Wednesday, October 5, 2011

ސަބުދެލި


ސަބުދެލި
ސަބުދެއްޔަކީ އަކީ އަނގަޔަށް މީރު ފޮނި މޭވާ އެކެވެ. މިމޭވާގައި ވެސް ތަފާތު މަޢުދަންތަކާއި، ވިޓަމިންތައް އެކުލެވިފައި ވެއެވެ. މޭވާއެއްގެ ގޮތުގަޔާއި، ކައްކައިގެންނާއި، ޖޭމާއި، ސަރުބަތު، އަދި މިލްކް ޝޭކް ފަދަ ތަކެތި ތައްޔާރުކޮށްގެން ވެސް ސަބުދެލި ބޭނުން ކުރެއެވެ.
ދިވެހި ނަން : ސަބުދެލި
އިގިރޭސި ނަން : Sapodilla
ޢިލްމީ ނަން : Manilkara Zapota
ސަބުދެލީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
83 ކިލޯކެލަރީ
ސޯޑިއަމް
12 މިލިގްރާމް
ކާބޯހައިޑްރޭޓް
19.9 ގްރާމް
ޕޮޓޭސިއަމް
193 މިލިގްރާމް
ޕްރޮޓީން
0.44 ގްރާމް
މަޢުދަންތައް
ފެޓް
1.10 ގްރާމް
ކެލްސިއަމް
21 މިލިގްރާމް
ފައިބަރު
5.3 ގްރާމް
ކޮޕަރ
0.086މައިކްރޯގްރާމް
ވިޓަމިންތައް
ދަނގަޑު
0.21 މިލިގްރާމް
ފޮލިކް އެސިޑް
14 ައިކްރޯގްރާމް
މެގްނީޒިއަމް
12 މިލިގްރާމް
ނިއެސިން
0.200މިލިގްރާމް
މެންގަނީޒް

ޕެންތޮނިކްއެސިޑް
0.252މިލިގްރާމް
ފޮސްފަރަސް
12 މިލިގްރާމް
ޕައިރިޑޮކްސިން
0.037މިލިގްރާމް
ޒިންކް
0.10 މިލިގްރާމް
ރައިބޯފްލެވިން
0.020މިލިގްރާމް
ސިލެނިއަމް

ތިއެމިން
0.058މިލިގްރާމް
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
60 އައިޔޫ
ކެރޮޓީން އަލްފާ
-           
ވިޓަމިން ސީ
14.7 މިލިގްރާމް
ކެރޮޓީން ބީޓާ

