Tuesday, October 4, 2011

ސްޓޯބެރީ


ސްޓޯބެރީ
ސްޓޯބެރީ އަކީ ހުތްފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ސްޓޯބެރީ ހުންނަ ގަދަ ރަތްކުލައިގައެވެ. މިއީ މޭވާގެ ގޮތުގައާއި، ފަންޏާއި، ޖޫހުގެ ގޮތުގައި، އަދި ޖޭމު ހަދައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ސްޓޯބެރީ އަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދިވެސް އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.

ދިވެހި ނަން : ސްޓޯބެރީ
އިގިރޭސި ނަން : Strawberry
ޢިލްމީ ނަން : Fragaria Ananassa
ސްޓޯބެރީގެ ކޮންމެ 100 ގްރާމް ގައި
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
32 ކިލޯކެލަރީ
ސޯޑިއަމް
3 މިލިގްރާމް
ކާބޯހައިޑްރޭޓް
7.7 ގްރާމް
ޕޮޓޭސިއަމް
312 މިލިގްރާމް
ޕްރޮޓީން
0.67 ގްރާމް
މަޢުދަންތައް
ފެޓް
0.30 ގްރާމް
ކެލްސިއަމް
14 މިލިގްރާމް
ފައިބަރު
2 ގްރާމް
ކޮޕަރ
-          
ވިޓަމިންތައް
ދަނގަޑު
0.27 މިލިގްރާމް
ފޮލިކް އެސިޑް
24 މައިކްރޯ ގްރާމް
މެގްނީޒިއަމް
13 މިލިގްރާމް
ނިއެސިން
0.386 މިލިގްރާމް
މެންގަނީޒް
0.386 މިލިގްރާމް
ޕެންތޮނިކް އެސިޑް
0.125 މިލިގްރާމް
ފޮސްފަރަސް
-          
ޕައިރިޑޮކްސިން
0.047 މިލިގްރާމް
ސިލެނިއަމް
-           
ރައިބޯފްލެވިން
0.022 މިލިގްރާމް
ޒިންކް
0.14 މިލިގްރާމް
ތިއެމިން
-           
ފައިޓޯނިއުޓްރިއެންޓްތައް
ވިޓަމިން އޭ
12 އައިޔޫ
ކެރޮޓީން އަލްފާ
0 މައިކްރޯ ގްރާމް
ވިޓަމިން ސީ
58.8 މިލިގްރާމް
ކެރޮޓީން ބީޓާ
7 މައިކްރޯ ގްރާމް
ވިޓަމިން އީ
0.29 މިލިގްރާމް
ކްރިޕްޓޯ ޒެންތިން ބީ
0 މައިކްރޯ ގްރާމް
ވިޓަމިން ކޭ
2.2 މައިކްރޯ ގްރާމް
ލޫޓީން-ޒިއެޒެންތިން
26 މައިކްރޯ ގްރާމް


