Monday, October 3, 2011

ބަނބުޅަބޮސް


ބަނބުޅަބޮސް
ބަނބުޅަބޮސް އަކީ ނާރިނގު، ނިޔަދުރު، ލިބޯ، ބޮޑު ލުބޯ، އަދި ފޮނި ލުބޯ ނިސްބަތްވާ ހުތްމޭވާ އާއިލާގެ މެންބަރެކެވެ. މިއީ ރޯމޭވާގެ ގޮތުގަޔާއި، ފަނިގިރައިގެން، އަދި ސަލަޑް އާއި، ފޮނިކާތަކެތީގައި ހިމަނައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ.

ދިވެހި ނަން : ބަނބުޅަބޮސް
އިގިރޭސި ނަން : Pomelo
ޢިލްމީ ނަން : Citrus Maxima / Citrus Grandis
ބަނބުޅަބޮސްގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
37 ކިލޯކެލަރީ
ސޯޑިއަމް
1 މިލިގްރާމް
ކާބޯހައިޑްރޭޓް
9.2  ގްރާމް
ޕޮޓޭސިއަމް
205 މިލިގްރާމް
ޕްރޮޓީން
0.8 ގްރާމް
މަޢުދަންތައް
ފެޓް
0.2 ގްރާމް
ކެލްސިއަމް
4 މިލިގްރާމް
ފައިބަރު
1.2 ގްރާމް
ކޮޕަރ
-           
ވިޓަމިންތައް
ދަނގަޑު
0.1 މިލި ގްރާމް
ފޮލިކް އެސިޑް
-           
މެގްނީޒިއަމް
6 މިލިގްރާމް
ނިއެސިން
0.2 މިލިގްރާމް
މެންގަނީޒް
-           
ޕެންތޮނިކް އެސިޑް
-           
ފޮސްފަރަސް
17 މިލިގްރާމް
ޕައިރިޑޮކްސިން
-           
ސިލެނިއަމް
-           
ރައިބޯފްލެވިން
-           
ޒިންކް
0.1 މިލިގްރާމް
ތިއެމިން
-           
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
8 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
61 މިލިގްރާމް
ކެރޮޓީން ބީޓާ
-           
ވިޓަމިން އީ
-           
ކްރިޕްޓޯ ޒެންތިން ބީ
-           
ވިޓަމިން ކޭ
-           
ލޫޓީން-ޒިއެޒެންތިން
-           


ލައިކޯޕީން
-           
ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.















