ގްރޭޕްފުރުޓް
ގުރޭޕްފުރުޓަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ގުރޭޕްފުރުޓް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށާއި، ފަންޏާއި ޖޫސްފަދަ ތަކެތި ތައްޔާރުކޮށްގެން ބުއިމަށެވެ. ގްރޭޕްފުރުޓް ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ގްރޭޕްފުރުޓަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ، ޔޫސުފުއަފަންދީ، ނާރިނގު، ކުދި ލުނބޯ، އަދި ކުދި އޮރެންޖް ހިމެނެއެވެ.
ދިވެހި ނަން : ގްރޭޕްފުރުޓް
| |||
އިގިރޭސި ނަން : Grapefruit
| |||
ޢިލްމީ ނަން : Citrus Paradisi
| |||
ގްރޭޕްފުރުޓްގެ ކޮންމެ 100 ގްރާމް ގައި
| |||
އަސާސީ މާއްދާތައް
|
ލޮނުގެ ބާވަތްތައް
| ||
ހަކަތަ
|
42 ކިލޯކެލަރީ
|
ސޯޑިއަމް
|
0 މިލިގްރާމް
|
ކާބޯހައިޑްރޭޓް
|
10.7 ގްރާމް
|
ޕޮޓޭސިއަމް
|
135 މިލިގްރާމް
|
ޕްރޮޓީން
|
0.77 ގްރާމް
|
މަޢުދަންތައް
| |
ފެޓް
|
0.14 ގްރާމް
|
ކެލްސިއަމް
|
22 މިލިގްރާމް
|
ފައިބަރު
|
1.70 ގްރާމް
|
ކޮޕަރ
|
0.032 މައިކްރޯ ގްރާމް
|
ވިޓަމިންތައް
|
ދަނގަޑު
|
0.08 މިލިގްރާމް
| |
ފޮލިކް އެސިޑް
|
13 މައިކްރޯ ގްރާމް
|
މެގްނީޒިއަމް
|
9 މިލިގްރާމް
|
ނިއެސިން
|
0.204 މިލިގްރާމް
|
މެންގަނީޒް
|
0.022 މިލިގްރާމް
|
ޕެންތޮނިކް އެސިޑް
|
0.262 މިލިގްރާމް
|
ފޮސްފަރަސް
|
18 މިލިގްރާމް
|
ޕައިރިޑޮކްސިން
|
0.053 މިލިގްރާމް
|
ސިލެނިއަމް
|
0.1 މައިކްރޯ ގްރާމް
|
ރައިބޯފްލެވިން
|
0.0.31 މިލިގްރާމް
|
ޒިންކް
|
0.07 މިލިގްރާމް
|
ތިއެމިން
|
0.043 މިލިގްރާމް
|
ފައިޓޯނިއުޓްރިއެންޓްތައް
| |
ވިޓަމިން އޭ
|
1150 އައިޔޫ
|
ކެރޮޓީން އަލްފާ
|
0 މައިކްރޯ ގްރާމް
|
ވިޓަމިން ސީ
|
31.2 މިލިގްރާމް
|
ކެރޮޓީން ބީޓާ
|
686 މައިކްރޯ ގްރާމް
|
ވިޓަމިން އީ
|
0.13 މިލިގްރާމް
|
ކްރިޕްޓޯ ޒެންތިން ބީ
|
73 މައިކްރޯ ގްރާމް
|
ވިޓަމިން ކޭ
|
0 މައިކްރޯ ގްރާމް
|
ލޫޓީން-ޒިއެޒެންތިން
|
0 މައިކްރޯ ގްރާމް
|
ލައިކޯޕީން
|
1419 މައިކްރޯ ގްރާމް
| ||
ނޯޓް:ލުނބޯ،ކުދިލުނބޯ،ގްރޭޕްފުރުޓް،ކުދި އޮރެންޖު،އޮރެންޖު،ދޯޅަނބު،ގޮމަށި، ޔޫސުފުއަފަންދީ، ނިޔަދުރު، ނާރިނގު،އަދި ބަނބުޅަބޮސް ނިސްބަތްވަނީ ޢިލްމީ ގޮތުން އެއް އާއިލާ އަކަށެވެ. އެހެންކަމުން މިމޭވާތަކުން ލިބޭ ޞިއްޙީ ފައިދާގައި އެއްގޮތްކަމެއް ހުރުމަކީ ވެދާނެގޮތެކެވެ.