ލައިކޯޕީން
0 މައިކްރޯ ގްރާމް















ސްޓޯބެރީ އިން ލިބޭ ޞިއްޙީ ފައިދާތައް
·         ލޮލުގެ ފަރުވާ : ލޮލަށްދިމާވާ ހުރިހާ މައްސަލަތަކެއްގެ މައިގަނޑު ސަބަބަކީ ފްރީ ރެޑިކަލްތަކާއި، ބައެއް ކަހަލަ ކާނާގެ ބާވަތްތައް އުނިވުމެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް، މިބުނި މާއްދާތައް އުނިވުމުގެ ސަބަބުންނާއި، ފްރީ ރެޑިކަލްތަކުގެ ސަބަބުން ލޮލަށް ގެއްލުންތައް ވެއެވެ. އެގޮތުން ލޯހިކުން، ލޮލުގެ މައިނާރު ހަލާކުވުން، ލޮލުގެ ފެނުމަށް ބަދަލު އައިސް މެކިޔުލަރ ޑިޖެނެރޭޝަން ކުރިމަތިވުން، ލޯފުސްވުމާއެކު، ލޮލުގައި ޖަރާސީމްއެޅުން ފަދަ ކަންތައްތައް މެދުވެރިވުން ހިމެނެއެވެ. ސްޓޯބެރީގައި ހިމެނޭ، ވިޓަމިން ސީ، ފްލޭވޮނޮއިޑްތައް، ފީނޯލިކް ފައިޓޯނިއުޓްރިއެންޓްތައް، އަދި އިލެޖިކް އެސިޑްގެ ސަބަބުން މަތީގައި ބުނެވުނު ކަންތައްތަކުން ކޮންމެވެސް ރައްކާތެރިކަމެއް ލިބެއެވެ. މީގެ އިތުރުން ލޮލުގެ އެތެރޭގެ ޕްރެޝަރަށް ބަދަލުއައުމަކީ ވެސް ލޮލަށް ގެއްލުން ލިބޭ ކަމެކެވެ. ސްޓޯބެރީގައި ހިމެނޭ ޕޮޓޭސިއަމް އަކީ ލޮލުގެ އެތެރޭގެ ޕްރެޝަރު ރަގަޅު މިންގަނޑުގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
·         ހުޅުތައް ދުޅަވުމާއި ގައުޓް : ހުޅުތައް ދުޅަވާން މެދުވެރިވާ އެންމެ މައިގަނޑު ސަބަބުތަކަކީ، ހުޅުގެ ވަށައިގެންވާ މަސްތަކާއި، ޓިޝޫތައް ހަލާކުވުން، ހުޅުގެ ހަރަކާތަށް ބޭނުންވާ، ހުޅުގެ ތެރޭގައި ހުންނަ ލޮނދިހިކުން، އަދި ޔޫރިކް އެސިޑް ފަދަ ވިހަ މާއްދާތައް ހަށިގަނޑުގައި ޖަމާވުމެވެ. މީގެ އިތުރުން ފްރީ ރެޑިކަލްތަކުގެ ސަބަބުން ވެސް ހުޅުތަކަށް ގެއްލުން ލިބެއެވެ. ސްޓޯބެރީގައި ހިމެނޭ ވިހަ ސާފުކުރާ މާއްދާތަކާއި، އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން މިބުނި ގެއްލުންތައް ލިބުން ކުޑަކޮށްދެއެވެ.
·         ކެންސަރު : ސްޓޯބެރީގައި ހިމެނޭ ވިޓަމިން ސީ، ފޮލިކް އެސިޑް، އެންތޯސިއެނިން، ކްއެރެސްޓިން، އަދި ކެއެމްޕްފިރޯލް ފަދަ މާއްދާތައް ގުޅިގެން ކެންސަރުގެ ސެލްތަކާއި، ޓިއުމަރުތަކާއި، ދެކޮޅަށް ހަނގުރާމަކުރުމަށް ވަރުގަދަ ޓީމެއް އުފެދިގެން ދެއެވެ. ކޮންމެ ދުވަހަކު ސްޓޯބެރީ ކެއުމަކީ ފާހަގަކުރެވޭ ވަރަށް ކެންސަރު ސެލްތައް ބޮޑުވާމިންވަރު ދަށްކުރެވޭ ކަމެކެވެ.
