީ ގައި ފްލޭވޮނޮއިޑް ތައް ވެސް ހުރެއެވެ. އެގޮތުން ހުންނަ އެއް ފްލޭވޮނޮއިޑް އަކީ "ހެސްޕެރިޑިން"(Hesperidin) އެވެ. މިއީ އެންޓި އޮކްސިޑެންޓެއްގެ އިތުރުން، ވައިރަސް، ބެކްޓީރިޔާ، އަދި އެލާރޖީއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން ލިބިފައިވާ މާއްދާ އެކެވެ. އަދި މިއީ ވެސް ކެންސަރުން ރައްކާތެރިވުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.
-          ޔޫސުފުއަފަންދީގެ ތޮށިގަނޑުގައި ގިނައަދަދަކަށް ހުންނަ، "ޓެންގިރެޓިން"(Tangerine)، އަދި "ނޮބިލިޓިން" (Nobilitin)އަކީ ބަލިތަކާއި ދެކޮޅަށް ހަނގުރާމަކުރާ ފްލޭވޮނޮއިޑް ތަކެކެވެ. މިއީ ކެންސަރުން ރައްކާތެރިކޮށްދީ، ފަލަބަލިން މިންޖުކޮށްދީ، ސަރުބީ ދަށްކޮށްދޭ މާއްދާ ތަކެކެވެ. ޖަޕާންގައި ހަދާފައިވާ ދިރާސާއަކުން އެނގުނުގޮތުގައި ޓެންގިރެޓިން ގެ ސަބަބުން ލޭގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވައެވެ. ބޭސްތަކާ ޚިލާފަށް ޓެންގިރެޓިން، ދުޅަހެޔޮ ސެލްތަކަށް ގެއްލުމެއް ނުދެއެވެ.
·         އެހެނިހެން ކަންތައްތައް : ބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުން ޔޫސުފުއަފަންދީ ބޭނުންކުރުމުން ލުއިކަން ލިބޭ ކަންތައްތަކުގެ ތެރޭގައި، ފަލަބަލި، ނޭވާހިއްލުން، ނިއުމޯނިޔާ، ރާއްޖެބަލި، އަދި ލޭމައްޗަށް ދިއުން ފަދަ ބަލިތައް ހިމެނެއެވެ.
ނޯޓް: ޔޫސުފުއަފަންދީ އަކީ ނާރިނގު އާއިލާގައި ހިމެނޭ ހުތް މޭވާއަކަށް ވުމުން ނާރިނގުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ.
މަޢުލޫމާތު:-
http://www.brighthub.com/health/alternative-medicine/articles/52632.aspx

No comments:

Post a Comment