|
ގުރޭޕްފުރުޓް އިން ލިބޭ ބައެއް ޞިއްޙީ ފައިދާތއް
· ކާހިތްނުވުން : ކާހިތްނުވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ކާހިތްޖެއްސުމަށް އެންމެ ރަގަޅު އެއް ބާވަތަކީ ގުރޭޕްފުރުޓް ކަމުގައި ބުނެވެއެވެ. ބުނެވޭ ގޮތުގައި ގްރޭޕްފުރުޓް ގެ ވަސް ދުވުމަކީ ވެސް ބަނޑުހައިކަމުގެ އިހްސާސް ގެނެސްދޭ ކަމެކެވެ. ގްރޭޕްފުރުޓްގައި ފައިބަރު ވެސް ގިނައިން ހުރެއެވެ. މިކަމުގެ ސަބަބުން ގްރޭޕްފުރުޓް ބޭނުންކުރުމުން ފުރިފައި ހުންނަހެން ހީވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު މަދުވެ، އެކަމުގެ ސަބަބުން ބަރުދަން ލުއިވުމަށް ވެސް އެހީތެރިކަން ލިބިގެން ދެއެވެ.
· ބަރުދަން ލުއިކުރުން : ގްރޭޕްފުރުޓްގައި ފައިބަރު ވެސް ގިނައިން ހުރެއެވެ. މިކަމުގެ ސަބަބުން ގްރޭޕްފުރުޓް ބޭނުންކުރުމުން ފުރިފައި ހުންނަހެން ހީވާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު މަދުވެ، އެކަމުގެ ސަބަބުން ބަރުދަން ލުއިވުމަށް ވެސް އެހީތެރިކަން ލިބިގެން ދެއެވެ. ގްރޭޕްފުރުޓް ގައި ފެން ގިނައިން ހުރެފައި، ސޯޑިއަމް ހުންނަނީ މަދުންނެވެ. އަދި ސަރުބީ ވިރުވާ އެންޒައިމްތައް ގިނައިން ހުރެއެވެ. ސޯޑިއަމް މަދުން ބޭނުންކުރުމަކީ ސޯޑިއަމް ގިނަ ކާނާ ބޭނުންކުރުމުން ހަށިގަނޑުގައި ޖަމާވާ ފެން ބޭރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ސަރުބީ ވިރުވާ އެންޒައިމްތައް ހުރުމަކީ ވެސް ހަށިގަނޑުގައި އިތުރުވާ ސަރުބީ ވިރުވައި، ހަށިގަނޑު ލުއިކޮށްދޭނެ ކަމެކެވެ. މަތީގައި ބަޔާންކުރެވުނު ކަންތައްތައް އެގޮތަށް ހުރުމަކީ (ފެން ގިނަވުން + ސޯޑިއަމް މަދުވުން + ސަރުބީ ވިރުވާ އެންޒައިމްހުރުން) ހަށިގަނޑުގެ މެޓަބޮލިޒަމްގެ ހަރަކާތް އިތުރުކުރާނެ ކަމެކެވެ. މިއީ ހަށިގަނޑުން ހަކަތަ އެންދުން އިތުރުވާނެ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ގްރޭޕްފުރުޓް ބޭނުންކުރުމާއި، ގްރޭޕްފުރުޓް ޖޫސް ހިމެނުމަކީ އެމީހެއްގެ ބަރުދަން ލުއިވާނެ ކަމެއްކަމަށް ބުނެވެއެވެ.