-          އިލެޖިކް އެސިޑް އަކީ ރަތްކުލައިގެ މޭވާތަކުގައި ވަރަށް ގިނައިން ހުންނަ މާއްދާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ސްޓޯބެރީ ބޭނުންކުރުމަކީ، އުރަމަތި، ގޮހޮރު، ކާތަކެތިހިނގާހޮޅި، ޕްރޮސްޓޭޓް، ޗިސްމޭ އަދި ހަމުގެ ކެންސަރާއި ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރުވާ ކަމެކެވެ. މީގެ އިތުރުން ކެންސަރު ސެލްތަކުގެ ސަބަބުން ޕީ53 ޖީން (P53gene)ހަލާކުވެގެންދިއުން އިލެޖިކް އެސިޑްގެ ސަބަބުން ރައްކާތެރިކޮށް ދެއެވެ. އަދި އިލެޖިކް އެސިޑް ކެންސަރު ޖައްސަނިވި މޮލިކިޔުލްތަކާއި ތަތްވެ، އެތަކެއްޗަކީ ހަރަކާތެއް ނެތް ތަކެއްޗަށް ހަދައެވެ.
·         ސިކުނޑީގެ މަސައްކަތް : އުމުރުން ދުވަސްވުމުން، ހަދާންނެތުމާއި، ހިނގާބިނގާވެ އުޅުމަކީ އުދަގޫކަމަކަށް ވެއެވެ. މިގޮތަށް ދިމާވަނީ އުމުރުން ދުވަސްވަމުންދާ ވަރަކަށް، ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް ވެސް ދުވަސްވެ ހަލާކުވާތީ އެވެ. އުމުރުން ދުވަސްވުމަށް މަގުފަހިކުރުވާ ފްރީ ރެޑިކަލްތަކަކީ މިބުނި ޓިޝޫތަކަށް ވެސް ގެއްލުންދޭ މާއްދާ ތަކެކެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ޓިޝޫތައް ހަލާކުވާން ފަށައި، ނާރުތައް ނިކަމެތިވާން ފަށައެވެ. ސްޓޯބެރީގައި ހިމެނޭ ވިޓަމިން ސީ އަދި ފައިޓޯކެމިކަލްތައް ފްރީ ރެޑިކަލްތައް ނިއުޓްރަލައިޒްކޮށް، ނާރުތަކުގެ ނިޒާމްގެ މަސައްކަތަށް އާދިރުމެއް ގެނެސްދެއެވެ. މީގެ އިތުރުން ސިކުނޑިއާއި ނާރުތަކުގެ ނިޒާމް މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ އަޔޮޑިން ވެސް ސްޓޯބެރީގައި ވަރަށް ގިނައިން ހުރެއެވެ. އުމުރުން ދުވަސްވުމުން ބައެއް މީހުންގެ ހަދާންނެތުމުގެ ބަޔަށް ކުރިމަތިވާ ބައްޔެއްކަމުގައިވާ "އެލްޒެއިމާ ބަލި" (Alzeimer’s disease)މެދުވެރިވުން ވެސް ސްޓޯބެރީ ބޭނުންކުރުމުން ލަސްވެއެވެ.
·         ލޭގެ ޕްރެޝަރު މަައްޗަށްދިއުން : ސްޓޯބެރީގައި ޕޮޓޭސިއަމް، އަދި މެގްނީޒިއަމް ގިނައަދަދަކަށް ހުރެއެވެ. މިއީ ސޯޑިއަމް ގިނަވުމުގެ ސަބަބުން މަތިވެގެންދާ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވަރަށް ބޭނުންތެރި މާއްދާ ތަކެކެވެ.
·         ހިތުގެ ބަލިތަކާއި ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން : ސްޓޯބެރީގައި ފޮލިކް އެސިޑް، އަދި ފައިބަރު ހުރުމާއި، ސަރުބީ ނެތުން، އަދި ފައިޓޯކެމިކަލް ތަކާއި، އެންޓި އޮކްސިޑެންޓްތައް ހުރުމަކީ ހިތުގެ މަސައްކަތަށް އެކަމުން މަންފާ ލިއްބައިދޭ ކަމެކެވެ. އެއީ މިބުނި މާއްދާތަކަކީ ހަށިގަނޑުގެ ސަރުބީ މިންވަރު ދަށްކޮށްދޭ މާއްދާތަކަކަށް ވާތީ އެވެ. މީގެ އިތުރުން ވިޓަމިން ބީ ގެ ތެރޭގައި ހިމެނޭ ބައެއް ވައްތަރުތަކަކީ ހިތުގެ މަސްތައް ވަރުގަދަކޮށް، ހިތުގެ މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