ބަނބުޅަބޮސް އިން ލިބޭ ޞިއްޙީ ފައިދާތައް
·         ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އެޅުމުން ރައްކާތެރިކޮށްދިނުން : އަނޯނާ އަކީ ވިޓަމިން ސީ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. ވިޓަމިން ސީ ގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ އެސިޑްގެ މިންވަރު މަތިކުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަކަމުދާ ތަކެތީގައި ހިމެނޭ ގެއްލުންދެނިވި ބެކްޓީރިޔާ ތައް ނައްތާލައި އޭގެ މިންވަރު ދަށްކުރެއެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އަށަގަތުމުން މިންޖުވެ ހުރުމަށް ވިޓަމިން ސީގެ ބޭނުންތެރިކަން ބޮޑެވެ.
·         ކެންސަރުން ރައްކާތެރިކޮށްދިނުން : ވިޓަމިން ސީ އަކީ ދިފާޢީ ބާރުގަދަކޮށްދޭ މާއްދާ އެކެވެ. އަދި އެންޓި އޮކްސިޑެންޓަކަށް ވިޓަމިން ސީ ވުމުން ނުރައްކާތެރި ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދީ ކެންސަރަށް ހުށަހެޅުމުގެ ފުރުޞަތު ވެސް ކުޑަކުރެއެވެ. އަދި ބަނބުޅަބޮސްގެ ތޮށީގައި "ބައިފްލޭވޮނޮއިޑް" ހުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބަނބުޅަބޮސް ގައި  ބައިފްލޭވޮނޮއިޑް ހުރުމަކީ، ހަށިގަނޑުން "އެސްޓްރޯޖަން" މަދުކޮށްގެން އުރަމަތީގެ ކެންސަރު ފެތުރުން ހުއްޓުވާ ކަމެކެވެ. މީގެ އިތުރުން މިމާއްދާގެ ސަބަބުން، ޗިސްމޭގެ ކެންސަރާއި، ކުޑަ ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް ކުޑަކުރުވައެވެ.
·         ފާރުގަނޑު އަވަހަށް ފަސޭހަވުން : އޮޕަރޭޝަނެއް ކޮށް ނިމުމުން، އޭގެ ފަހުން ވިޓަމިން ސީ އެކުލެވޭ ހުތް މޭވާތައް ދެވިދާނެއެވެ. ވިޓަމިން ސީ އަކީ ހަމުގެ އޮމާންކަން ދަމަހައްޓައިދީ، ފާރުގަނޑު ފަސޭހަކޮށްދިނުމުގައި ބައިވެރިވާ ޕްރޮޓީން އެއްކަމުގައިވާ "ކޮލެޖަން" އުފެއްދުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ.
·         ދަތާއި ހިރުގަނޑުގެ ދުޅަހެޔޮކަން ރަގަޅުކުރުން : ހިރުގަނޑުން ލޭއައުމާއި، ދަތް ހެލުމަކީ ވިޓަމިން ސީ މަދުވުމުން ވެސް ދިމާވެދާނެ ކަމެކެވެ. ވިޓަމިން ސީ އަކީ ހަމައެކަނި ކުރިން ބުނި ކޮލެޖަން އުފެއްދުމަށް ބޭނުންވާ މާއްދާ އެއް ނޫނެވެ. އަދި ކިއެއްތަ އެއީ، ދަތްތަކާއި ހިރުގަނޑުގެ ޞިއްޙަތަށް ވެސް ބޭނުންތެރި މާއްދާ އެކެވެ.
·         ލޭމަދުވުމުން ރައްކާތެރިވުން : ޢިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި ވިޓަމިން ސީ އަކީ ކާނާގައި ހިމެނޭ ދަގަނޑުގެ ބައި ހަށިގަނޑަށް ނެގުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން ދަގަނޑު ބޭސް ބޭނުންކުރާނަމަ އެއާއެކު، ނާރިނގު، ލުނބޯ ޖޫސް ފަދަ ވިޓަމިން ސީ ލިބޭނެ ބުއިމެއް ބޭނުންކުރުން މުހިއްމެވެ. އެއީ އެއްވަގުތެއްގައި ދަގަނޑާއި،  ވިޓަމިން ސީ ގޮހޮރަށް ވާޞިލްވުމުން ދަގަނޑު ހަށިގަނޑަށް ނެގުމަށް ފަސޭހަވާނެތީ އެވެ.
·         އަރިދަފުސް ރޯގާއިން ރައްކާތެރިވުން : ވިޓަމިން ސީ އަކީ ދިފާޢީ ބާރު ވަރުގަދަކުރާ މާއްދާ އެކެވެ. ތަފާތު ވައިރަސްތަކާއި ބެކްޓީރިޔާތައް ފަދަ ޖަރާސީމްތައް ހަށިގަނޑަށް ވަނުމުން، އެއާއި ދެކޮޅަށް ދިފާޢީ ނިޒާމްގެ ސެލްތައް ހަރަކާތްތެރިވެ، ހަށިދަމަނަތައް އުފެއްދުމުގައި ވިޓަމިން ސީ ގެ އެހީތެރިކަން ފޯރުވައެވެ. ނަތީޖާއެއްގެ ގޮތުން ދިފާޢީ ބާރު ރަގަޅުވެ، ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށް، ބައްޔަކަށް ހުށަހެޅުނު ނަމަވެސް އަވަހަށް އެބައްޔަކުން ފަސޭހަކޮށް ދެއެވެ.