· ހުންއައުން : ގްރޭޕްފުރުޓް ގެ ފޮއްޗެއް ކާލުން ނުވަތަ އޭގެ ޖޫސްތައްޓެއް ބޯލުމަކީ އެކަމުގެ ސަބަބުން ހުންތިރިކޮށް ދަށްކޮށްދޭ ކަމެކެވެ. ގަދަޔަށް ހުންއައުމުން ކުރިމަތިވާ ދިލަނެގުމުގެ މައްސަލަ ކުޑަކޮށް ރަގަޅުކޮށް ދެއެވެ. މިއީ އަރިދަފުސް ރޯގާގެ އުދަގޫ ލުއިކުރުމަށް ބޭނުންކުރެވިދާނެ މޭވާއެއް ވެސް މެއެވެ. އަދި ގްރޭޕްފުރުޓް ފަންޏާއި، އެކު ފެން ބޭނުންކުރުމަކީ ކަރުހިއްކުން ފިލުވައިދޭ ކަމެކެވެ.
· އާދަޔާ ޚިލާފަށް ވާޅުވެ، ވަރުބަލިވުން : ގްރޭޕްފުރުޓަކީ އާދަޔާ ޚިލާފަށް ވާޅުވެ، ވަރުބަލިވުމަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. މިއީ ދުވާލުގެ މަސައްކަތުގެ ސަބަބުން ލިބޭ ވަރުބަލި ކަމާއި، ވާޅުކަން ފިލުވައި ދިނުމަށް އެހީތެރިވެދޭ މޭވާ އެކެވެ. ގްރޭޕްފުރުޓް ފަންޏާއި، ދޯޅަނބު ފަނި އެއް ވަރަކަށް އެއްވަގުތެއްގައި ބޭނުންކުރުމުން ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަމަށް ވެއެވެ.
· ނިދިނައުން : ނިދަން އުދަގޫވާނަމަ ނިދަން އޮށޯތުމުގެ ކުރިން ގްރޭޕްފުރުޓް ޖޫސް ތައްޓެއް ބޯލުމަކީ ފަސޭހައިން ނިދޭ ކަމެއްކަމަށް ވެއެވެ.
· ހުޅުދުޅަވުން : ގްރޭޕްފުރުޓް ގައި "ސެލިސައިލިކް އެސިޑް" ހުރެއެވެ. މިއީ ހުޅުތަކުގެ މަޑުކަށިތަކުގައި ކެލްސިއަމް ޖަމާވުން ކުޑަކޮށް، ހުޅުތައް ދުޅަވުން ކުޑަކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ކެއުމުގައި ގްރޭޕްފުރުޓް ބޭނުންކުރާނަމަ، ހުޅުތައް ދުޅަވުމުގެ އުދަގޫތަކާއި ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ސެލިސައިލިކް އެސިޑް އަކީ އެންޓިސެޕްޓިކް އެއްގެ ގޮތުގައި މަސައްކަތްކުރާ މާއްދާ އެކެވެ. މީގެ އިތުރުން ގްރޭޕްފުރުޓް އޮށް ޗިސްކޮށް ހިމުންކޮށްގެން އުފެއްދޭ އެކްސްޓްރެކްޓް ފެނާއި އެއްކޮށްގެން ފަންގަސް އަދި ބެކްޓީރިޔާއިން ޖެހޭ ބަލިތަކުގައި އެންޓި ސެޕްޓިކް ސްޕްރޭ އެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ.
· ކެންސަރު : ގްރޭޕްފުރުޓް ބޭނުންކުރުމަކީ ތަފާތު ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ގްރޭޕްފުރުޓަށް އޭގައި ހިމެނޭ ރަތްކަން ގެނެސްދެނީ ގްރޭޕްފުރުޓްގައި އެކުލެވޭ ކެރޮޓިނޮއިޑް ޕިގްމެންޓް "ލައިކޯޕީން" ގެ ސަބަބުންނެވެ. ލައިކޯޕީން އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ތަފާތު ކެންސަރުތަކާއި، ޓިއުމަރުގެ ބާވަތްތަކުން ސަލާމަތްކޮށް ރައްކާތެރިކޮށް ދިނުމުގައި އެހީތެރިވެދޭނެ މާއްދާ އެކެވެ. ލައިކޯޕީން ރަގަޅަށް މަސައްކަތްކުރަނީ ވިޓަމިން ސީ އަދި ވިޓަމިން އޭ ހުރެއްޖެނަމަ އެވެ. މިދެމާއްދާ ވެސް ގްރޭޕްފުރުޓްގައި ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ.