-          ސްޓޯބެރީގައި ހިމެނޭ އެންޓި އިންފްލެމޭޓަރީ އަދި އެންޓި އޮކްސިޑެންޓް ފައިޓޯނިއުޓްރިއެންޓްތައް
o       އެންތޯސިއެނިން : ސައިއެނިޑިން ، ޕެލާގޮނިޑިނިން
o       ފްލޭވޮނޯލްތައް : ޕްރޯސައެނިޑިން، ކެޓިކިން، ގެލޯކެޓިކިން، އެޕިކެޓިކިން، ކެއެމްޕްފިރޯލް، ކްއެރެސްޓިން
o       ހައިޑްރޮކްސީ-ބެންޒޮއިކް އެސިޑްތައް:އިލެޖިކް އެސިޑް،ގެލިކް އެސިޑް،ސަލިސައިލިކް އެސިޑް،ވެނިލިކް އެސިޑް
o       ހައިޑްރޮކްސީ-ސިނެމިކް އެސިޑްތައް:ސިނެމިކް އެސިޑް،ކެފޭއިކް އެސިޑް،ކިޔުމެރިކް އެސިޑް ފެރޫލިކް އެސިޑް
o       ޓެނިންތައް : އިލެޖިޓެނިން، ގެލޯޓެނިން
o       ސްޓިލްބީން : ރެސްވެރެޓްރޯލް
·         ދަތުގައި ޖަހާ މެރައާއި، ކޮބަޑި ސާފުކުރުން : ދަތުގައި ޖަހާ މެރައާއި، ކޮބަޑިތައް ސާފުކުރުމަށް ސްޓޯބެރީ ދެގޮތަކަށް ބޭނުން ކުރެވިދާނެ އެވެ. އެއްގޮތަކީ ސްޓޯބެރީ މޭވާއެއްގެ ގޮތުގައި ކެއުމެވެ. އަނެއްގޮތަކީ ސްޓޯބެރީ ފަޅިކޮށްލުމަށްފަހު، ދަތްތަކުގައި އުގުޅުމެވެ. ސްޓޯބެރީގައި ހިމެނޭ އެސިޑް ތަކަކީ ދަތުގައި ހުންނަ މެރައާއި ކޮބަޑިތައް ސާފުކުރުމަށް ވަރަށް ރަގަޅު މާއްދާ ތަކެކެވެ. ދަތުގައި ޖަހާ މެރައާއި ކޮބަޑިތައް ފިލުވައި ސާފުކުރުމުގެ އިތުރުން ސްޓޯބެރީ އަކީ ހިރުގަނޑު ސާފުކޮށްދީ، ހިރުގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ އެއްޗެކެވެ. އަދި ސްޓޯބެރީގައި ހިމެނޭ "ފްލޯރިން" (fluorine)އަކީ ދަތްފަނި ކެއުމުން ދުރުކޮށްދޭ މާއްދާ އެކެވެ.
·         ކަށީގެ ޞިއްޙަތު : ކަށިތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންވާ ބައެއް މާއްދާތައް ސްޓޯބެރީ ގައި ވެސް ހުރެއެވެ. އޭގެ ތެރޭގައި، ވިޓަމިން ކޭ، ޕޮޓޭސިއަމް، މެގްނީޒިއަމް، މެންގަނީޒް، އަދި ކެލްސިއަމް ހިމެނެއެވެ. މިމާއްދާތަކަކަީ ކަށިތައް ވަރުގަދަކޮށްދީ، ސާބިތުކަމާއެކު ދެމިހުރުމަށް އެހީތެރިވެދޭ ބޭނުންތެރި މާއްދާ ތަކެކެވެ.
·         ހަކުރު ބަލި : ދިރާސާތަކުން ދައްކާފައިވަ ގޮތުގައި ސްޓޯބެރީ އާންމުކޮށް ބޭނުންކުރުމަކީ ހަކުރު ބަލީގެ ދެވަނަ ވައްތަރު ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ސްޓޯބެރީގައި ހިމެނޭ ޕޮލީފީނޯލް އެއް ކަމުގައިވާ "އިލެޖިޓެނިން"(Ellagitanin) އަކީ ލޭގެ ހަކުރުގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. އިލެޖެޓެނިން އަކީ "އަމައިލޯސް"(Amylose) ސާދާ ހަކުރުގެ ބާވަތްތަކަށް ބަދަލުކުރުމަށް ބޭނުންވާ އެންޒައިމް "އަލްފާ އަމައިލޭސް"(alpha-Amylase) ގެ މަސައްކަތް ހުއްޓުވާ ޕޮލީފީނޯލް އެކެވެ.
މަޢުލޫމާތު:-

No comments:

Post a Comment