·         ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުން : ބަނބުޅަބޮސް ބޭނުންކުރުން ރަގަޅު އަނެއް ސަބަބަކީ އޭގައި ހިމެނޭ ޕޮޓޭސިއަމް ގެ މިންވަރެވެ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު އެއްހަމައެއްގައި ހިފެހެއްޓުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. އާންމު ގޮތެއްގައި ޕޮޓޭސިއަމް ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަނީ ކާނާގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ލޮނު ނުވަތަ ސޯޑިއަމްގެ މިންވަރު ދަށްކޮށްގެންނެވެ. އަދި ބަނބުޅަބޮސްގައި ޕެކްޓިން ހުރުމަކީ ލޭހޮޅިތަކުގައި ސަރުބީޖެހުން ދަށްކޮށްދޭނެ ކަމެކެވެ. މިއީ ލޭހޮޅިތައް ހަރުވެ، ސަރުބީ ޖަމާވެ، ލޭމައްޗަށް ދިއުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
·         ކަށިފީވުމުން ރައްކާތެރިކޮށްދިނުން : ދިރާސާތަކުން ދައްކާގޮތުގައި ކާނާގައި ޕޮޓޭސިއަމް ހިމެނުމާއި، ކަށިތަކުގެ ބާރު ގަދަވުމާއި ގުޅުމެއް ވެއެވެ. ބަނބުޅަބޮސް އަކީ ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ.
·         ފައި ވާޅުވުމުން ރައްކާތެރިކޮށްދިނުން : ފައި މާބޮޑަށް ވަރުބަލިވެ، ވާޅުވާނަމަ، އޭގެ މާނައަކީ ހަށިގަނޑަށް އިތުރު ޕޮޓޭސިއަމް ބޭނުންވާ ކަމެވެ. ޕޮޓޭސިއަމް އަކީ ނާރުތަކުގެ ހަރަކާތްތައް ނުވަތަ މެސެޖްތައް ފޮނުވައި ބަދަލުކުރުމަށާއި، މަސްތައް ކުރުގެޅި ހަމައަކަށް އެޅި ހެދުމަށް ބޭނުންތެރި މާއްދާ އެކެވެ.
·         ގޮހޮރުގެ މަސައްކަތް ރަގަޅުކޮށް، ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަކުރުން: ބަނބުޅަބޮސް ގައި ފައިބަރު ހުރެއެވެ. ފައިބަރު އަކީ ގޮހޮރުގެ މަސައްކަތް ފުރިހަމައަށް ދަމަހައްޓައިދީ، ބަނޑުހިކުމާއި، ފުރަގަސްފަރާތު ބަލި އަދި ގޮހޮރުގެ ކެންސަރު ޖެހުމުން މިންޖުކޮށްދޭ މާއްދާ އެކެވެ. ބަނބުޅަބޮސް ޖޫހުގައި ހުތް ރަހައެއް ހުއްޓަސް، ހަޖަމުވުން އޭގައި ހުންނަނީ އަލްކަލައިން ރިއެކްޝަން އެކެވެ. މިއީ ހަޖަމުކުރުމުގެ މަސައްކަތަށް މަންފާ ލިބިދޭނެ ކަމެކެވެ.
·         ބަރުދަން އެއްހަމައެއްގައި ބެހެއްޓުން : ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުމުން އެތަކެތި ގޮހޮރުގައި ގިނަ ވަގުތުތަކެއް ވަންދެން ހަޖަމުނުވެ ދެމިހުންނާތީ، އެތަކެއް އިރެންވަންދެން ފުރިފައި ހުންނަހެން ހީވާނެއެވެ. މިގޮތަށްވުމުން ކެވޭ ނިސްބަތް ދަށްވެ، ބަރުދަނަށް އޭގެ އަސަރުކުރާގޮތް ވެއެވެ. އަދި މީގެ އިތުރުން ބަނބުޅަބޮސް ގައި ހިމެނޭ ސަރުބީ ވިރުވާ އެންޒައިމް ތަކަކީ ސްޓާރޗް ހަށިގަނޑަށް ނަގައި، ހަކުރުގެ މިންވަރު ހަށިގަނޑުގައި ދަށްކުރުމުގައި އެހީތެރިވެދޭ އެންޒައިމް ތަކެކެވެ. މީގެ އިތުރުން ބަނބުޅަބޮސް ބޭނުންކުރުމަކީ ފެޓް އަދި ޕްރޮޓީން ބައިބައިކޮށް ކުދިކުރާ މިންވަރު އިތުރުވާނެ ކަމެކެވެ. މިހެންވުމުން ވެސް ބަރުދަން ލުއިވުމަށް އެހީއަކަށް ވާނެއެވެ.
·         ހަށިގަނޑުގެ ސަރުބީ ދަށްކުރުން : ބަނބުޅަބޮސް ބޭނުންކުރުމަކީ ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. އެހެންކަމުން ލޭމައްޗަށްދިއުމާއި، ސްޓްރޯކްޖެހުން، އަދި ހާރޓް އެޓޭކްޖެހުން ފަދަ ކަންތައްތަކުން ރައްކާތެރިކޮށް ދެއެވެ.
·         އެހެނިހެން ކަންތައްތައް :-
o       ބަނބުޅަބޮސްގައި ވިޓަމިން ސީ ހުރުމަކީ ލޭހޮޅިތައް ވަރުގަދަކޮށްދޭ ކަމެކެވެ.
o       ފުއްޕާމޭގެ މަސައްކަތްތައް ރަގަޅުކޮށްދިނުން
o       ބޭރަށްހިންގުމުން ރައްކާތެރިކޮށްދިނުން
o       ހަކުރު ބަލި، ހުންއައުން، ކަރުތެރެ ހަލާކުވުން، ވަރުބަލިވުން، ބަނޑާއި، ޗިސްމޭގެ ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުން
ނޯޓް : ބަނބުޅަބޮސް އަކީ ނާރިނގު އާއިލާގައި ހިމެނޭ ހުތް މޭވާއަކަށް ވުމުން ނާރިނގުގެ ޞިއްޙީ ފައިދާތައް ބަލާލުން މުހިއްމެވެ.
މަޢުލޫމާތު:-

No comments:

Post a Comment