- "ނެރިންޖެނިން"(Naringenin) ކިޔާ އެންޓި އޮކްސިޑެންޓް ކަމްޕައުންޑެއް ވެސް ގްރޭޕްފުރުޓް ގައި ހުރެއެވެ. މިއީ ޕްރޮސްޓޭޓް ކެންސަރުގެ ސެލްތަކުގައި ހަލާކުވެފައި ހުންނަ ޑީއެންއޭ މަރާމާތުކޮށް ދިނުމުގައި އެހީތެރިވެދޭ މާއްދާ އެއްކަމަށް "ޖާނަލް އޮފް ނިއުޓްރިޝަން ބަޔޯކެމިސްޓްރީ" ކިޔާ މަޖައްލާގައި ޝާއިޢުކުރި ރިޕޯޓެއްގައި ހާމަކޮށްފައި ވެއެވެ. ޑީއެންއޭ އަކީ ކެންސަރު ސެލްތައް އުފެދުމަށް ހުރަސް އަޅާ އެއްޗެކެވެ. ޕްރޮސްޓޭޓް ކެންސަރަކީ އެމެރިކާގެ ފިރިހެނުންގެ މެދުގައި ވަރަށް ޢާންމު ކެންސަރެކެވެ. އުމުރުން ދުވަސްވާ ވަރަކަށް ސެލްތައް ބައިބައިވުން ގިނަވެ، އިތުރުވެ، ސެލްތަކުގެ ޑީއެންއޭ އަށް ބަދަލުއައުން އިތުރުވެގެން ދެއެވެ. ޑީއެންއޭ މަރާމާތުކުރުމަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރެވޭ ދިފާޢީ އެއް މަސައްކަތެވެ. ސަބަބަކީ މިކަމުގެ ތެރެއިން ކެންސަރަށް ބަދަލުވަމުންދާ ސެލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާތީ އެވެ.
- ހަލާކުވެފައިވާ ޑީއެންއޭ ތައް މަރާމާތުކުރުމަށް ނެރިންޖެނިން އެހީތެރިވަނީ ސެލްތައް އިތުރުވެ ގިނަވާ މަރުހަލާ (Replication)ގައި ތަފާތު ދެ އެންޒައިމް އެއް އުފައްދައިގެންނެވެ. އެއީ "8- އޮކްސޯގުއެނިން ޑީއެންއޭ ގްލައިކޯސައިލޭޒް 1"(8-oxoguanine –DNA-glycosylase 1) އަދި " ޑީއެންއޭ ޕޮލީމަރޭޒް ބީޓާ" (DNA polymerase beta)އެވެ.
- މީގެ އިތުރުން ބަޔޯފްލޭވޮނޮއިޑް ނުވަތަ ވިޓަމިން ޕީ ގްރޭޕްފުރުޓް ގައި ހުރުމަކީ ވަރަށް ގިނަ ބަލިތަކާއި ކެންސަރުގެ ބާވަތްތަކުން ދުރުކޮށްދޭނެ ކަމެކެވެ. މިގޮތުން ހިމެނޭ ބަޔޯފްލޭވޮނޮއިޑް ތަކުގެ ތެރޭގައި "ކްއެރެސްޓިން"، "ރުޓިން"، "ހެސްޕެރިޑިން"(Hesperidin) ހިމެނެއެވެ. މިމާއްދާ ތަކަކީ އެންޓި އޮކްސިޑެންޓް ތަކުގެ ގޮތުގައި ހަަރަކާތްތެރިވުމުގެ ގާބިލިއްޔަތު ލިބިފައިވާ މާއްދާ ތަކެކެވެ. ބަޔޯފްލޭވޮނޮއިޑް ގިނައިން ހުންނަނީ ގްރޭޕްފުރުޓްގެ ތޮށިގައި ހުންނަ ހުދު ފަށަލައިގައެވެ.