ވިޓަމިން އީ

ކްރިޕްޓޯޒެންތިންބީ

ވިޓަމިން ކޭ
-           
ލޫޓީންޒިއެޒެންތިން



ލައިކޯޕީން
-           

 
ސަބުދެލިން ލިބޭ ޞިއްޙީ ފައިދާތައް
·         ސަބުދެލީގައި ގިނަ އަދަދަކަށް "ޓެނިން"(Tannin) ކިޔާ ޕޮލީފީނޯލިކް އަދި އެންޓި އޮކްސިޑެންޓް ކަމްޕައުންޑެއް ހުރެއެވެ. ޓެނިން އަކީ ޕެރަސައިޓް، ބެކްޓީރިޔާ، ވައިރަސް ފަދަ ޖަރާސީމްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވުމުގެ އިތުރުން، ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ މާއްދާ އެކެވެ. މިސަބަބާހުރެ، ބަނޑުހިކުމާއި، ފުރަގަސްފަރާތު ބަލި ފަދަ ބަލިތަކަށް ސަބުދެއްޔަކީ ރަގަޅު އެހީތެރި އެކެވެ. ޓެނިން ގައި ހިމެނޭ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ ސަބަބުން، ގޮހޮރު ދުޅަވުން، ބަނޑުގައި ގޭސްހެދުން، މަތިންއަރާ ބަލި، އަދި ގޮހޮރުގެ ބައެއް ތަފާތު ބަލިތަކަށް ފަރުވާކުރުމަށް އެހީތެރިވެދެއެވެ.
·         ސަބުދެލީގައި ފައިބަރު ހުރެއެވެ. މިކަމުގެ ސަބަބުން ސަބުދެލިކެއުމުން ބަނޑުހިކުން ލުއިކޮށްދީ، ފަސޭހައިން ބޮޑުކަމުދެވޭގޮތް ވެއެވެ. އަދި އާންމުކޮށް ސަބުދެލި ބޭނުންކުރާނަމަ، ބަނޑުހިކުން ފަދަ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ. މީގެ އިތުރުން ގޮހޮރުގައި ޖަމާވާ ވިހަ ކެމިކަލްތަކުގެ ސަބަބުން ދިމާވާ ގޮހޮރުގެ ކެންސަރު ޖެހުމުން ވެސް ފައިބަރުގެ ސަބަބުން ރައްކާތެރިކޮށްދެއެވެ.
·         ސަބުދެލީގައި އެކަށޭނަ މިންވަރަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ ހުރެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ހަމަށް އޮމާންކަމާ ތާޒާކަން ގެނެސްދީ، ހަށިގަނޑުގައި ތެތްދުލިފަށްތަކަށް ފުރިހަމަކަމާ އާރޯކަން ގެނެސްދޭ މާއްދާ އެކެވެ. އަދި މިއީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާ އެއް ވެސް މެއެވެ. ވިޓަމިން ސީ އަކީ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ތަފާތު ޖަރާސީމް އެޅުންތަކުން މިންޖުކޮށްދޭ މާއްދާ އެކެވެ.
·         ސަބުދެލީގައި ދަގަނޑު، ކޮޕަރ، ޕޮޓޭސިއަމް ފަދަ މައުދަންތަކާއި، ޕެންތޮނިކް އެސިޑް، ފޮލިކް އެސިޑް، އަދި ނިއެސިން ފަދަ ވިޓަމިންތައް އެކުލެވިގެން އެވެ. މިމާއްދާ ތަކަކީ ފުރިހަމަ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށް ބޭނުންތެރި މާއްދާ ތަކެކެވެ.
·         ކުރީ ޒަމާނުގައި ބޭރަށް ހިންގުމަށް ފަރުވާކުރުމަށް ޅަސަބުދލެި ފެނުކެއްކުމަށްފަހު އޭގެ ފެން ބޭނުން ކުރެވިފައި ވެއެވެ. އަދި ހަމަ މިގޮތަށް ސަބުދެލި ފަތް ދުވަސްވެ، ރީނދޫކުލައަށް ބަދަލުވުމުން އެފަތް ކައްކައިގެން، ބޭރަށްހިންގުމާއި، އަރިދަފުސް ރޯގާއަށް ފަރުވާކޮށްފައި ވެއެވެ. އަދި މީގެ އިތުރުން ސަބުދެލި އޮށް ޗިސްކޮށްގެން ނެގޭދިޔަ، ގުރުދާ އާއި، މަސާނާގައި އުފެދޭ ހިލަ، ވިރުވައި ބޭރުކުރުމަށް ބޭނުންކުރެވިފައި ވެއެވެ. ސަބުދެލި އޮށް ޗިސްކޮށްގެން ހެދޭ ހަވާދުގަނޑު، ފަނިފަކުސަ އާއި ޖަނަވާރު ފަދަ ތަކެތި، ދަތްއެޅުން، ކަށިޖެހުން ފަދަ ކަމެއް ކުރުމުން އެތަންތަނުގައި އުގުޅަން ބޭނުންކޮށްފައި ވެއެވެ.
·         މީގެ އިތުރުން ސަބުދެލިން ލިބޭ އެހެން ބައެއް ފައިދާތައް ތިރީގައި މިވަނީ އެވެ.
-          ހަށިގަނޑުގައި އުފެދޭ ފާރުގަނޑު ފަސޭހަވުން އަވަސްކުރުވުން
-          ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުން
-          ދަތްތަކާއި ހިރުގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުން
-          ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށްދިނުން
-          ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދިނުން
-          އުމުރުން ދުވަސްވުން (މުސްކުޅިވުން) ލަސްކުރުވުން
-          ބައެއް ކަހަލަ ކެންސަރުން ރައްކާތެރިކޮށްދިނުން
-          ހަށިގަނޑަށް ކާނާގައި ހިމެނޭ ދަގަނޑުގެ ބައި ނެގުން އިތުރުކުރުވުން
-          ފުއްޕާމޭ ދުޅަހެޔޮކަންމަތީ ބެހެއްޓުން
-          މާގިނައިން އަރިދަފުސް ރޯގާ ޖެހުމުން ދުރުކުރުން
-          ޖަރާސީމްގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދިނުން
-          ފުރަގަސް ފަރާތު ބަލީގެ އުދަގޫ ލުއިކުރުން ނުވަތަ އެކަމުން ރައްކާތެރިކޮށްދިނުން
-          ހަށިގަނޑުގައި އެކުލެވޭ ސަރުބީގެ މިންވަރު ހަމަހަމަ މިނެއްގައި ބެހެއްޓުން
-          ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ހަމަހަމަ މިނެއްގައި ބެހެއްޓުން
-          ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން
މަޢުލޫމާތު:-

No comments:

Post a Comment