- ގްރޭޕްފުރުޓް ގައި ވިޓަމިން އޭ ހުރުމަކީ ފުއްޕާމޭގެ ކެންސަރާއި، އަނގައިގެ ކެންސަރު ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު 6 އައުންސް ހުންނަ 3 ތަށި ގްރޭޕްފުރުޓް ޖޫސް ބޭނުންކުރުމަކީ ދުންފަތުގެ ދުމުގައި ހުންނަ ކެންސަރު ޖައްސަނިވި ކެމިކްލަތައް ހީވާގިކުރުވާ އެންޒައިމްތަކުގެ މަސައްކަތް ދަށްކޮށްދޭ ކަމެކެވެ.
- އަދި މީގެ އިތުރުން ފައިބަރު ހުރުމަކީ ގޮހޮރުގެ ކެންސަރު ޖައްސަނިވި މާއްދާތައް ގޮހޮރުގެ ފާރުގައި ތަތްވުން ކުޑަކޮށް، ކެންސަރު ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ދިރާސާއެއް ހެދުމަށް މީދާތަކެއްގެ ގޮހޮރަށް ކެންސަރު ޖައްސާ މާއްދާތައް އިންޖެކްޝަންގެ ޒަރީޢާއިން ފޮނުވާލެވުނެވެ. އޭގެ ފަހުން ގްރޭޕްފުރުޓް ޖޫސް ދެވުނެވެ. ދިރާސާއިން އެގުނުގޮތުގައި ގްރޭޕްފުރުޓްގައިހިމެނޭކަމްޕައުންޑްތަކުގެތެރޭގައިހިމެނޭ"އެޕިޖެނިން"(Apigenin)، "ހެސްޕެރިޑިން"(Hesperidin)، ''ލިމޯނިން"(Limonin)، "ނޭރިންޖިން"(Naringin)، "ނެރިންޖެނިން"(Narigenin)، އަދި "ނޯބިލެޓިން" އަކީ ކެންސަރު ޖައްސާ ސެލްތައް މަރާލުމުގެ އިތުރުން ދުޅަހެޔޮ ރަގަޅު ސެލްތަކުގެ މިންވަރު އިތުރުކުރާ މާއްދާތަކެކެވެ.
· ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން : ގްރޭޕްފުރުޓް ގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކަކީ ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް ބޭހެއް ބޭނުންކުރަމުން ދާ ދުވަސްވަރު ގްރޭޕްފުރުޓް ކެއުމާއި އޭގެ ޖޫސް ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ ބޭސްތައް ބޭނުންކުރާއިރު ގްރޭޕްފުރުޓް ބޭނުންކުރުމަކީ ވަރަށް ގިނަ ފަހަރު އޭގެ ނުރަގަޅު އަސަރު ކުރިމަތިކުރުވާ ކަމެއްކަމަށް ބެލެވިފައިވުމެވެ. ޚާއްޞަކޮށް އެލާރޖީ، މާޔޫސްވުން، ޖިންސީ ބަލިކަށިކަން، ލޭމައްޗަށްދިއުން، ފިޓްޖެހުން، އޭޑްސް، އަދި ހިތުގެ ވިންދު އަވަސްވުން ފަދަ ހާލަތްތަކާއި ގުޅިގެން ބޭސް ބޭނުންކުރާއިރު ގްރޭޕްފުރުޓް ކައި ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
- ގްރޭޕްފުރުޓް ގައި ފެނަށްގިރޭ ޑައެޓްރީ ފައިބަރުގެ ވައްތަރެއް ކަމުގައިވާ ޕެކްޓިން ހުރެއެވެ. ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ޕެކްޓިން އަކީ ލޭހޮޅިތައް ހަރުވެ ގަނޑުވުން ކުރިމަތިވުމުގެ ފުރުޞަތު ދަށްކޮށް ކުޑަކުރާ ކަމެކެވެ. ދިރާސާއެއްގައި ޖަނަވާރުތަކަކަށް ސަރުބީ ގިނަ ކެއުން ގްރޭޕްފުރުޓް އާއެކު، އަދި ގްރޭޕްފުރުޓް ނުލައި ދެވުނެވެ. ނަތީޖާއިން އެނގުނު ގޮތުގައި ގުރޭޕްފުރުޓް ތަކާއެކު ސަރުބީ ހިމެނޭ ކެއުންދިން ޖަނަވާރުތަކުގެ ހަށިގަނޑުގައި ލޭހޮޅިތައް ހަނިވެފައިވަނީ 24 އިންސައްތަ އެވެ. އަދި ގްރޭޕްފުރުޓް ނުލައި ހަމައެކަނި ސަރުބީ ހިމެނޭ ކެއުން ދިން ޖަނަވާރުތަކުގެ ހަށިގަނޑުގައި ލޭހޮޅިތައް 45 އިންސައްތަ ހަނިވެފައި ވެއެވެ.
- އަލިކުލަ އަދި ރަތްކުލައިގެ ގްރޭޕްފުރުޓަކީ ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ. އަދި ރަތް ކުލައިގެ ގްރޭޕްފުރުޓަކީ ހަށިގަނޑުގައި ހިމެނޭ ނުރަގަޅުގެ ސަރުބީގެ ވައްތަރެއް ކަމުގައިވާ "ޓްރައިގްލައިސެރައިޑް" ގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.
· ހަޖަމުކުރާ ނިޒާމްގެ މައްސަލަތައް : ގްރޭޕްފުރުޓް އަދި ދޯޅަނބު ފަދަ ހުތް މޭވާ ތަކުގައި އެސިޑް ވަރަށް ގިނައިން ހުރެއެވެ. ނަމަވެސް މިފަދަ މޭވާތަކުގައި އެސިޑް ހުއްޓެއްކަމަކު އެމޭވާތައް ކެއުމުން ހަޖަމުވުމަށްފަހު، ހަށިގަނޑުގައި އަލްކަލައިން ރިއެކްޝަން އުފެދިގެންދެއެވެ. މިކަން މިގޮތަށް ދިމާވަނީ އޭގައި ހިމެނޭ ސައިޓްރިކް އެސިޑް ގެ ސަބަބުންނެވެ. ގްރޭޕްފުރުޓް ޖޫހަކީ ހަށިގަނޑުގައި ގޭސް ނުވަތަ ވައި އުފެދުމުގެ މިންވަރު ދަށްކޮށްދީ، ވައި އުފެދުމުގެ ފުރުޞަތު އޮންނަ ބަލިތަކުން ދުރުކޮށްދޭ އެއްޗެކެވެ. ހޯދިފައިވާ ގޮތުގައި ކާއެއްޗެއް ބޭނުންކުރުމަށްފަހު އޭގެ ސަބަބުން އަލްކަލައިން ރިއެކްޝަން ހަށިގަނޑުގައި އުފައްދާ ތަކެއްޗަކީ ޞިއްޙަތަށް ފައިދާހުރި ބަލިތަކުން ދުރުކުރުމަށް އެހީތެރިވެދޭ ތަކެއްޗެވެ.
- ގްރޭޕްފުރުޓަކީ ހަޖަމުކުރުމުގެ މައްސަލަތަކަށް ވެސް ލުއިކަން ގެނެސްދޭ އެއްޗެކެވެ. މިއީ ވަރަށް ލުއި އެއްޗަކަށްވުމުން އެހެން ކާތަކެއްޗާއި ޚިލާފަށް މިބޭނުންކުރުމުން ފަސޭހައިން ހަޖަމުވެ، އާންމުކޮށް ކާތަކެތި ހަޖަމުވުމުން ބަނޑުގައި އުފެދޭ ހޫނާއި ދިލަތަދުގެ އިހްސާސް ހުންނަ މިންވަރު ކުޑަވެފައި ދަށްވާނެ އެވެ. މީގެ އިތުރުން މިއީ ހަޖަމުކުރުމުގެ ބައިވެރިވާ ދިޔާ މާއްދާތައް ދައުރުވުން ހަލުވިކޮށްދޭ އެއްޗަކަށްވުމަކީ ވެސް ހަޖަމުކުރުމަށް މިމޭވާ ބޭނުންކުރުން އެހީތެރިވެދޭ ކަމެކެވެ.
- ބަނޑުހިކުން : ތާޒާ ގްރޭޕްފުރުޓް ތައްޓެއް ހެދުނު ބޯލުމަކީ ވަރަށް ފަސޭހައިން ބޮޑުކަމުދެވޭނެ ކަމެއްކަމަށް ބުނެވެއެވެ. މިއީ ގޮހޮރުގެ ހަރަކާތް އިތުރުކުރުމުގައި އެހީތެރިވެދޭ އެއްޗެއް ވެސް މެއެވެ. ބެލެވޭގޮތުގައި ބަނޑުހިކުމުން ދުރުކޮށްދެނީ މީގައި ހިމެނޭ ޑައެޓްރީ ފައިބަރުގެ ވައްތަރެއް ކަމުގައިވާ "ޕެކްޓިން" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ.
· ހަކުރު ބަލި : ހަކުރު ބަލީގެ އަހުލުވެރިންނަށް ވެސް ގްރޭޕްފުރުޓް ބޭނުންކުރެވިދާނެ އެވެ. ގްރޭޕްފުރުޓް ބޭނުންކުރުމަކީ ހަށިގަނޑުން "ސްޓާރޗް"(Starch) ގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. އެހެންކަމުން ހަކުރު ބަލީގެ މީހަކު ގްރޭޕްފުރުޓް ބޭނުންކުރުމަކީ ހަކުރު ބަލީގެ އުދަގޫތައް ކުޑަކޮށްދީ، ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
· ކުޑަކަމުދާ ނިޒާމްގެ ބަލިތައް : ގްރޭޕްފުރުޓް ގައި ޕޮޓޭސިއަމް އަދި ވިޓަމިން ސީ ގިނައިން ހުރެއެވެ. އެހެންކަމުން ގިނައިން ކުޑަކަމުދާ ނިޒާމްގެ ބަލިތަކުގެ ސަބަބުން އާދަޔާ ޚިލާފަށް ގިނައިން ކުޑަކަމުދެވޭ މީހުންނަށް މިއީ ބޭނުންކުރަން ވަރަށް ރަގަޅު މޭވާ އެކެވެ.
· ގުރުދާގައި ހިލައުފެދުން : ގްރޭޕްފުރުޓް ބޭނުންކުރުމަކީ ގުރުދާގައި ކެލްސިއަމް އެކުލެވޭ ހިލަ އުފެދުން ކުޑަކޮށްދޭ ކަމެކެވެ. އިގިރޭސި ވިލާތުގެ "ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަން" ގައި ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުން، އަންހެނުން ދުވާލަކު ½ ލިޓަރުގެ ގްރޭޕްފުރުޓް، އޮރެންޖު ނުވަތަ އާފަލު ޖޫސް ބުއިމަކީ، ކުޑަކަމުދާ ތަކެތީގެ ޕީއެޗް މަތިވެ، ސައިޓްރިކް އެސިޑް ބޭރުކުރުން އިތުރުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް އެކުލެވޭ ހިލަ ގުރުދާގައި އުފެދުން ދަށްކޮށް ދެއެވެ.
· ގްރޭޕްފުރުޓްގައި ވިޓަމިން ސީ ގިނައިން ހުރެއެވެ. މިހެންވުމުން :-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.
މައުލޫމާތު :
No comments:
Post a Comment